މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހދ ހަނިމާދޫ

211 Stories filed
ހަނިމާދޫ ސިއްހީ މަރުކަޒުގެ ޑޮކްޓަރާއެކު އިތުރު ދެމީހަކު ޕޮޒިޓިވްވެ ރަށަށް އިތުރު ހާސްކަން
Thiladhunmathi News

ހަނިމާދޫ ސިއްހީ މަރުކަޒުގެ ޑޮކްޓަރާއެކު އިތުރު ދެމީހަކު ޕޮޒިޓިވްވެ ރަށަށް އިތުރު ހާސްކަން

ހދ. ހަނިމާދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަށްވާ ޑޮކްޓަރަކާއެކު އިތުރު ދެމީހަކު އެރަށުން ޕޮޒިޓިވްވެ، އެ ރަށަށް އިތުރު ހާސްކަން ކުރިމަތިވެއްޖެއެވެ. ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވްވީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް “ތިލަދުން”އަށް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު އެރަށުން ޕޮޒިޓިވްވި ދެ ކޭހާއި ގުޅިގެން 32 ސާމްޕަލެއް ނަގައި، ހަމަ އެދުވަހު ކުޅުދުއްފުށީ […]

ފުލުހުންގެ ތަޙުގީގަށް 2 މީހަކު ހޯދަނީ
News

ފުލުހުންގެ ތަޙުގީގަށް 2 މީހަކު ހޯދަނީ

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން 2 މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މިއަދު 13.19 ގައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނިގޮތުން މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ 21 އަހަަރުގެ، ށ. މަރޮށި/ހަވާ ސަދުޙާން އަޙްމަދު ޒާހިރު  އާއި 25 އަހަރުގެ، ހދ. ހަނިމާދޫ / ޗިޅިޔާގެ މުޙައްމަދު ސިނާން އެވެ. މި 2 މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި […]

ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފި
Raajje

ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފި

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހދ. ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ އެރަށު ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ. އެ ދެބެއިން ޕޮޒިޓިވްވިކަން އެނގުނީ ހަވީރު 4 ޖަހާކަށް ހާއިރުއެވެ. އެއީ ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެބެއިންނެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތީ، ޑޮކްޓަރަށް ދައްކަން ސިއްހީ...

ހަނިމާދޫ ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވްވެއްޖެ، ސްކޫލް ދަރިވަރެއް ހިމެނޭ!
Thiladhunmathi News

ހަނިމާދޫ ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވްވެއްޖެ، ސްކޫލް ދަރިވަރެއް ހިމެނޭ!

ހދ. ހަނިމާދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް “ތިލަދުން”އަށް ވިދާޅުވީ، އެ ދެބެންނަކީ ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެބެންކަމަށެވެ. އޭގެ ތެރޭގައި ހަނިމާދޫ ސްކޫލްގެ ގްރޭޑް 9 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރަކު ހިމެނެއެވެ. “އަލާމާތްތައް ހުރެގެން އެ ދެބެން ދެއްކީ، ރޯގާގެ އަލާމާތް ހުއްޓަސް އަޅުގަނޑުމެން މިދަނީ ޓެސްޓް ކުރަމުން، އިއްޔެ ކުރީ ދުވަހު […]

ބިމާގުޅޭ ނިންމުން ބަދަލުކޮށް ދިނުމަށްއެދި ހަނިމާދޫގެ ތިން ޖަމިއްޔާގެ ސިޓީއެއް ރައީސަށް 
Thiladhunmathi News

ބިމާގުޅޭ ނިންމުން ބަދަލުކޮށް ދިނުމަށްއެދި ހަނިމާދޫގެ ތިން ޖަމިއްޔާގެ ސިޓީއެއް ރައީސަށް 

ހދ. ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުން 853،937 އަކަފޫޓްގެ ބިމެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަރަހައްދުގެ ބައެއްގެ ގޮތުގައި އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާތީ، ހަނިމާދޫގައި ހަރަކާތްތެރިވާ ތިން މަދަނީ ޖަމިއްޔާއިން އެކަމާ ކަންބޮޑުވުން ފާޅުކޮށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ސިޓީއެއް ފޮނުވައިފިއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް، ތަރައްގީ ކުރުމަށް ކުރިމަތިލުމަށް އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން ވަނީ މިއަހަރު މާރިޗްމަހު ކުރީ ކޮޅު ވަނީ ބިޑަށް ހުޅުވާލާފައެވެ....

ތިލަދުންމަތީ ހުނަރުވެރިން: "ވުމެން ވޯލްޑް ޗެމްޕިއަނަކަށް" ވުމަކީ ލައިސާގެ ހުވަފެނެއް!
Report

ތިލަދުންމަތީ ހުނަރުވެރިން: "ވުމެން ވޯލްޑް ޗެމްޕިއަނަކަށް" ވުމަކީ ލައިސާގެ ހުވަފެނެއް!

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ، ބްލިސް، މަރިޔަމް ލައިސާ އަބްދުއްރަޝީދަށް ޗެސްއަކީ ކުޅިވަރެއްކަން އެނގިފައިވަނީ ވެސް މީގެ ހަތަރު އަހަރެއްހާ ދުވަހުގެ ކުރިންނެވެ. 2017 ވަނަ އަހަރުއެވެ. ދެ ކުލައިގެ ގޮޅިތަކެއް ޖަހާފައިވާ ބޯޑެއް ބުކްޝޮޕުން ފެނުނުއިރު އެއީ ކީއްކުރާ ކޯޗެއްކަން ވެސް އޭނާއަށް ނޭނގުނެވެ. ނަމަވެސް ބުކްސޮޕުން އެ ފެނި ގަންނަން ޝަޢުޤު އުފެދުނެވެ. މިއީ މި ކުޅިވަރުގެ ތެރެއަށް ވަދެވެން މެދުވެރިވި ފުރަތަމަ ސަބަބެވެ. ލައިސާއަކީ ކަންކަން ދަސްކުރުމަށް ވަރަށް ޝަޢުޤު ހުންނަ ކުއްޖެކެވެ. ވުމާއެކު […]

ހަނިމާދޫގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 8 އަށް އަރައިފި
Thiladhunmathi News

ހަނިމާދޫގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 8 އަށް އަރައިފި

ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، ހަނިމާދޫގައި މިވަގުތު ތިބި އެކްޓިވް ކޭސްތަކުގެ އަދަދު 8 އަށް އަރައިފިއެވެ. ހަނިމާދޫއިން އިތުރު ދެ މީހަކު ޕޮޒިޓިވްވިކަން ހާމަކުރަށްވައި ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، ހަނިމާދޫ ގައި ހޯމް ކަރަންޓީން ގައި ތިބި 2 މީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރިއިރު އެ ދެމީހުން ކޯވިޑް ޕޮޒިޓިވްވެފަ ވާކަމަށެވެ. މިއާއެކު މިވަގުތު އެރަށުގަ އެކްޓިވް ކޭސްތަކުގެ އަދަދު 8 އަށް އަރާފަވާ ކަމަށް […]

މުހައްމަދު މޫސާ (މަނިކު) ގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީތެރިވަމާ!
Thiladhunmathi News

މުހައްމަދު މޫސާ (މަނިކު) ގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީތެރިވަމާ!

ހދ.ހަނިމާދޫ ކޮކާހިޔާ މުހައްމަދު މޫސާ (މަނިކު) ގެ ދެ ކިޑްނީ ފެއިލްވެ ހަޔާތަށް ކުރިމަތިވި އެންމެ ދަތި ދުވަސްތައް ވީ ރާއްޖެއަށް ވެސް ދިމާވި އެންމެ އުނދަގޫ އެންމެ ދަތި ދުވަސްތަކަށެވެ. އެއީ 2020 ވަނަ އަހަރުގެ ކުރީކޮޅެވެ. ކޯވިޑް ބަލި ރާއްޖޭގައި ފެތުރި މުޅި ރާއްޖެ ލޮކްޑައުން ކުރިވަގުތެވެ. ދަތުރުފަތުރު އެއްކޮށް ހުއްޓުނު ވަގުތެވެ. ސިއްހީ މައްސަލައެއް ދިމާވެއްޖެކަން އިހުސާސް ކުރެވެން ފެށިގޮތް ހިއްސާކުރަމުން މަނިކު ބުނެފައިވަނީ އެ ދުވަސްވަރު ކޮންމެވެސް ވަރަކަށް ފައިތިލަ ދުޅަވުން […]

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ
Thiladhunmathi News

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އިއްޔެ ވަނީ އޭބީސީ ފަށަލަ އެޅުމުގެމަސައްކަތް ފަށައިފައެވެ. އަދި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް އެ ކުންފުނިން ލަފާ ކުރެއެވެ. މި މަޝްރޫއު ނިމޭއިރު ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ޕޭވްމަންޓެއް ހަދާނެ އެވެ. އަދި މަގުގައި ދުއްވޭ ގޮތަށް […]

ހަނިމާދޫ ރީހެބް ގައި ނިޔާވިމީހާގެ ހަށިގަނޑު މާލެ ގެންދަނީ
Thiladhunmathi News

ހަނިމާދޫ ރީހެބް ގައި ނިޔާވިމީހާގެ ހަށިގަނޑު މާލެ ގެންދަނީ

ހދ. ހަނިމާދޫ ޑީޓޮކްސް ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވި މީހާގެ ހަށިގަނޑު، ތަހުލީލުތައް ހެދުމަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ނޫސްވެރިންނަށް މަޢުލޫމާތުދެމުން ބުނެފައިވަނީ، ނިޔާވެފައިވަނީ ފަރުވާއަށް އެސެންޓަރަށް ގޮސް ކަރަންޓީނު ގައި ހުރި މީހެއް ކަމަށެވެ. “އިތުރަށް ހަދަން ޖެހޭ ތަހުލީލުތައް، ބަލަންޖެހޭ ބެލުންތައް ބެލުމަށް ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން” ފުލުހުން ބުނެފައިވެ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި...

ހަނިމާދޫ ''ގޯތީގެ އިންތިޒާރުގައި'' ހޭދަކުރި އިތުރު އަހަރެއް
Thiladhunmathi News

ހަނިމާދޫ ''ގޯތީގެ އިންތިޒާރުގައި'' ހޭދަކުރި އިތުރު އަހަރެއް

2020 ވަނަ އަހަރު ފަސްދީ ދިޔައިރު، އެ އަހަރު ވެގެން ދިޔައީ ހދ. ހަނިމާދޫގެ ރައްޔިތުންކުރެ ބޯހިޔާވަހިކަމެއް ހޯދުމަށްޓަކައި، ގޯތީގެ އިންތިޒާރުގައި ތިބި އެތައް ރައްޔިތުންނެއް ހޭދަކުރި އިތުރު އަހަރެއްގެ ގޮތުގައެވެ. ހަނިމާދޫން އެންމެފަހުން ގޯތި ދޫކޮށްފައި ވަނީ 2010 ވަނަ އަހަރުއެވެ. އެހެން ކަމުން މިއަހަރު ނިމިގެންދިޔައިރު، އެންމެ ފަހުން ހަނިމާދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރިތާ 10 އަހަރު ފާއިތުވީއެވެ. ބިމުގެގޮތުން ބެލިޔަސް ގޯތި ނުދެވޭނެ އެއްވެސް ސަބަބެއްނެތް ހދ. ހަނިމާދޫއަކީ ބިމުގެ ގޮތުން ބަލާއިރު...

ހަނިމާދޫގައި މާސްކު ބަހަނީ
Thiladhunmathi News

ހަނިމާދޫގައި މާސްކު ބަހަނީ

ހަނިމާދޫގައި ދިރިއުޅޭ މީހުން ކޯވިޑަށް ރައްކާތެރިކޮށް ދިނުމަށް އެހީތެރިވުމުގެ ގޮތުން ހަނިމާދޫ ކައުންސިލުން ފޭސް މާސްކު ބަހަން ފަށައިފިއެވެ. އިއްޔެ ހަނިމާދޫގައި މާސްކު ބަހަން ފަށާފައިވާއިރު، އިއްޔެ ވަނީ 700 ފޭސް މާސްކު ބަހާފައި ކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ. އެ ކައުންސިލުން ބުނީ މާސްކު ބަހަން ނިންމީ ގެސްޓް ހައުސްތައް ވެސް ހުޅުވުމާއިއެކު އެރަށަށް ފަތުރުވެރިން ވެސް އަންނަން ފަށާފައިވާތީއާއި ވެސް އެކުގައި ކަމަށެވެ. ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއްސަލާމް ޢަލީ ”ތިލަދުން” އަށް ވިދާޅުވީ، […]

