"ސެލްމޮނެއްލާ" ޖަރާސީމުން ތަޣައްޔަރުވެފައިވާ ބައެއް އުފެއްދުންތައް ވިއްކާތީ ސަމާލުވާން އެދެފި
“ސެލްމޮނެއްލާ” ޖަރާސީމުން ތަޣައްޔަރުވެފައިވާ ބައެއް އުފެއްދުންތައް ރާއްޖޭގައި ވިއްކައި، ބޭނުންކުރަމުންދާތީ އެކަމަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްއެފްޑީއޭ) އިން އެދިއްޖެއެވެ. އެފްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ސެލްމޮނެއްލާއިން ތަޣައްޔަރުވެފައިވާ އުފެއްދުމެއް ކަމަށްވާ “ވޭސްޓެޖަން ސްޕައިސެސް އެންޑް ސޯސެސް ބީވީ” ބްރޭންޑުގެ “ހާބަލް މިކްސް” ރާއްޖެއަށް އެތެރެވެފައިވާކަން އެ އޮތޯރިޓީއަށް ޔޫރަޕިއަން ޔޫނިއަންގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެ...