މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 780 ވަނަ ޞަފްޙާ

ޝައިހް އިބްރާހިމް މެންކްގެ ދަރުސްތަކެއް ރަމަޟާން މަހު ރާއްޖޭގައި ބާއްވަނީ

ޝައިހް އިބްރާހިމް މެންކްގެ ދަރުސްތަކެއް ރަމަޟާން މަހު ރާއްޖޭގައި ބާއްވަނީ

ޝައިހް އިބްރާހިމް މެންކްގެ ދަރުސްތަކެއް ރަމަޟާން މަހު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާކަމަށް އަލް ޢަސްރުން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. “މިދަރުސްތަކުގައި ޤުރްޢާނާއި ގުޅުން ހުރި މުހިންމު މައުލޫމާތު ތަކެއް ލިބިގެންދާނެ. މިއީ ޤުރްޢާނުގެ މައްސަރުގައި އެނގެން މުހިންމު އެތައް މައުލޫމާތުތަކެއް ލިބިގެންދާނެ ދަރުސްތަކެއް.” ޢަސްރު ގެ އޮފިޝަލަކު ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ “މިދަރުސްތައް ރާއްޖޭގެ ޓީވީތަކުންނާއި ރޭޑިއޯ އަދި އޮންލައިން މީޑިއާތަކަށްވެސް ލައިވް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާނެކ...

ޔުމްނާ ޢަލީ
ސިޔާސީ ޕާޓީތަކުން ދައުލަތުގެ ރަސްމީ އިދާރާތަކުގެ އެންގުންތަކަށް ބޯލެނބުމަށް އިލްތިމާސްކޮށްފި

ސިޔާސީ ޕާޓީތަކުން ދައުލަތުގެ ރަސްމީ އިދާރާތަކުގެ އެންގުންތަކަށް ބޯލެނބުމަށް އިލްތިމާސްކޮށްފި

ދައުލަތުގެ ރަސްމީ އިދާރާތަކުގެ އަންގާ އެންގުންތަކަށް ސިޔާސީ ޕާޓީތަކުން ބޯލެނބުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފިއެވެ. އީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުން ޕާޓީތަކަށް ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މަގު ފަހިކޮށްދީފައިވަނީ، ޤާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދާއި، ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ކަމާބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ޙުދޫދުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން ޕާޓީތަކުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުންތަކާއި...

ޔުމްނާ ޢަލީ
ކޮމަންޑޫ ކައުންސިލްގެ ހުއްދަނެތި މަތިކޮމަންޑޫއަށް އަރާފޭބުން މަނާކޮށްފި

ކޮމަންޑޫ ކައުންސިލްގެ ހުއްދަނެތި މަތިކޮމަންޑޫއަށް އަރާފޭބުން މަނާކޮށްފި

ށ. ކޮމަންޑޫ ކައުންސިލްގެ ހުއްދަނެތި މަތިކޮމަންޑޫއަށް އަރާފޭބެނުން މަނާ ކޮށްފިއެވެ. ކޮމަންޑޫ ކައުންސިލުން މިއަދު އާންމު ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ، އެ ކައުންސިލްގެ ހުއްދަނެތި މަތިކޮމަންޑޫއަށް މިއަދުން ފެށިގެން އަރާފޭބުމާއި، ކާށި އަދި ދަރުފަދަ ތަކެތި އެރަށުން ގެނައުމަކީ މަނާކަމެއް ކަމަށެވެ. އަދި އެ ކައުންސިލްގެ ހުއްދަ ނުނެގި ނަމަވެސް މަތިކޮމަންޑޫގައި އަލަށް ހިއްކި ސަރަހައްދަށް އަރާފޭބުމުގައި ހުރަހެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ. މަތިކޮމަންޑޫއިން ދަރު ގެންނަން ބޭނުންވާ ފަރާތްތަކުން ކޮމަންޑޫ...

