މާދަމާ އޮންނަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އިންތިޚާބު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކާމިޔާބު ކުރައްވާނީ 60 އިންސައްތައިން މަތީގެ ވޯޓުން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

ޝިފާޢު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިސާބުތަށް ހެޔޮވަރަކަށް ދިރާސާކުރައްވާފައިވާ ކަމަށެވެ. އަދި
މަންޒަރު ވަރައްސާފު ކަމަށް ވެސް ވިދާޅުވިއެވެ.

Ad
rt

"60% އަށްވުރެމަތީން މިއިންތިހާބު ފައްޔާޒު އިސްމަޢީލް ކާމިޔާބު ކުރާނެ. އުއްމީދީ ރަނގަޅު ފާލެއް،" ޝިފާޢު ވިދާޅުވެފައި ވެއެވެ.

ޝިފާޢު ވިދާޅުވީ، އެއީ އެމްޑީޕީއަށް ވެސް އެއްމެ ރަގަޅުގޮތް ކަމަށެވެ.

"މިކާމިޔާބީގެ ފޯރީގައި އިރާދުކުރެއްވިއްޔާ 2023 އަޅުގަނޑުމެނަށް ކާމިޔާބުވާނެ" ޝިފާޢު ވިދާޅުވިއެވެ.

މާދަމާ އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ކުރިއަށް ގެންދަން އެ ޕާޓީން ނިންމާފައި ވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

މި އިންތިޚާބުގެ ކެމްޕޭނަކީ މިހާތަނަށް ރާއްޖެގައި ސިޔާސީ ޕާޓީއަކުން ނުހިންގާވަރުގެ ވަރުގަދަ ވާދަވެރި، ކެމްޕޭނެކެވެ.