ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ އަދަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަލުން ކަނޑައަޅުއްވައިފިއެވެ.
މިގޮތުން އެކަން ކަނޑައަޅުއްވައި ރައީސް މިއަދު ނެރުއްވި ޤަރާރުގައިވާގޮތުން ސްޕެޝަލް އެކޮނިމިކް ޒޯނުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ޤާއިމުކުރާ އެސްއީޒެޑް ޒޯނެއްގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރެވެ.
2018 ވަނަ އަހަރު އޭރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލީހްގެ ގަރާރަކުން ކުރިން ކަނޑައަޅާފައި އޮންނަ އަދަދަކީ އެފަދަ ޒޯނެއްގައި އިންވެސްޓް ކުރެވޭނެ އެންމެ ކުޑަ އަދަދަކީ 150 މިލިއަން ޑޮލަރު ކަަމަށެވެ.
އެސްއީޒެޑްގައި 100 މިލިއަން ޑޮލަރަށްވުރެ ކުޑަ ނޫން އިންވެސްޓްމަންޓްތަކަށް މިހާރު ހުށަހެޅޭގޮތައް އެންމެ ކުޑަމިންވަރަށް ރައީސް މުޢިއްޒު މިއަދު މިގެންނެވި ބަދަލާއެކު އެފަދަ ޒޯނެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކަށް ވެސް ވަނީ ބަދަލު ގެންނަވާފައެވެ.
ރައީސް މިއަދު ނެރުއްވި ޤަރާރުގައި ބަޔާންކުރާ އެސްއީޒެޑެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކަކީ،
- އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތުގެ މަސައްކަތްތައް.
- ޓްރާންސްޝިޕްމަންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން، ޑޮކިން ސާވިސް.
- ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރީސާޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް.
- ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ޕާކް، އައިސީޓީއާ ގުޅޭ ފެސިލިޓީތައް
- އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް.
- އިއާދަކުރަނިވި ހަކަތައިގެ ދާއިރާ.
- ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގޭ މަސައްކަތްތައް.
- ފުޑް ސެކިއުރިޓީގެ ދާއިރާ.
- ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް.
ރައީސް ޑރ. މުއިއްޒުގެ ގަރާރުގައި ވިދާޅުވެފައިވާ ގޮތުގައި މާލީ ދާއިރާ ފިޔަވައި، އެހެން ދާއިރާތަކުގެ ހުށަހެޅުންތައް ދިރާސާ ކުރުމުގައި އިންވެސްޓްމަންޓްގެ އަގު ކަމުގައި ބަލާނީ، ޑިވެލޮޕަރު ގާއިމުކުރުމަށް ހުށަހަޅާ މުޅި އިންވެސްޓްމަންޓް ގާއިމުކުރުމަށް އެ ފަރާތުން ހަރަދުކުރުމަށް ހުށަހަޅާ މިނިމަމް ފިކްސްޑް އިންވެސްޓްމަންޓްގެ އަދަދެކެވެ.
- ޤަރާރު ވިދާޅުވުމަށް ކްލިކްކޮށްލެއްވުމަށް: ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަށާއި، އެފަދަ ޒޯނެއްގައި ކުރެވޭ މަސައްކަތްތަކަށް ބަލަދުގެންނަވާ ރައީސް ނެރުއްވި ޤަރާރު
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!