މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ 7 ޕޮޒިޓިވް ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ. މި ކޭސްތަކާ ގުޅިގެން މިހާތަނަށް 74 އަށްވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ. އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި، ރާއްޖެއިން ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހަކު ހިމެނެއެވެ. މިދުވަސްވަރަކީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައިވެސް ހިމަބިހީގެ ކޭސްތައް އިތުރުވަމު...
ޔުމްނާ ޢަލީ
ރާއްޖޭގެ ކަނޑުމަހުގެ އިމްޕޯޓް ޑިއުޓީ ނުވަތަ ޓެރިފް ކަނޑާލުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. މި ނިންމުމާ ގުޅިގެން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ނިކް ލޯ ވިދާޅުވީ، މިއީ ބްރިޓިޝް ކަސްޓަމަރުންނާއި ދިވެހި މަސްވެރިންނަށް ލިބުނު ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ. މި ބަދަލާއެކު އިނގިރޭސިވިލާތުގެ ބާޒާރުގައި މަހުގެ އަގުތައް ހެޔޮވެ، ދިވެހި މަހަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަން އޭނާ ވަނީ ފާހަގަކުރަށްވާފައެވެ. މި މުހިންމު ނިންމުމަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙ...
އަޙްމަދު ވަހީދު
ވ. އަތޮޅުގެ އަލިމަތާ ކައިރި އަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން، ނުނެގި އޮތް ދެ މީހުންގެ ހަށިގަނޑު މިއަދު ނަގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހަވާލާދީ ރޮއިޓާސް އިން ބުނެފިއެވެ. މިއާއެކު މި ހާދިސާގައި މަރުވި އެންމެން ހޯދުމުގެ މަސައްކަތް މިވަނީ ނިމުމަކަށް އައިސްފައިކަމަށް އެ ނޫހުން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގާފައިވަނީ ކަނޑުގެ ފުން ކޭވްއެއްގެ ތެރޭގައި ސޮފްޓް ކޮރަލް ނުވަތަ މަޑު މުރަކަ ދިރާސާ ކުރުމަށް […]
ޔުމްނާ ޢަލީ
މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ އިސްވެރިޔަކަށް ނުވަތަ އަމީރުލް ޙައްޖުގެ ގޮތުގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. އަމީރުލް ޙައްޖުގެ ގޮތުގައި ކަނޑައެޅުއްވި ވަޒީރު މުޙައްމަދު ސަޢީދު ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އެމިރޭޓްސްގެ ފްލައިޓެއްގައި ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފައެވެ. ރާއްޖޭގައި އާންމުކޮށް ކޮންމެ އަހަރަކުވެސް އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާނެ ބޭފުޅ...
ޔުމްނާ ޢަލީ
ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފްލެޓް ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރި ހިޔާނާތުގެ އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ނިންމި މައްސަލާގެ ޝަރީއަތް ހައި ކޯޓުގައި މިއަދު ފަށައިފި އެވެ. ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ސީލައިފް ގްލޯބަލްއާ 2014 ވަނަ އަހަރު ހަވާލު ކުރުމުން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެ ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި […]
ހުސައިން ހަބީބް
ވ. އަތޮޅުގެ އަލިމަތާ ކައިރި އަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރި ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގައި، ގަލޮޅު މޯޗަރީއަށް ގެންގޮސްފިއެވެ. މެއި 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި ފަސް ފަތުރުވެރިން ގެއްލުނެވެ. އެއީ އިޓަލީއަށް ނިސްބަތްވާ ޔުނިވަރސިޓީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 20 އަހަރުގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލްގެ އިތުރުން މޫރިއަލް އޮޑެނީނޯ، ޖިއަންލޫކާ ބެނެޑެއްޓީ އަދި ފެޑެރިކޯ ގުއަލްޓިއޭރީއެވެ. އެއިގެ ތެރެއިން އެކަކުގެ ހަށިގަނޑު […]
ޔުމްނާ ޢަލީ
ޤައުމީ އެއާލައިން، މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނައުމަށް ނިންމެވި ނިންމެވުމަކީ، ހައްސާސް ޙާލަތެއްގައި އިޤުތިޞާދީ ގެއްލުންތައް ކުޑަކުރުމަށް ރާއްޖޭގެ އަމިއްލަ ޤާބިލިއްޔަތު އިތުރުވެގެންދިޔަ ޙިކުމަތްތެރި ނިންމެވުމެއް ކަމަށް މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ. މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދަ...
