ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ މިއަދު ޢައްޔަން ކުރައްވާފައިވާ ކަމަށެވެ.

Ad
rt

ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ސިފައިންގެ ވައިސް ޗީފަކަށް ޢައްޔަނު ކުރެއްވިއިރު، ކުރިން އެ މަޤާމުގައި ހުންނެވީ މޭޖަރ ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް އެވެ.

ރައީސް މުޢިއްޒު ވަނީ 17 ނޮވެމްބަރު 2023 ގައި މޭޖަރ ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ޢައްޔަނު ކުރައްވާފައެވެ.

ނިމިދިޔަ ސަރުކާރުގައި ޗީފް އޮފް ޑިފެންސް ފޯސް މަގާމުގައި ހުންނެވީ ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ. ޝަމާލް ވަނީ މަގާމުން ރިޓަޔާ ކުރައްވާފައެވެ.

މި ސަރުކާރުގެ ދިފާއީ ވަޒީރަކަށް ޢައްޔަނު ކުރައްވާފައި ވަނީ މުޙައްމަދު ޣައްސާން މައުމޫން އެވެ.