ދިވެހި ސަރުކާރާއި، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ސަރުކާރާ ދެމެދު މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި އެއްބަސްވުމަކީ، ދޭދޭ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވާފަދަ މުހިންމު އެއްބަސްވުމެކެވެ.

Ad
rt

މި އެއްބަސްވުމަކީ ގަވަރމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުން އޮތީ ވަރލްޑް ގަވަރމަންޓް ސަމިޓް 2022 ގެ ހަވާސާގައެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. އަދި ޔޫ.އޭ.އީ ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ކެބިނެޓް އެފެއާޒް މުޙައްމަދު އަލް ގެރާވީ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔޫ.އޭ.އީ އަށް މިހާރު ކުރަށްވަމުންދާ ރަސްމީ ދަތުރުފުޅުގައި ވަނީ އެ ގައުމުގައި ބޭއްވި ބޭއްވި ވަރލްޑް ގަވަރންމަންޓް ސަމިޓްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.