ހއ. މުރައިދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އިން އެރަށުގެ ކުޑަކުދިންނަށް ކުރިއަށް ގެންދިޔަ ނަމާދު ކޭމްޕްގެ ނިމުން ފާހަގަކޮށް، ބައިވެރިންނަށް ސެޓް ފިކެޓް ދީފިއެވެ.

އަށާވަރަކަށް ދަރިވަރުން ބައިވެރިވި މި ކޭމްޕް އެ ކޮމެޓީގެ ފަރާތުން ކުރިއަށް ގެންގޮސްފައި ވަނީ ހުސް އޭޕްރިލް މަހުގެ ފަހު ހަފުތާގައެވެ.

Ad
rt

މި ކޭމްޕްގެ ނިމުން ފާހަގަކުރުމަށް ހަފްލާއެއް ބާއްވާފައިވާއިރު، މުރައިދޫ ޑަބްލިޔުޑީސީ އިން ވަނީ، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވި އެރަށުގެ މަސްޖިދިލް އިހާއީގެ އިމާމް މުޙައްމަދު ޝިޔާމު ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކޮށްފައެވެ.

ނިމިގެންދާ ދައުރުގެ މުރައިދޫ އަންހެނުންގެ ކޮމެޓީގެ މެމްބަރުން ވަނީ އެރަށަށް މުހިންމު ޚިދުމަތްތަކެއް ކޮށްދީފައެވެ. މިގޮތުން އެރަށުގެ އިޖުތިމާއީ އަދި ތަރައްގީގެ ކަންކަމުގައި އެ ކޮމެޓީގެ މެމްބަރުންގެ އެއްބާރުލުން އަމަލީގޮތެއްގައި ދީފައިވާއިރު، އެ ކޮމެޓީން ވަނީ މުހިންމު ދުވަސްތައް ފާހަގަކުރުމުގައި ވެސް އިސް ނަގައި މަސައްކަތްކޮށްފައެވެ.

މީގެ އިތުރުން ރަށުގެ ކުދީންނާއި ޒުވާނުންގެ ކުރިއެރުމަށް، ވޮލީ ކޭމްޕާއި، ޕޭސްޓްރީ ކޯހާއި، ފުޓްސަލް މުބާރާތާއި، މަދަހަ މުބާރާތާއި އަދި ގަސް އިންދުމުގެ ހަރަކާތްފަދަ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.