ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ 2026 މެއި 18 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:57 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ ފިރިހެނެކެވެ. އޭނާ ގެނބިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެ...
ޔުމްނާ ޢަލީ
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅުނު 2،304،200 ސިނގިރޭޓު ސްޓިކްސް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނިގޮތުގައި މިތަކެއްޗަކީ ކަނޑުމަގުން ސިއްރުން އެތެރެކުރަން އުޅެނިކޮށް އަތުލައިގެން ތަކެއްޗެވެ. މި ތަކެތި އަތުލައިގެންފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު މާލޭގެ ކޮމާޝަލް ހާބަރުންނެވެ. ފާއިތުވި އަހަރުތަކުގައި ސަރުކާރުން ސިނގިރޭޓްގެ އިމްޕޯޓް ޑިއުޓީ މަތިކުރުމާ ގުޅިގެން، ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރަން އުޅޭ މައްސަލަތައް ވަނީ އިތުރުވެފައެވެ. މިކަމާ ގުޅިގެން ކަސްޓަމް...
ޔުމްނާ ޢަލީ
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ، ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޢުޒިޔާ ފޮނުއްވައިފިއެވެ. ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފާރޫޤް އަޙްމަދަކީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅެއް ކަމަށެވެ. ވަކީން ޚާއްޞަކޮށް ފުވައްމުލަކު އަތޮޅުވެރިކަމާއި އިދާރީގޮތުން ހިންގުމުގެ އެކި މަޤާމުތަކުގައި އޭނާ ވަނީ ބޮޑެތި ޚި...
ޝިއުނާ އާދަމް
ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. މޯލްޑިވިއަނުން މި ދަތުރުތައް ބާއްވަނީ އޮސްޓްރޭލިއާގެ މެލްބަންއަށެވެ. ކޮންމެ ހަފުތާއަކު އެއް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއިން އޮސްޓްރޭލިއާއަށް ފްލައިޓް ފުރާނީ ކޮންމެ އާދިއްތަ ދުވަހަކުއެވެ. އަދި އޮސްޓްރޭލިއާއިން އެނބުރި ރާއްޖެއަށް ދަތުރުކުރާނީ ކޮންމެ އަންގާރަ ދުވަހަކުއެވެ. މި ދަތުރުތަކަށް ގާތްގަނޑަކަށް 10 އާއި 11 ގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަވާނެ ކަމަށް...
ޔުމްނާ ޢަލީ
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު އަތޮޅު ކައުންސިލްތައް އުވިފައިވާއިރު، ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އޮފީހެއް ގާއިމްކުރަން ސަރުކާރުން ނިންމައިފިއެވެ. ލާމަރުކަޒީ ގާނޫނަށް ގެނަސްފައިވާ އިސްލާހަކާއެކު އިއްޔެ އިން ފެށިގެން އަތޮޅު ކައުންސިލްތައް ވަނީ އުވިފައެވެ. އަތޮޅު ކައުންސިލްތައް އުވުނުނަމަވެސް ކޮންމެ އަތޮޅެއްގައި އަތޮޅު ކައުންސިލްގެ ކަންކަން ހިންގާ ބަލަހައްޓަން އިދާރީ އޮފީހުން ގާއިމުކޮށްފައި ހުރުމާއެކު، ދެން އެ އޮފީސްތަކަށާއި އެތަންތަނުގެ މުވައްޒަފުންނާމެދު...
ޔުމްނާ ޢަލީ
މަގުމަތި ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޒިންމާދާރުކަމާއެކު މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް އިލްތިމާސްކުރައްވައިފިއެވެ. ނައިބު ރައީސް މިކަމަށް އިލްތިމާސްކުރެއްވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ރައްކާތެރިކަމާއެކު މަގުމަތި ބޭނުންކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށާއި، އެއީ އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތިމާގެ ފަރާތުން ކޮށްދެވޭނެ...
ޔުމްނާ ޢަލީ
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވި ހުރިހާ ދަރިވަރުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ މުއްތަދަށް ކުރިއަށްގެންދިޔަ މި ތަމްރީނުތަކުގައި ރާއްޖޭގެ 112 ރަށަކުން ޖުމްލަ 343 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު މި ބެޗުގައި ދަސްވެނިވި ދަރިވަރުންގ...
ޔުމްނާ ޢަލީ
މިދިޔަ އޭޕްރިލް ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި، އެ އިންތިޚާބުގައި އެއްވަރުވެގެން ވޯޓުނެގި ރަށްތަކުން އިންތިޚާބުވި މެމްބަރުން މިއަދު މަގާމުގެ ހުވާކޮށް ރަސްމީކޮށް މަގާމާއި ހަވާލުވެއްޖެއެވެ. ލޯކަލް ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް އިންތިޚާބުވި މެމްބަރުންގެ ހުވާކުރުން މިއަދު ހެނދުނު 10:10 އިން ފެށިގެން މެންދުރުފަހު 15:00 ހަމައަށް ކުރިއަށް ގެންގޮސްފައިވާއިރު، ހުވާކުރުުމަށްފަހު ސިޓީތަކުން ޑެޕިއުޓީ މޭޔ...
ޔުމްނާ ޢަލީ
މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ސާހިލް އަލީގެ މައްޗަށް އެހެން ދައުވާތަކެއް ސާބިތުވެ، ތިން އަހަރަށް ޖަލަށްލި މައްސަލަ ސާހިލްގެ ފަރާތުން އިސްތިއުނާފްކޮށްފި އެވެ. މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް 2022 ގައި، ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ. އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާތީ، […]
ހުސައިން ހަބީބް
ސަރުކާރުގެ ފެން ކުންފުނި، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ބޯޑުގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޝަމްހޫޒާ އަހުމަދު އެ މަގާމުން މިއަދު ވަކިކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ، މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑްގެ، ޗެއަރމަންކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ސ. ފޭދޫ ނާޒުކީގޭ އަލްފާޟިލާ ޝަމްހޫޒާ އަޙުމަދު މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. ޝަމްހޫޒާ އަހުމަދު އެމްޑަބްލިޔުއެސްސީގެ ބޯޑުގ...
ޔުމްނާ ޢަލީ
ވ.އަތޮޅު އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ބުރާސްފަތި ދުވަހު ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި އުޅުއްވަނިކޮށް އިއްޔެ ނިޔާވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ރޭ ބާއްވައިފިއެވެ. މަހުދީގެ ކަށުނަމާދު އޮތީ މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައެވެ. އޭނާ ފަސްދާނުލާފައިވަނީ މައްޗަންގޮޅީ އާސަހަރާގައެވެ. މި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ދިފާޢީ ވަޒީރު ޙަސަން ރ...
ޔުމްނާ ޢަލީ
ށ. އަތޮޅު ކައުންސިލްގެ ހަތަރު ވަނަ ދައުރަކީ އަތޮޅުގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖޭގެ ގިނަ ރައްޔިތުން ބަލައިގަތް ފަދަ ކާމިޔާބު ޕްރޮގްރާމްތަކެއް ހިންގުނު ދައުރެއް ކަމަށް އެ ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، މި ހިނގާ ދައުރުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި އެކި މުބާރާތްތަކުން ރަންވަނަތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލްތައް ރޭންކު ކުރާ އެންމެ މަތީ ދަރަޖަ ހޯދައި، ރާއްޖޭގެ އެންމެ މަތީ […]
ޔުމްނާ ޢަލީ
މިހާތަނަށް ދިވެހިރާއްޖެއިން ހަންޓާ ވައިރަސް ފެނިފައިވާކަމުގެ ނުވަތަ އެ ބަލި ޖެހިފައިވާ މީހަކު ހުރިކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައިނުވާކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފިއެވެ. ހެލްތް މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިހާތަނަށް ދިވެހިރާއްޖެއިން ހަންޓާ ވައިރަސް ފެނިފައިވާކަމުގެ ނުވަތަ އެ ބަލި ޖެހިފައިވާ މީހަކު ހުރިކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައިނުވާކަމަށެވެ. އަދި މި ބައްޔާ ގުޅިގެން ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އެގޮތުން، ކަމާބެހޭ އިދާރާތަކުން ދަނީ މިކ...
ޔުމްނާ ޢަލީ
ވ. އަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ފީނަމުން ދަނިކޮށް ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފިއެވެ. މަހުދީގެ މައްޗަށް ކުރެވޭ ކަށުނަމާދު ބާއްވަން ނިންމާފައި ވަނީ މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައެވެ. މައްޔިތާ އަށް ޒިޔާރަތް ކުރުން ވެސް ބާއްވަން ނިންމާފައި […]
ޔުމްނާ ޢަލީ
ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވުމުގެ ހިތާމާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މަހުދީގެ ޢާއިލާ އަށާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ...
ޝިއުނާ އާދަމް