ޔުމްނާ ޢަލީ
އަވައްޓެރި ފުލުހުންގެ ހިދުމަތް، ހުރިހާ އަތޮޅެއްގައި ތައާރަފު ކޮށްފި

އަވައްޓެރި ފުލުހުންގެ ހިދުމަތް، ހުރިހާ އަތޮޅެއްގައި ތައާރަފު ކޮށްފި

ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ ތެރެއިން ފުލުހުންހެ ހިދުމަތް ދިނުމަށް އެކުލަވައިލެވުނު ”ނެއިބަހުޑް ޕޮލިސިންގ މޮޑެލް – އަވައްޓެރި ފުލުހުންގެ ހިދުމަތް” މުޅި ރާއްޖޭގައި މިހާރު ތައާރަފު ކުރެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. ފުލުހުން ބުނެފައިވަނީ، މިހިދުމަތް މުޅި ރާއްޖެއަށް ތައާރަފު ކުރުމުގެ މަސައްކަތް ފަށާވަނީ 2020 އޮކްޓޯބަރ މަހުގެ 01 ވަނަ ދުވަހުކަމަށާއި މި މަސައްކަތުގައި މި އަހަރުގެ މިހާތަނަށް، ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ 100 ރަށުގައި މަސައްކަތްކުރާ ފުލުހުންނަށް އަވައ...

އިބްރާހިމް އަސްވާޤް
އިހަވަންދޫ އައިސްޕްލާންޓްގައި ހިންގި ގަތުލު: ގާތިލު މަރަން ހުކުމްކޮށްފި

އިހަވަންދޫ އައިސްޕްލާންޓްގައި ހިންގި ގަތުލު: ގާތިލު މަރަން ހުކުމްކޮށްފި

ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މަރާލި އިސްމާއިލް އުމަރު (އިއްސެ) ގެ މަރުގެ މައްސަލާގައި އޭނާގެ ގާތިލް މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. 2017 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ ޅ. ހިންނަވަރަށް ނިސްބަތްވާ އިސްމާއިލް މަރާލީ އޭނާއާ އެކު އައިސްޕްލާންޓްގައިި މަސައްކަތްކުރި ބަންގްލަދޭޝްގެ ސުމޮން މިއާ އެވެ. ސުމޮން ވަނީ ކޯޓުގައި ކުރިން އެކަމަށް އެއްބަސްވެފަ އެވެ. ފަހުން އޭނާ ބުނަމުންދަނީ ފުލުހުން އޭނާއަށް ބިރުދެއްކުމުން އެއްބަސްވީ ކަމަށެވެ. ކްރިމިނަލް ކޯޓުން […]

ހުސައިން ހަބީބް
ކިންގްސް ކުންފުނިން ބީއެމްއެލް އަށް ދައުވާކޮށްފި

ކިންގްސް ކުންފުނިން ބީއެމްއެލް އަށް ދައުވާކޮށްފި

މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ “ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް” އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ދެކޮޅަށް ކޯޓަށް މައްސަލަ ވައްދައިފިއެވެ. އެ ކުންފުނީގެ އެކައުންޓް ބީއެމްއެލް އިން ފްރީޒް ކޮށްފައިވާއިރު އެ ކުންފުނިން ވަނީ އެ ގޮތަށް ބީއެމްއެލްއިން އަމަލުކުރި ސަބަބު ނާންގާ ކަމަށް ކުރިން ބުނެފައެވެ. އަދި އެ ކުންފުނިން ޕޮންޒީ ސްކީމްތަކެއް ހިންގާ ކަމުގެ ތުހުމަތު ކުރެވިފައިވާއިރު އެ ކުންފުނިން ވަނީ އެކަން ދޮގުކޮށްފައެވެ. […]

އަލީ އާދިލް
ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފި

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފި

ނޭޝަނަލް ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން 2022-2026 އިފްތިތާޙް ކޮށްފިއެވެ. މި އެކްޝަން ޕްލޭން އިފްތިތާޙް ކޮށްދެއްވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މުޖްތަމަޢުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބިދިނުމަށް މި ޕްލޭން ގައި ވަނީ ޓާގެޓްތަކެއް ކަނޑައަޅާފައެވެ. މިގޮތުން ހިމަނާފައިވާ ބައެއް ކަންތައްތަކަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލް ކުރަމުންދާ ގޮނޑިތަކުގެ އަދަދުގެ ނި...

