މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުރިމަތިލުމުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ރަޖިސްޓަރީވެފައިވާ ބެލެނިވެރިޔާއަށް ފޯމު ހުށަހެޅޭ ގޮތަށް އުސޫލަށް މިއަދު އިސްލާހު ގެނެސްފިއެވެ. މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ގެޒެޓްކުރި މި އިސްލާހުގެ ދަށުން، އުމުރުން 18 އަހަރު ފުރިފައިނުވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، ނުކުޅެދުންތެރިކަން ހުރި ގޮތުން އަމިއްލައަށް ފޯމު ފުރުމަށް ނުވަތަ ބޯހ...
ޔުމްނާ ޢަލީ
ށ. ފުނަދޫގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކާއި ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙްގެ އިތުރުން، އެ ރަށު ކައުންސިލްގެ އިންތިޚާބީ ރައީސް މުޙައްމަދު އާދިލް ބައިވެރިވެލެއްވިއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނިގޮ...
ޝިއުނާ އާދަމް
އޮންލައިން ދުނިޔޭގައި ކުޑަކުދިންނަށް ކުރިމަތިވަމުންދާ އާ ނުރައްކާތަކަކީ، ކުޑަކުދިންގެ ޙައްޤުގައި މުދައްރިސުންނާއި ބެލެނިވެރިން އާ ވިސްނުންތަކެއް ވިސްނަންޖެހޭ ކަމެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ކޮންމެ އަހަރެއްގެ މޭ މަހުގެ 10 ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ އުފާވެރި ދުވަހެއްކަން ފާހަގަކުރައްވަމު...
ޔުމްނާ ޢަލީ
ކުޑަކުދިން ހެދިބޮޑުވަމުން އަންނަ ވަރަކަށް، އެކުދިންގެ އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ފޯރުކޮށްދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށާއި އެކުދިންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ލޯތްބާއެކު ފޮނުއްވާފައެވެ. ރައީސް މުޢިއްޒު ވިދާޅުވީ ކުޑަކުދ...
ޔުމްނާ ޢަލީ
1447 ވަނަ އަހަރުގެ ޙައްޖުގެ މޫސުމަށް ރާއްޖޭން ފުރާ ޙައްޖުވެރިންނަށް “މައްކާ ރޫޓު އިނީޝިއޭޓިވް” ގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، ސައޫދީ ޢަރަބިއްޔާގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފިއެވެ. މި ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ އޮޕަރޭޝަންސް މެނޭޖަރ ޢުމަރު ޢަބްދުލްމަޖީދު އާރް. އައްދަޢީޖު ރޭގެ ވަގުތެއްގައި ވަނީ ރާއްޖެ ވަޑައިގެންފައެވެ. މީގެ އިތުރުން، މި މަސައްކަތުގައި ބައިވެރިވާ ވަފުދުގެ އިތުރު 18 ބޭފުޅުން މެއި 11، 2026 ގައި ރާއްޖ...
ޔުމްނާ ޢަލީ
ސިފައިންގެ ކޮންމެ މީހެއްގެ ޢާއިލާ ދިރިއުޅޭ ސަރަޙައްދު ހިމެނޭ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުޞަތު ޤާއިމުކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިފައިންނަކީ އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކުރައްވައިގ...
ޔުމްނާ ޢަލީ
އިންހޭލާ ބޭނުންކުރުމާ މެދު މުޖުތަމައުގައި އޮންނަ ނުރަނގަޅު ތަސައްވަރުތަކާއި ދޮގު މައުލޫމާތުތައް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ “ވޯލްޑް އެސްތްމާ ޑޭ 2026 ސިމްޕޯސިއަމް” ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަހަރުގެ ބައިނަލްއަގުވާމީ ނޭވާހިއްލާ ބަލީގެ ދުވަހުގެ ޝިއާރު ކަމަށްވާ “އެކްސެސް ޓު އެންޓި-އިންފްލަމޭޓަރީ އިންހޭލާރސް ފޮރ އެވްރިވަން ވިތު އެސްތްމާ – ސްޓިލް އެން...
