ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
ވައިގެ މަގުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހައްޔަރުކުރި ދެ ބިދޭސީންނަކީ ޕާކިސްތާނަށް ނިސްބަތްވާ ދެ މީހުންކަމަށެވެ. އެ ދެ މީހުންނަކީ، އުމުރުން 32 އަހަރުގެ އަޙްމަދު ޢަލީ އަދި 20 އަހަރުގެ މޮއިމިނާ ޤުލްފާމް އެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް އާއި ޓޫރިސްޓް ޕޮލިސް ގުޅ...