މިރުޒާގެ ގާތިލަށް ސުޕްރީމް ކޯޓުގައި ވާރިސުންގެ މައާފް ދީފި
މީގެ 11 އަހަރު ކުރިން ވިލިމާލޭގައި ގްރޫޕަކުން ހަމަލާދީ މަރާލި އަހުމަދު މިރުޒާ އިބްރާހިމްގެ ގާތިލަކު މަރަން ހުކުމްކޮށްފައި ވަނިކޮށް އޭނާގެ ވާރިސުން ސުޕްރީމް ކޯޓުގައި މިއަދު ގާތިލަށް މައާފް ދީފި އެވެ. 2011 ވަނަ އަހަރު ހުޅުމާލޭ ކުޑަކުދިންގެ ޕާކް ކައިރީގައި ނ. މާޅެންދޫ ވައިޓްހައުސް، މިރުޒާއަށް ލަކުޑި ބުރިން ހަމަލާދީ މަރާލި މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ދެ މީހުންގެ ތެރެއިން ޏ. ފުވައްމުުލަކު ޒާވިއާ އަބްދުﷲ ނަޒީފަށް ވާރިސުން މައާފް ދިނީ ސުޕްރީމް ކޯޓަށް […]