ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސް ޞާލިޙްގެ ދެކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 23 ވާ ހުކުރު ދުވަހުގައި ކަމަށެވެ.

Ad
rt

ރައީސް ޞާލިޙްގެ ދެ ކަނބަލުން މި ހަފުތާގައި ވަނީ ތިލަދުން މަތީގެ ތިން ރަށަކަށަ ވެސް ދަތުރުފުޅެއް ކުރަށްވާފައެވެ. މި ރަސްމީ ދަތުރުފުޅުގައި މިދިޔަ ހޮނިހިރު ދުވަހު އެމަނިކުފާނު ވަޑައިގަތީ ހދ. ކުުދުއްފުށީ ސިޓީއަށެވެ.

ކުޅުދުއްފުށީ ސިޓީއަށްފަހު ހދ. ކުމުންދޫ އަށާއި، ހަނިމާދޫއަށް ވެސް އެމަނިކުފާނު ވަޑައިގަތެވެ. މިދަތުރުފުޅުގައި ބައެއް މަޝްރޫޢުތައް ފައްޓަވައި ދެއްވާފައިވާއިރު ވަޑައިގަތް ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި އެ ދެކަނބަލުން ބައްދަލުކުރެއްވިއެވެ.

މީގެއިތުރުން އެރަށްރަށުގެ ސްކޫލްތަކަށާއި، ސިއްހީ މަރުކަޒު އަދި ކައުންސިލް އިދާރާތައް ފަދަ މުއައްސަސާތަކަށް ވަޑައިގެން އެތަންތަނުގެ ހާލަތާއި، ރަނގަޅުކުރަންވީ ކަންކަމާމެދު ވަނީ މަޝްވަރާ ހޯއްދަވާފައެވެ.

ރައީސްގެ ދެ ކަނބަލުން ތިލަދުންމަތީގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތީ މިދިޔަ އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.