ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅުނު 2،304،200 ސިނގިރޭޓު ސްޓިކްސް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނިގޮތުގައި މިތަކެއްޗަކީ ކަނޑުމަގުން ސިއްރުން އެތެރެކުރަން އުޅެނިކޮށް އަތުލައިގެން ތަކެއްޗެވެ.
މި ތަކެތި އަތުލައިގެންފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު މާލޭގެ ކޮމާޝަލް ހާބަރުންނެވެ.
ފާއިތުވި އަހަރުތަކުގައި ސަރުކާރުން ސިނގިރޭޓްގެ އިމްޕޯޓް ޑިއުޓީ މަތިކުރުމާ ގުޅިގެން، ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރަން އުޅޭ މައްސަލަތައް ވަނީ އިތުރުވެފައެވެ. މިކަމާ ގުޅިގެން ކަސްޓަމްސްއިން ވަނީ ބަނދަރުތަކުގައި ސެކިއުރިޓީ ހަރުދަނާކޮށް، ބަލައި ފާސްކުރުންތައް އިތުރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!