ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަމެއްނޫން: ރޮޒޭނާ
ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަމެއްނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ. ރޮޒައިނާ މިހެން ވިދާޅުވީ، އޭނާ ވެސް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ކުރެއްވި ޓްވީޓެއްގައެވެ. ރޮޒައިނާ ވިދާޅުވީ، ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަންނޫން ކަމަށެވެ. އަދި ބައެއް ކަންކަން ރަނގަޅުކުރަން ރަނގަޅު ގޮތްތައް ރާވައިގެން ވިސްނުންތެރިކަން އިސްކ...