ހުޅުމާލޭގައި ބާރުގަދަ ގޮވުމެއް ގޮވުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުޅުމާލޭގައި ބާރުގަދަ ގޮވުމެއް ގޮވުމާއި ގުޅިގެން އެ އިދާރާއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ހާދިސާ ހިނގައިގެން އުޅެނީ ހުޅުމާލޭ ބޯގަންވިލާ މަގުގައި ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައި އޮންނަ ހުސްބިން ހިމެނޭ ސަރަހައްދުގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.
"މިކަމާއި ގުޅިގެން އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައެއް ނުވޭ" ފުލުހުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފަވެއެވެ.
އެ ސަރަހައްދުގައި ފުލުހުންގެ އިތުރުން ސިފައިން ވެސް ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ވަނީ ފަހުން ވިދާޅުވެފައެވެ.
މި ހާދިސާއާއި ގުޅިގެން ބެލި ބެލުމުން ބާރު ގަދަ ގޮވުމެއްގެ އަޑު އިވިފައި ވަނީ ހުޅުމާލޭ ލޮޓް ނަންބަރު 1138 ގެ ޓެރެސްމަތީ ވެލްޑިން ކުރުމުގެ ތެރޭގައި ހިނގި އިންސިޑެންޓަކުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!