ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފޮރިން ސެކްރެޓަރީގެ މަގާމަށް ފާޠިމަތު ޢިނާޔާ، (މާލެ/މައްޗަންގޮޅި ރެސްޓިން ހައުސް) މިއަދު ޢައްޔަނުކުރައްވައިފިއެވެ.

އެކަމަނާ އެ މަގާމަށް ޢައްޔަނު ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

Ad
rt

ފާޠިމަތު ޢިނާޔާ އެންމެ ފަހުން ހުންނެވީ ޚާރިޖީ ވުޒާރާގެ ވަޒީރުގެ ނައިބުގެ މަގާމުގައެވެ.

އެކަމަނާ ފޮރިން ސެކްރެޓަރީގެ މަގާމަށް ޢައްޔަނުކުރައްވާފައިވަނީ ސްޓޭޓް ވަޒީރުންގެ ފެންވަރުގައެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު ޢައްޔަނުކުރެއްވި ފުރަތަމަ ފަހަރެވެ.

މިދިޔަ ސަރުކާރުގެ ދައުރުގައި ހަދައި، ޢަމަލުކުރަން ފެށި ފޮރިން ސާވިސް ޤާނޫނުގެ ދަށުން ފުރަތަމަ ފޮރިން ސެކްރެޓަރީއަކަށް ޢައްޔަނު ކުރެއްވީ 26 ނޮވެންބަރު 1981 ގައި ދިވެހި ޚާރިޖިއްޔާއަށް ޚިދުމަތް ކުރައްވަން ފެއްޓެވި އަހްމަދު ލަތީފެވެ. ލަތީފަށް ވަނީ ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވާފައެވެ. އޭނާ ވަނީ މިދިޔަ ދައުރު ނިމުމާއެކު މަގާމުން ރިޓަޔާ ކުރައްވާފައެވެ.