މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,863 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 845 ވަނަ ޞަފްޙާ

ރައީސްގެ ދެ ކަނބަލުން ކުޅުދުއްފުށި، ކުމުންދޫ އަދި ހަނިމާދޫއަށްް ފުރާވަޑައިގެންފި

ރައީސްގެ ދެ ކަނބަލުން ކުޅުދުއްފުށި، ކުމުންދޫ އަދި ހަނިމާދޫއަށްް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކުޅުދުއްފުށި ސިޓީއަށާއި، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫއަށާއި، ހަނިމާދޫއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގަންނަވައިފިއެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި، ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށި ސިޓީއަށް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އެ ދެކަނބަލުން ކުޅުދުއްފުށްޓަށް ވަޑައިގެން އެ ސިޓީގެ ބައެއް ތަންތަނަށް ޒިޔާރަތްކުރަށްވާނެ ކަމ...

ޔުމްނާ ޢަލީ
ޖޫރިމަނާ ކުރަންވާނީ އެކަށީގެންވާ ވަރަށް ޕާކިން ޖާގަ ފަހިކޮށްދީފައި: މުއިއްޒު

ޖޫރިމަނާ ކުރަންވާނީ އެކަށީގެންވާ ވަރަށް ޕާކިން ޖާގަ ފަހިކޮށްދީފައި: މުއިއްޒު

ޕާކިންއާއި ގުޅިގެން ޖޫރިމަނާ ކުރެވެންވާނީ އެކަށީގެންވާ ވަރަށް ޕާކިން ޖާގަ ހަމަޖައްސައި ދިނުމަށްފަހު ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕާކިންއާއި ގުޅިގެން ޖޫރިމަނާ ކުރެވެންވާނީ އެކަށީގެންވާ ވަރަށް ޕާކިން ޖާގަ ފަހިކޮށްދީފައި ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. މާލޭ ސިޓީކައުންސިލުން މާލޭގެ ޕާކިންގެ މައްސަލައަށް ހައްލު ހޯދަން ފަށާފައިވާ މަސައްކަތުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެއްކޮށް، ނަތީޖާ ނެރުމުގެ ފުރު...

ޔުމްނާ ޢަލީ
ގިނަ އަދަދެއްގެ އޫރުމަހާއި ބަނގުއާވި ނައްތާލައިފި

ގިނަ އަދަދެއްގެ އޫރުމަހާއި ބަނގުއާވި ނައްތާލައިފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ އޫރުމަހާއި ބަނގުއާވި ނައްތާލައިފި އެވެ. މި ތަކެތި ނައްތާލާފައިވަނީ 10 އަދި 13 ޖުލައި 2021 ދެދުވަހު ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައެވެ. މިގޮތުން 300 ކެގްސްގައި ހުރި 9000 ލިޓަރުގެ ބަނގުއާވި ނައްތާލާފައިވާއިރު، 10860 ދަޅުގައި ހުރި 4122 ލިޓަރުގެ ބަނގުއާވި ނައްތާލި ކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ. މީގެއިތުރުން 458 ކޭހުގައި ހުރި 6644 ކިލޯގެ އޫރު މަސްވެސް ވަނީ ނައްތާލާފައި ކަމަށް […]

ޔުމްނާ ޢަލީ
ގުރުއާން ހިތުދަސްކުރި 6 އަހަރުގައި އަމަންއަށް ރައީސްގެ ދެކަނބަލުން ހިތްވަރު ދެއްވައިފި

ގުރުއާން ހިތުދަސްކުރި 6 އަހަރުގައި އަމަންއަށް ރައީސްގެ ދެކަނބަލުން ހިތްވަރު ދެއްވައިފި

އުމުރުން 6 އަހަރާއި 9 މަހުގައި ކީރިތި ޤުރުއާން ހިތުދަސްކުރި ބ.ހިތާދޫ، ޑެއިޒީމާގެ، އަމަން އަޙްމަދު ޢާޠިފާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ބައްދަލުކުރައްވައިފިއެވެ. މިގޮތުން އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސް ޞާލިޙްގެ ދެކަނބަލުން ވަނީ، އެކްސެލް އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރު އަމަން އަޙްމަދު ޢާޠިފަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. މިހާ ޅަ އުމުރެއްގައި އަމަން، ކީރިތި ޤު...

ޝިއުނާ އާދަމް
ދެ މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުން އައްޔަނު ކުރައްވައިފި

ދެ މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުން އައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސަރުކާރުގެ ދެ ވުޒާރާއަކަށް ދެ ސްޓޭޓް މިނިސްޓަރަކު އައްޔަނު ކުރަށްވައިފިއެވެ. މިގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެގެ މަޤާމަށް މއ. ބޯގަންވިލާ، ޙުސައިން އިސްމާޢީލް ވަނީ އައްޔަނު ކުރަށްވާފައެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް މ. ބާންސާގެ، އަލްފާޟިލް މުޙައްމަދު ޝިހާބު ވަނީ އައްޔަނު ކުރަށްވާފައެވެ. ޔޫތު މިނިސްޓްރީގެ ސްޓޭޓްއަކަށް އައްޔަނު ކުރެއްވި ޙުސައި...

ޔުމްނާ ޢަލީ
176.55 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި

176.55 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި

ތަފާތު އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން، 176.55 ކިލޯގްރާމްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ. ފުލުހުން މިއަދު ހާމަކުރެއްވި ގޮތުގައި މިތަކެތި ނައްތާލެވިފައިވަނީ ދޫނިދޫގައި ކަމަށެވެ. އެގޮތުން މިއަދު ނައްތާލެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރާއި މިއަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ތަކެތީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް މީގެ 15 ވަރަކަށް އަހަރު ކުރިން ގެނެވިފައިވާ ތަކެއްޗެވެ. އެގޮތުން، މިއަދު ވަނީ 2006 ވަނަ އ...

އަޙްމަދު އަރުޝަމް
މުދައްރިސުން އެހެން ސްކޫލްތަކަށް ބަދަލުކުރުމާ ޖިންސީ ފުރައްސާރައާއި ގުޅުމެއްނެތް: އެޑިޔުކޭޝަން

މުދައްރިސުން އެހެން ސްކޫލްތަކަށް ބަދަލުކުރުމާ ޖިންސީ ފުރައްސާރައާއި ގުޅުމެއްނެތް: އެޑިޔުކޭޝަން

އިއްޒުއްދީން ސްކޫލުގެ 4 ޓީޗަރަކު މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމާއި، ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި ގުޅުމެއްނެތް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އިއްޒުއްދީން ސްކޫލުގެ 4 ޓީޗަރަކު މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް ނިންމާފައިވާކަން އެފަރާތްތަކަށް އިއްޔެ އަންގާފައިވަނީ 2021 ވަނަ އަހަރުގެ ކުރީކޮޅުގައި ޢިއްޒުއްދީން ސްކޫލްގެ 4 ލީޑިންގ ޓީޗަރުން އެއްފަހަރާ އިސްތިޢުފާ ދިނުމާ ގުޅިގެ...

ޔުމްނާ ޢަލީ
"މޯލްޑިވްސް ނޭޝަނަލް ޕާޓީ" ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަދޭން ނިންމައިފި

"މޯލްޑިވްސް ނޭޝަނަލް ޕާޓީ" ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަދޭން ނިންމައިފި

‏އިލެކްޝަންސް ކޮމިޝަން (އީސީ)އިން “މޯލްޑިވްސް ނޭޝަނަލް ޕާޓީ” ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދޭން ނިންމައިފިއެވެ. އީސީއިން މިއަދު ވިދާޅުވީ، “މޯލްޑިވްސް ނޭޝަނަލް ޕާޓީ” ގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ވ. ވަސްމީރުފިޔަ އަލްއުސްތާޛް އަޙްމަދު އުޝާމަށް ދިނުމަށް އެ ކޮމިޝަނުން މިއަދު ނިންމައިފި ކަމަށެވެ. އުޝާމްއަކީ ވިލިމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރެވެ. އޭނާ އެ ގޮނޑި ކާމިޔާބު ކުރެއްވީ މިިނިވަން މެންބަރެއްގެ ގޮތުގައި ވާދަ ކުރަށްވައެވެ. އެ ޕާޓީ...

ޔުމްނާ ޢަލީ
ތަރައްޤީގެ ރޭވުންތަކުގައި ތިމާވެއްޓާ ގުޅޭ ހިރާސްތައް ކުޑަކުރުމަށް އިސްކަން ދޭންޖެހޭ: ޞަބްރާ

ތަރައްޤީގެ ރޭވުންތަކުގައި ތިމާވެއްޓާ ގުޅޭ ހިރާސްތައް ކުޑަކުރުމަށް އިސްކަން ދޭންޖެހޭ: ޞަބްރާ

ތަރައްޤީގެ ރޭވުންތަކުގައި ތިމާވެއްޓާ ގުޅޭ ހިރާސްތައް ކުޑަކުރުމަށް އިސްކަން ދޭންޖެހޭ ކަމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގާ ނޫރާއްޖެ ޕްރޮގްރާމާއި ގުޅިގެން ކައުންސިލަރުންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ކޯވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެ ތަޙައްމަލު ކުރަމުންދާއިރު، އެހެން ގައުމުތަކެކޭ އެއްފ...

ޔުމްނާ ޢަލީ
ހަ މުދައްރިސެއްގެ ހައްގުތައް ހިމާޔަތްކޮށްދޭން ގޮވާލައިފި

ހަ މުދައްރިސެއްގެ ހައްގުތައް ހިމާޔަތްކޮށްދޭން ގޮވާލައިފި

އިއްޒުއްދީން ސްކޫލްގެ ހަ މުދައްރިސެއްގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށް، ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގޮވާލައިފިއެވެ. ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެ ޖަމިއްޔާއަކީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެހައި މުއައްޒަފުންގެ ހައްޤުތައް ރައްކާތެރިކުރުމާއި އަދި މުޅި ތައުލީމީ ދާއިރާގެ ކުރިއެރުމަށް، އެކީ އެއްޖަމާޢަތެއްގެ ގޮތުގައި އޮވެ، 2008އިން ފެށިގެން މަސައްކަތްކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށެވެ. އެއަށްފަހު އެ ނޫސްބަޔާނުގައި ބުނެފައ...

އަލީ އާދިލް
ރައީސް ޞާލިޙް، މޯދީއާއި ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފި

ރައީސް ޞާލިޙް، މޯދީއާއި ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި އެ ދެބޭފުޅުން ވެސް ވަނީ، ދެބޭފުޅުންވެސް ބޭނުންފުޅުވާ ތަފާތު މުހިންމު ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަށްވާފަކަމަށެވެ. މިބައްދަލުވުމުގައި ރައީސް ޞާލިހު ވަނީ ކޯވިޑް-19 ގެ މި ބަލިމަޑުކަމުގައި އިންޑިއާއިން ވެދެއްވާ އެހީ ތަކަށް ޝުކުރުދަންނަވާފައެވެ. އެގޮތުން، އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ އާންމު ދިރިއުޅުމުގައި ބޭނުން...

އަޙްމަދު އަރުޝަމް
އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަގާމަށް ޝިރުމީނާ ހަމަޖައްސައިފި

އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަގާމަށް ޝިރުމީނާ ހަމަޖައްސައިފި

އޮޑިޓަރ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ޝިރުމީނާ ޙުސައިން ހަމަޖައްސައިފިއެވެ. މިއީ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު ހަމަޖެއްސެވި ފުރަތަމަ ފަހަރެވެ. އޮޑިޓަރ ޖެނެރަލް އޮފީހުން މިއަދު ވަނީ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ޝިރުމީނާ ހަމަޖެއްސެވިކަން ހާމަ ކުރަށްވާފައެވެ. މަޤާމުގެ ލިޔުން އޭނާ އާއި ހަވާލުކޮށް ދެއްވީ އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އޮޑިޓަރ ޖެނެރަލް ކަމުގެ ‌‏މަޤާމަށް ނިޔާ...

ޔުމްނާ ޢަލީ
މަސްތުވާ ތަކެއްޗާއެކު މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާ ތަކެއްޗާއެކު މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާ ތަކެއްޗާއެކު ށ. މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެ ދެ މީހުން ހައްޔަރުކުރީ ހދ. ކުޅުދުއްފުށީ ސިޓީއިން ށ. އަތޮޅު ފީވަކަށާއި މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަނުގައި 34 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. […...

ޝިއުނާ އާދަމް
ޓެސްޓު ހަދާ މިންވަރު ބޮޑުތަނުން އިތުރުވެއްޖެ، ނަތީޖާ ލިބުން ލަސްވުން އެކަށީގެންވޭ: އެޗްޕީއޭ

ޓެސްޓު ހަދާ މިންވަރު ބޮޑުތަނުން އިތުރުވެއްޖެ، ނަތީޖާ ލިބުން ލަސްވުން އެކަށީގެންވޭ: އެޗްޕީއޭ

މި ދުވަސްވަރު ގިނަ އަދަދެއްގެ މީހުން ރަށްތަކަށް ދަތުރުކުރުމަށް ޕީ.ސީ.އާރ ޓެސްޓު ހަދަމުންދާތީ، ނަތީޖާ ލިބުމުގައި ލަސްކަމެއް ކުރިމަތިވުން އެކަށީގެންވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ، ރަށްރަށަށް ދަތުރުކުރުމުގައި ގިނަ ފަރާތްތަކެއް ޕީ.ސީ.އާރ ޓެސްޓު ހަދަމުންދާ ކަމަށްޓަކައި މި ވަގުތު ޓެސްޓު ކުރަންޖެހޭ ސާމްޕަލްތައް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައި ކަމަށެވެ. އެހެންކަމުން ޓެސްޓުގެ ނަތީޖާ ލިބުން ލަސްވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވެފަވެއެވެ....

ޔުމްނާ ޢަލީ
އެސްޑީއެފްސީ އޮފީސް ފަޅާލައިފި

އެސްޑީއެފްސީ އޮފީސް ފަޅާލައިފި

އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ އޮފީސް ފަޅާލައިފި އެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރު ކޮށްދޭ އެސްޑީއެފްސީ ފަޅާލައި، ވައްކަން ކޮށްފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ މިއަދު ހެނދުނު ފުލުހަށް ރިޕޯޓް ކޮށްފައިވަނީ 8:56 ގަ އެވެ. ފުލުހުންގެ ވިދާޅުވީ އެތަނުގައި މިހާރު ހަރަކާތްތެރި ވަމުން ގެންދަވާ ކަމަށެވެ. އެސްޑީއެފްސީ ފަޅާލި ނަމަވެސް އެތަނުން ވަގަށް ގެންދިޔަ ތަކެތީގެ އެއްވެސް މައުލޫމާތެއް އަދި ލިބި...

ޔުމްނާ ޢަލީ