ވިލިމާލެ ބައި އިލެކްޝަން: ދެ ވޯޓު ކަަރުދާސްކޮޅު ޗެކް ކުރުމުން ވެސް ނަތީޖާއަށް ބަދަލެއްނައި
ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި- އިލެކްޝަނާއިގުޅިގެން ހުށަހެޅި ޝަކުވާތަކާއި ގުޅިގެން ދެ ވޯޓު ކަރުދާސްކޮޅެއް އަލުން ޗެކް ކުރުމުން ވެސް ނަތީޖާއަށް ބަދަލު ނާންނަކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން ނިންމަފި އެވެ. އެ އިންތިޚާބާއި ގުޅިގެން ޝަކުވާ ހުށަހެޅީ އެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓު އާމިނަތު ޝީޒާ ނިސްބަތްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިންނެވެ. އީސީން ޢިއުލާންކުރި ވަގުތީ ނަތީޖާގައި ވާގޮތުން އެއް ވޯޓުގެ ތަފާތުން […]