އެމްޑީޕީ އެތެރޭގެ އިންތިޚާބު: ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަވީރާއި ހަމައަށް
މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަވީރާއި ހަމައަށް އެ ޕާޓީގެ މެންބަރުންނަށް ހުޅުވާލައިފިއެވެ. އެމްޑީޕީން ބުނީ އެ އިންތިޚާބުގެ ޝަކުވާ ހުށަހެޅުއްވުމަށް ހަމަޖެހިފައިވަނީ، ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު elections@mdp.org.mv އަށް އީމެއިލް ކުރައްވައިގެން ނުވަތަ އެމްޑީޕީ ސެކްރެޓޭރިއެޓުގެ ފުރަތަމަ ފަންގިފިލާއަށް ޝަކުވާ ފޯމުގެ...