ޝިއުނާ އާދަމް
ދައުވާ އުފުލުން ފަސޭހަކޮށްދިނުމަށް، ޕީޖީ އޮފީހާއި މެޖިސްޓްރޭޓް ކޯޓުތައް ވިއުގައަކުން ގުޅާލައިފި

ދައުވާ އުފުލުން ފަސޭހަކޮށްދިނުމަށް، ޕީޖީ އޮފީހާއި މެޖިސްޓްރޭޓް ކޯޓުތައް ވިއުގައަކުން ގުޅާލައިފި

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މެޖިސްޓްރޭޓް ކޯޓުތަކުގައި ޖިނާއީ ދައުވާ އުފުލުމަށް ކޯޓުތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވޭނެ އޮންލައިން ޕްލެޓްފޯމެއް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ގާއިމުކޮށްފިއެވެ. މި ނިޒާމަކީ ރައްކާތެރި އަދި ފަސޭހަ ނިޒާމަކުން ލިޔެކިޔުންތައް ފޮނުވޭނެ ގޮތް ހެދުމަށްޓަކައި ޑިވަލޮޕްކޮށްފައިވާ ސިސްޓަމެކެވެ. ޑީޖޭއޭއިން ބުނީ މި ސިސްޓަމް މެދުވެރިކޮށް ރާއްޖޭގެ 187 ރަށުގެ މެޖިސްޓްރޭޓް ކޯޓުތައް އިއްޔެ ގުޅާލާފައިވާ ކަމަށެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓ...

އަލީ އާދިލް
ގާފަރު ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮތް އަންހެނަކު ފެނިއްޖެ

ގާފަރު ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮތް އަންހެނަކު ފެނިއްޖެ

ކ. ގާފަރު ގެސްޓް ހައުސްއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގާފަރު ގެސްޓްހައުސްއެއްގައި އަންހެނަކު ނިޔާވެފައި އޮއްވާ ފެނިފައިވާކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓް ލިބިމާއެކު އެ ގެސްޓްހައުސްގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.

ޔުމްނާ ޢަލީ
ރާއްޖެ ގެނައި ގަސްކާނާގެ ތެރެއިން މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ ގެނައި ގަސްކާނާގެ ތެރެއިން މަސްތުވާތަކެތި އަތުލައިގެންފި

އިންޑިއާ މަގުން ރާއްޖެ ގެނައި ގަސް ކާނާ ޝިޕްމަންޓެއްގެ ތެރެއިން 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. މިތަކެތި އަތުލައިގަނެފައިވަނީ، އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ ގެނެސްފައިވާ އެއާ ކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން އިއްޔެ މި ޝިޕްމަންޓް އިތުރަށް ބަލާފާސްކުރުމުގެތެރޭގައެވެ. ކަސްޓަމުން ވިދާޅުވީ، ބަލާފާސްކުރި ޝިޕްމަންޓް ކަސްޓަމްސްއަށް ޑިކްލެއަރ ކޮށްފައިވަނީ “އޯގަނިކް ފާރޓިލައިޒަރ” ގެ ގޮތުގައިކަމަށެވެ. އަދި މިޝިޕްމަންޓުގައި ހުރި “އ...

ޔުމްނާ ޢަލީ
މަހްލޫފަށް ހައި ކޯޓުން ނާކާމިޔާބު: މައްސަލަ އަލުން ބަލަން އަންގައިފި

މަހްލޫފަށް ހައި ކޯޓުން ނާކާމިޔާބު: މައްސަލަ އަލުން ބަލަން އަންގައިފި

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ކްރިމިިނަލް ކޯޓުން ބޭރުކޮށްލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ބުނެ މަހްލޫފްގެ މައްޗަށް ކުރި ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މަދަނީ މިންގަނޑުން ބަލާއިރު ހެކި ނެތް ކަމަށް […]

ހުސައިން ހަބީބް
17 ކިލޯގެ މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފި

17 ކިލޯގެ މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފި

17 ކިލޯގެ މަސްތުވާތަކެއްޗާއެކު މާލޭ ސިޓީން 4 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަނަކީ، ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދިން މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެކެވެ. ފުލުހުން ވ...

