މިއަދު ކުރިއަށް ގެންދަން ނިންމާފައިވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.
މި އިންތިޚާބުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްއާއި، ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު ވެސް މިހާރު ވަނީ ވޯޓު ލައްވާފައެވެ.
އަދި ޗެއާޕާސަން އިންތިޚާބަށްގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ވެސް މިހާރު ވަނީ ވޯޓު ލައްވާފައެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު، އެތެރޭގެ އިންތިޚާބު 2022 ގައި ވޯޓުލައްވައިފި#އެމްޑީޕީގެއެތެރޭގެއިންތިޚާބު2022 pic.twitter.com/L1pFuyKEyP
— MDP Secretariat (@MDPSecretariat) May 14, 2022
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބޭ އެޕާޓީގެ މެންބަރުންގެ އަދަދު 94،000 އަށް ވުރެ ގިނައެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސާ ހޮވުމަށް 41،027 މެމްބަރުންނަށް ވޯޓުލެވެއެވެ. ޒުވާނުންގެ ހިތްވަރުގެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް 32،057 މެމްބަރުންނަށް ވޯޓު ލެވެއެވެ.
ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެތެރޭގެ އިންތިޚާބު 2022 ގައި ވޯޓުލައްވައިފި#އެމްޑީޕީގެއެތެރޭގެއިންތިޚާބު2022 pic.twitter.com/j2jjCj0SFe
— MDP Secretariat (@MDPSecretariat) May 14, 2022
މި އިންތިޚާބު ކުރިއަށް ގެންދަން އެ ޕާޓީން ނިންމާފައި ވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!