މަސްތުގެ ހާލުގައި ހުރެ ޖިންސީ ގުނަވަން ދެއްކި ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި، ބިދޭސީއަކު މަސްތުގެ ހާލުގައި ހުރެ ޖިންސީ ގުނަވަން ދެއްކި މައްސަލައެއް ރޭ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

އެ ބިދޭސީ މީހާ ހިންގި މި ޢަމަލުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައި ވަނީ ރޭގެ 21:57 ހާއިރު އެވެ.

"އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާ ފިރިހެނެއް" ފުލުހުން ވިދާޅުވެފައިވެއެވެ.

އެ މައްސަލަ ބަލައްވަމުން ގެންދަވާ ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައެވެ.