ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން 2 މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިއަދު 13.19 ގައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނިގޮތުން މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ 21 އަހަަރުގެ، ށ. މަރޮށި/ހަވާ ސަދުޙާން އަޙްމަދު ޒާހިރު އާއި 25 އަހަރުގެ، ހދ. ހަނިމާދޫ / ޗިޅިޔާގެ މުޙައްމަދު ސިނާން އެވެ.

Ad
rt

މި 2 މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި އެކަން ހިއްސާކުރެއްވުމަށްވެސް އެ ބަޔާނުގައި އެދިލައްވާފައިވެއެވެ.

މީގެ އިތުރުން، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ވަނީ ޝުކުރު ދަންނަވާފަ އެވެ.