ޔުމްނާ ޢަލީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސަރުކާރު ބަދަލުކުރާނެކަމަށް ވިދާޅުވެ ވާހަކަދައްކަވައިގެން ސަމާލުކަން ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަށްވުރެ، ޅަކުއްޖަކާ ކައިވެނި ބައްލަވައިގަންނަން އުޅުއްވާކަމަށް ވިދާޅުވިނަމަ މާބޮޑު ސަމާލުކަމެއް ލިބުނީސްކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ. މުޙައްމަދު އިސްމާޢީލް މިހެން ވިދާޅުވީ، ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު...
އަލީ އާދިލް
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް މަހެއްގެ މައްޗަށް ކުރާ ހޭދަ 66 މިލިއަން ޑޮލަރު އިތުރުވެ، ޖުމްލަ 116 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ އެ ވުޒާރާގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ވިދ...
ޔުމްނާ ޢަލީ
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްކަމުގެ މަގާމުން އެ މަގާމުގައި ހުންނެވި، ޔަޒްމީދު މުޙައްމަދު އިސްތިއުފާދެއްވައިފިއެވެ. ޖޭއެސްސީން މިއަދު ބުނިގޮތުގައި ޔަޒްމީދު ވަނީ އެކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމުންނާއި އަދި މެމްބަރުކަމުން ވެސް އިސްތިއުފާދެއްވާފައެވެ. އެ ކޮމިޝަނުން ވަނީ ޔަޒީދު އެ ކޮމިޝަަނަށް ކޮށްދެއްވި ޚިދުމަތަށް އޭނާ އަށް ޝުކުރުއަދާކޮށްފައެވެ. ޔަޒްމީދު އެ މަގާމަށް ޢައްޔަނުކުރީ 23 ފެބްރުއަރީ 2025 ގައެވެ. ޖޭއެސްސީ އަށް ޔަޒްމީދު ޢައްޔަނުކުރީ، ޖޭއެސްސީގެ ޤާނޫނުގެ ދަށުން ރަ...
ޔުމްނާ ޢަލީ
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ނ. މިލަދޫ / އަލަމާގެ، އަޙްމަދު ޢަބްދުލްހާދީ (43އ) 25 އަހަރަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ. މި ހުކުމް އިއްވާފައި ވަނީ 2026 މެއި 18 ވަނަ ދުވަހުއެވެ. ޢަބްދުލްހާދީގެ މައްޗަށް މި ހުކުމް އިއްވާފައި ވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާއިރު، އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ އުމުރަށް […]
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 120 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްގެ މާލީ ބަޔާންތައް އިއްޔެ އާންމުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މާލީ ބަޔާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އާންމުކުރެއްވި މާލީ ބަޔާނުގައިވާ ގޮތުން، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އެމަނިކުފާނަށް މުސާރައިގެ ގޮތުގައި 285,024 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ކުލީގެ ގޮތުގައި 240,000 ރުފިޔާ ލިބިވަޑައިގެނ...
ޔުމްނާ ޢަލީ
ވ. އަތޮޅުގެ “އަލިމަތާ ކޭވްސް” އަށް ފީނަން ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ފަތުރުވެރިންގެ ހަށިގަނޑުތައް ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަނުގައި ބައިވެރިވުމަށް، ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރު ފީނުންތެރިންގެ ޓީމެއް މިއަދު ރާއްޖެ އައިސް އެ ހަށިގަނޑުތައް ހޯދުމުގައި މިހާރު ކާމިޔާބު މަސައްކަތެއް ކޮށްފައިވާއިރު، އެ ޑައިވަރުންނަކީ 2018 ވަނަ އަހަރު ތައިލެންޑުގެ ތަމް ލުއަންގް ހޮހަޅައިގައި ތާށިވި 12 ކުޑަކުދިންނާއި އެކުދިންގެ ކޯޗު ސަލާމަތްކުރުމުގެ ބައިނަލްއަޤްވާމީ އޮޕަރޭޝަނުގައި ވެސް މުހިންމު ދައުރެއް އަދާކުރ...
ނާޒިމާ އަލީ
ލޯންޗެއް ފަޅައިގެންގޮސް، އޭގައި ތިބި މީހުން ކަނޑުވުމާ ގުޅިގެން މެރިން ޕޮލިހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގީ މާތިލަފުށިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެން ދިއުމާ ގުޅިގެންނެވެ. ހާދިސާގެ ރިޕޯޓު ލިބުމާއެކު، ކަނޑުވި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. “މީހުން ސަލާމަތްކުރުމަށް މެރިން ޕޮލިހުގެ ލޯންޗު އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުން” ފުލުހުން ބުންޏެވެ. ނަމަވެސް އެ...
ޔުމްނާ ޢަލީ
ވ. އަތޮޅު އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ނުފެނި ތިބި ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ. މި ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށެވެ. އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، ގެއްލުނު ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތުގެ އިތުރުން އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހާ...
ޔުމްނާ ޢަލީ