ހަނިމާދޫ ސްކޫލް ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި
Thiladhunmathi News

ހަނިމާދޫ ސްކޫލް ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ހަނިމާދޫ ސްކޫލުން އިންތިޒާމް ކޮށްގެން އެ ސްކޫލްގެ ދަރިވަރުންގެ މެދުގައި ބޭއްވުނު “ހަނިމާދޫ ސްކޫލް އޮންލައިން ޤުރުއާން މުބާރާތް 2020 ” ގެ ނަތީޖާ ފާޅުކޮށްފިއެވެ. ދަރިވަރުންގެ ހިތުގައި ޤުރުއާނަށް ލޯބިޖައްސައި، ތަޖުވީދުގެ ހަމަތަކަށް ޤުރުއާން ކިޔެވުމަށް ބާރުއަޅައި، ދަރިވަރުންގެ މެދުގައި ޤުރުއާން ކިޔެވުމުގެ ރޫޙް އާލާކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު މި މުބާރާތުގެ ޖުމްލަ 67 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ 22 އޮކްޓޯބަރ 2020 ވީ ބުރާސްފަތި ދުވަހުގެ ރޭ ޒޫމް […]

ހަނިމާދޫ ދިރުން ފިޝިންގ ޓީމް: ނުކުރާކަށް މަސްވެރިކަމެއް ނެތް!
Thiladhunmathi News

ހަނިމާދޫ ދިރުން ފިޝިންގ ޓީމް: ނުކުރާކަށް މަސްވެރިކަމެއް ނެތް!

ހަނިމާދޫ ދިރުން ފިޝިންގ ޓީމުގެ ވާހަކަތަށް އޮޅުން ފިލުވައިލާހިތްވި އެންމެ ބޮޑު ސަބަބަކީ އެ ޓީމުގެ ފޭސްބުކް ޕޭޖްގައި ހިއްސާކޮށްލާ ހިތްގައިމު ފޮޓޯތަކުގެ ސަބަބުންނެވެ. އެކިއެކި ވައްތަރުގެ މަސްމަހާއިއެކު ނަގާފައި ސޯޝަލް މީޑިއާއަށް އެ ދޫކޮށްލާ ފޮޓޯތަކަކީ މަސްވެރިކަމަށް ލޯބިކުރާ ހަމަ ކޮންމެ މީހަކު ވެސް ގަޔާވާނެފަދަ ފޮޓޯތަކެކެވެ. “ހަނދާނެއްނުވޭ ގޮނޑު ދޮށުގައި ރޯލު ހިފައިގެން ނޫޅޭ ހަނދާނެއް، އެންމެ ކުޑައިރުއްސުރެ ވެސް މަސްބާނަން ވަރަށް ޝަޢުގުވެރިކަން ހުރޭ، ފުރައިގެންދާނެ ބޮއްކުރައެއްފަދަ އެއްޗެއް ނުލިބޭއ...

ހަނިމާދޫގައި އިންޑިއާ ސިފައިންގެ 19 މީހަކު ހޯމް ކަރަންޓީނުގައި
Thiladhunmathi News

ހަނިމާދޫގައި އިންޑިއާ ސިފައިންގެ 19 މީހަކު ހޯމް ކަރަންޓީނުގައި

އަވަށްޓެރި އިންޑިއާގެ ސިފައިންގެ 19 މީހަކު ހދ. ހަނިމާދޫގައި، ހޯމް ކަރަންޓީނު ވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި 19 ސިފައިން ހަނިމާދޫއަށް ދިޔައީ މި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މި ސިފައިން ހޯމް ކަރަންޓީނުގައި ތިބީ ހަނިމާދޫގެ ބައެއް ގެތަކާއި، ގެސްޓްހައުސް ހިމެނޭހެން އެ ރަށުގެ 5 ތަނެއްގައި ކަމަށް މަަޢުލޫމާތު ލިބިއެވެ. މިކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލްގެ އޮފިޝަލަކު ބުނީ ދެ ދުވަސް ކުރީން އިންޑިއާ ސިފައިންގެ 19 މީހަކު ހަނިމާދޫގައި […]