ޝިއުނާ އާދަމް
ރާއްޖޭގައި ސައްޙަ އެކްޓިވް ވޯކްޕާމިޓެއްގައި ތިބެ މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުން ގަވައިދަށް ފައްތައި، އެމީހުންގެ ބަޔޯމެޓްރިކް މައުލޫމާތު ފުރިހަމަކޮށް ނިންމާލައިފިކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ. ރައީސް މުޢިއްޒު މިއަދު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ތިބި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ސައްޙަ ވޯކްޕަރމިޓް އޮތް 98 އިންސައްތަ މީހުންގެ 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގައި، ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް ނިޒާމުގެ ތެރެއަށް ވަ...
ޔުމްނާ ޢަލީ
ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް ސަފާރީއެއްގައި އަލިފާން ރޯވެ، އެ ސަފާރީގެ ދެ ފަޅުވެރިއަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ “އެމްޕެރަރ އެކްސްޕްލޯރަރ” ނަމަކަށް ކިޔާ ސަފާރީއެއްގައެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ދަނީ އެ ސަރަހައްދުގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނ...
ޔުމްނާ ޢަލީ
މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ 2026 މެއި 08 ވަނަ ދުވަހުގެ ރޭ ދަންވަރު 00:09 އެހައިކަންހާއިރުއެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ ސީދާ އޭޑީކޭ ހޮސްޕިޓަލުންނެވެ. މި ހާދިސާގައި އަނިޔާވެގެން ފަރުވާ ދެމުންދަނީ އުމުރުން 49 […]
ޔުމްނާ ޢަލީ
މީސް މީޑިއާގެ އެކި މަންސަތަކުގައި ބޭންކް އެކައުންޓްތައް “ކުއްޔަށް” ދިނުމަށް ބާރުއަޅައި ކުރާ އިޝްތިހާރުތަކަށް ސަމާލުވުމަށާއި، އެއީ ބޮޑު ޖިނާއީ ކުށެއް ކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަރުގަދަ އިލްތިމާސެއް ނެރެފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިހާރަކަށް އައިސް ޓިކްޓޮކް އަދި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ނުވަތަ އެކައުންޓްގެ ކޮންޓްރޯލް ދިނުމުން “ދުވަހު މުސާރައެއް” ނުވަތަ އުޖޫރައެއް ދޭނެ ކަމަށް ބު...
ޝިއުނާ އާދަމް
ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިރޭ އިލްތިމާސްކޮށްފިއެވެ. މެޓް އޮފީހުން މިރޭ ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައި ވަނީ ކުރިއަށް އޮތް ފަސް ދުވަހު (މިމަހުގެ 9 އިން 13އަށް) ރާއްޖޭގެ އެކި ހިސާބުތަކަށް އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި […]
ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، ޑްރަގް ކެފޭ އެއް (ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަނެއް) ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ. ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ ކ. މާލެ، ހ. ގުންޒަރު ބަންދުކުރުމަށެވެ. ކޯޓުގެ އަމުރުގައިވާ ގޮތުން އެ ތަން ބަންދުކުރުމަށް ހަމަޖެހިފައިވަނީ 2026 މެއި 5 އިން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު […]
ޔުމްނާ ޢަލީ
ގއ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް ފިލި ގައިދީއަކު، ފުލުހުން ކުރި މަސައްކަތުން އަލުން ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 2026 މެއި 8 ވާ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ގއ. ވިލިގިލީގައި ފުލުހުންގެ ބަންދުގައި ހުރި މި މީހާ ފިލާފައިވަނީ ސިއްހީ ބޭނުމަކަށްޓަކައި އެ ރަށުގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ. ފުލުހުން ބުނީ، އެމީހާ ފިލި ކަމުގެ މައުލޫމާތު […]
ޔުމްނާ ޢަލީ
ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނަރ އަކުން ނުރައްކާތެރި “ހަންޓާ ވައިރަސް” ފެނިފައިވާއިރު، ރާއްޖެއަށް އެ ބަލީގެ ނުރައްކާ އޮތް މިންވަރު ވަރަށް ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ “އެމް.ވީ ހޮންޑިއަސް” ނަމަކަށް ކިޔާ ކްރޫޒް މަނަވަރަކުން މި ބަލި ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) މެދުވެރިކޮށް އެ އެޖެންސީން ދަނީ މިކަން […]
ޔުމްނާ ޢަލީ