މައިންގެ ކިބައިގައިވާ ހިތްވަރާއި، އޯގާތެރިކަމާއި ނުގުޑާފަދަ ސާބިތުކަމަކީ އާއިލާތަކާއި މުޖުތަމަޢުތަކުގެ ހަމަޖެހުމުގެ ފަހަތުގައިވާ އެންމެ ބޮޑު ބާރު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އިއްޔެ ވިދާޅުވެއްޖެއެވެ.
މަންމައިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މަންސަ 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ވަނީ، މުޖުތަމަޢު ބައްޓަންކޮށް ބިނާކުރުމުގައި ޤައުމީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގައި މައިން އަދާކުރައްވާ މުހިންމު ދައުރުގެ އަގުވަޒަންކުރައްވައި، މައިންނަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި މައިންނަށް އިޚްލާޞްތެރި ޝުކުރު އަދާކުރައްވަމުން، އެކަމަނާ ވިދާޅުވީ، މައިންގެ ކިބައިގައިވާ ހިތްވަރާއި، އޯގާތެރިކަން، އަދި ނުގުޑާފަދަ ސާބިތުކަމަކީ އާއިލާތަކާއި މުޖުތަމަޢުތަކުގެ ހަމަޖެހުމުގެ ފަހަތުގައިވާ އެންމެ ބޮޑު ބާރު ކަމަށެވެ.
On this Mother’s Day, I extend my heartfelt appreciation to all mothers around the world. Your strength, compassion, and unwavering dedication shape our families, our communities, and the future of humanity.
I applaud every act of care, every sacrifice, and every lesson… pic.twitter.com/hV9puq1II6
— First Lady Sajidha Mohamed (@sajidhaamohamed) May 10, 2026
މީގެ އިތުރުން، ޤައުމު ބިނާކުރުމުގައި މައިން އަދާކުރައްވާ މައިގަނޑު ދައުރު ފާހަގަކުރައްވައި، ޤައުމީ ކުރިމަގުގެ ބިންގާ އެޅުމަށްޓަކައި ދިވެހި މައިން ދެއްވާ އަޅާލުމާއި، ވެވަޑައިގަންނަވާ ކޮންމެ ޤުރުބާނީއަކާއި، އުނގަންނައިދެއްވާ ކޮންމެ ފިލާވަޅަކަށް ފަސްޓް ލޭޑީ ވަނީ ސާބަސްދެއްވާފައެވެ.
މީގެ އިތިރުން ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވަނީ ހެޔޮލަފާ ދަރިންތަކެއް ހެދި ބޮޑުވަމުންދާ ޤައުމެއްގެ މުސްތަޤްބަލާމެދު މާޔޫސްކަމެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި ކުޑަކުދިންނަށް އަޅަައިލާ، އޯގާތެރިކަމާއެކު ޙިމާޔަތް ދެމުންދާހައި ހިނދަކު ކުރިމަގަށް ކުރާ އުންމީދު ދާނީ ހަގީގަތަކަށް ވަމުންކަމަށް އެކަމަނާ ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަކުރާ ޤައުމީ ކުޑަކުދިންގެ ދުވަހެވެ. އަދި އެ މެއި 10 ވަނަ ދުވަހަކީ ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ މަންމައިންގެ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!