ޔުމްނާ ޢަލީ
ސްރީލަންކާއާއި، ރާއްޖޭގެ ޕްރިޒަން އޮފިސަރުންނަށް މާފުށީ ޖަލުގައި ތަމްރީން ޕްރޮގްރާމެއް ފަށައިފި

ސްރީލަންކާއާއި، ރާއްޖޭގެ ޕްރިޒަން އޮފިސަރުންނަށް މާފުށީ ޖަލުގައި ތަމްރީން ޕްރޮގްރާމެއް ފަށައިފި

ސްރީ ލަންކާގެ ޕްރިޒަން އޮފިސަރުންނަށާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ޕްރިޒަން އޮފިސަރުންނަށް ޓްރޭނިންގ ޕްރޮގްރާމެއް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ. “އެކްސެލިންގ ބިޔޯންޑް އެމަރޖިންގ ޗެލެންޖަސް – ކަރެކްޝަންސް އާފްޓަރ ގްލޯބަލް ޕެންޑެމިކް” ގެ ނަމުގައި ފެށި މި ޕްރޮގްރާމަކީ ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ގްލޯބަލް މެރީޓައިމް ކްރައިމް ޕްރޮގްރާމް (ޖީއެމްސީޕީ) އިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޓްރޭނިންގެ މުއްދަތަކީ 5 ދުވަހެވެ. މި ޓްރޭނ...

ޔުމްނާ ޢަލީ
އައްމަޓީ ދޫކޮށްލައިފި، އޭނާގެ ތުހުމަތުތައް ސަރުކާރަށް

އައްމަޓީ ދޫކޮށްލައިފި، އޭނާގެ ތުހުމަތުތައް ސަރުކާރަށް

ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ކްރިމިނަލް ކޯޓުގައި ސަރުކާރުގެ މައްޗަށް މިއަދު ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ. ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އައްމަޓީގެ މައްޗަށް ކުރާ ޚިޔާނާތުގެ 42 ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި އައްމަޓީ ބުނީ ސީލައިފާއި އެޗްޑީސީއާ ދެމެދު ހެދި އެއްބަސްވުން އެޗްޑީސީން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އެކަމާ ގުޅިގެން ރައީސް އިބްރާހިމް […]

ހުސައިން ހަބީބް
މުމްބާއީ ފޯރަމްގައި ކުޅުދުއްފުށީ ގައި ފަތުރުވެރިކަމަށް ހުރި ފުރުސަތުތައް ކިޔައިދީފި

މުމްބާއީ ފޯރަމްގައި ކުޅުދުއްފުށީ ގައި ފަތުރުވެރިކަމަށް ހުރި ފުރުސަތުތައް ކިޔައިދީފި

ކުޅުދުއްފުށީ ސިޓީގައި ފަތުރުވެރިކަމަށް ހުރި ފުރުސަތުތަކާއި އެކަމަށް ހާއްސަ ކުރެވިފައިވާ ބިންތަކުގެ މައުލޫމާތު އިންޑިޔާގެ މުމްބާއީގައި ކުރިއަށްދިޔަ “މޯލްޑިވްސް ޓޫރިޒަމް އިންވެސްޓްމަންޓް އެންޑް ކަނެކްޓިވިޓީ ފޯރަމް”ގައި ބައިވެރިވި އިންވެސްޓަރުންނަށް ފޯރުކޮށްދީފިއެވެ. އެ ފޯރަމްގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން އެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޢަލީ އަޙްމަދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ފޯރަމުގައި ކުޅުދުއްފުށީ ސިޓީގައި ހުރި ފަތުރުވެރިކަމުގެ ފުރުޞަޠުތައް އިންވެސްޓަރުންނަށް އަންގައިދިނުމަށް...

ޔުމްނާ ޢަލީ