އިއްޔެ ހަވީރު ވެރިރަށް މާލޭގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން "ނޭވާ ހޮޅިއަށް" ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތް ބޭއްވި ސަރަހައްދުން ފުލުހުންނަށް އިރުޝާދު ދެމުންދިޔަ ކަމަށް ތުހުމަތުކުރެވުނު މިހާއަކީ ފުލުހުންގެ ސިއްޙީ ޚިދުމަތްދޭބައިގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފެއް ކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ އިދިކޮޅު އިހުތިޖާޖު ހިނގި ސަރަހައްދުގައި އިންޑިއާ މީހެއްކަމަށް ބެލެވޭ މީހަކު ފުލުހުންނަށް އިރުޝާދު ދީފައިވާކަމަށް ތުހުމަތުކޮށް މީސް މީޑިއާގައި ވަނީ މީހެއްގެ ފޮޓޯ ދައުރުވެފައެވެ.
މިއަދު ފުލުހުން ވިދާޅުވީ، އެމީހާއަކީ ފުލުހުންގެ ޚިދުމަތުގެ ވަޒީފާގައި ސިއްހީ ހިދުމަތް ދޭ ބަހާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއް ކަމަށެވެ.
"25 މާރޗު 2022 ގައި ބޭއްވި މުޒާހަރާގައި މުވައްޒަފު މަސައްކަތްކޮށްފައިވަނީ ފުލުހުންގެ މެޑިކަލް ޓީމާއެކުގައި. ބައެއް ނޫސްތަކުން މިމުވައްޒަފުގެ ފޮޓޯ އަދި މައުލޫމާތު ހާމަކުރި ގޮތުގެ ސަބަބުން މުވައްޒަފަށް އިންޒާރު ލިބެމުންދާކަމަށް މުވައްޒަފުގެ ފަރާތުން މައުލޫމާތު ލިބިފައިވޭ." ފުލުހުން ވިދާޅުވެފަވެއެވެ.
ނޭވާހޮޅިއަށް" ނަމުގައި އިދިކޮޅު ކޯލިޝަނުން އިއްޔެ ވެރިރަށް މާލޭގައި ބޭއްވި މި އެއްވުން ކުރިއަށް ގެންގޮސްފައި ވަނީ، އެ އެއްވުން ކުރިއަށް ނުގެންދިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގާފައި ވަނިކޮށެވެ. މި އެއްވުމުން 11 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!