މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 765 ވަނަ ޞަފްޙާ

ސަޢޫދީން ހަދިޔާ ކުރެއްވި ކަދުރު ރަސްމީކޮށް ހަވާލުކުރައްވައިފި

ސަޢޫދީން ހަދިޔާ ކުރެއްވި ކަދުރު ރަސްމީކޮށް ހަވާލުކުރައްވައިފި

ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރައްވާފައިވާ 50 ޓަނުގެ ކަދުރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ރަސްމީކޮށް ހަވާލުކުރައްވައިފިއެވެ. ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރގެ ވަފުދެއް ރާއްޖެ ވަޑައިގެން މިކަމަށްޓަކައި މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކަދުރު ހަވާލު ކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރިކް އައްދައުސަރީ އެވެ. ކަދުރާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ...

އަލީ އާދިލް
ކުރީގެ ފިރިމީހާ މެރުމުގެ ކުރިން ނަޒާހާ މެސެޖެއް: "މަރުވާން ވެސް އުޅޭ އެއްޗެއް ނޫން،"

ކުރީގެ ފިރިމީހާ މެރުމުގެ ކުރިން ނަޒާހާ މެސެޖެއް: "މަރުވާން ވެސް އުޅޭ އެއްޗެއް ނޫން،"

ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި ޖަލަށްލި މަރިޔަމް ނަޒާހާ އެ އަމަލު ހިންގުމުގެ ކުރިން އޭނާއަށް ފޮނުވި މެސެޖެއް ދައުލަތުން ސުޕްރީމް ކޯޓުގައި އާންމުކޮށްފި އެވެ. 2010 ވަނަ އަހަރު ނަޒާހާ ވަޅިއަކުން ހަމަލާދީ މަރާލި އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދެވެ. އެ މައްސަލާގައި ނަޒާހާ އުމުރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ ނަޒާހާ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އިއްޔެ ބޭއްވި އަޑުއެހުމުގައި ނަޒާހާއާ ދެކޮޅަށް […]

ހުސައިން ހަބީބް
ލަމްހާއަށް ޖަލުގައި ބެޑްރެސްޓް ނުކުރެވޭތީ ޝަކުވާ

ލަމްހާއަށް ޖަލުގައި ބެޑްރެސްޓް ނުކުރެވޭތީ ޝަކުވާ

ނަރުސް މީހާގެ މަރުގެ ދައުވާލިބޭ ހަލީމަތު ލަމްހާއަށް ޖަލުގައި ބެޑްރެސްޓް ނުކުރެވޭތީ އެކަމުގެ ޝަކުވާ އޭނާގެ ފަރާތުން ކޯޓާއި ޕީޖީ އާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފި އެވެ. ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ ފިރިމީހާ މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން މޭރީ މަރާލި ކަމަށް ބުނެ ލަމްހާއަށް ކުރަ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމުގައި، ޖަލުގައި ބެޑްރެސްޓް ނުކުރެވޭތީ އާއި އެހީވާނެ މީހަކު ނުހުންނާތީ އެކަމުގެ ޝަކުވާ ލަމްހާގެ ވަކީލުން ކުރި އެވެ. […]

ހުސައިން ހަބީބް
ޑެޕިއުޓީ ޕީޖީއަކަށް ސަމީރު އައްޔަނުކޮށްފި

ޑެޕިއުޓީ ޕީޖީއަކަށް ސަމީރު އައްޔަނުކޮށްފި

ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢަލީ ސަމީރު އައްޔަންކުރައްވައިފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވިގޮތުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢަލީ ސަމީރު ވަނީ އައްޔަންކުރައްވާފައެވެ. ހދ. ނައިވަދޫއަށް ނިސްބަތްވާ ފަނޑިޔާރު ސަމީރު ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުއެވެ. ސަމީރު ވަނީ ހ...

ޔުމްނާ ޢަލީ
ހޯރަފުށީގައި ގެސްޓްހައުސް އަޅަން ދޫކުރި 3 ބިމެއްގައި މަސައްކަތް ފަށައިފި

ހޯރަފުށީގައި ގެސްޓްހައުސް އަޅަން ދޫކުރި 3 ބިމެއްގައި މަސައްކަތް ފަށައިފި

ހއ. ހޯރަފުށީގައި ގެސްޓްހައުސް ތަރައްގީކުރަން ދޫކުރި ބިންތަކުގެ ތެރެއިން 3 ބިމެއްގައި މަސައްކަތް ފަށައިފިއެވެ. އެ ރަށުގައި ގެސްޓްހައުސް ތަރައްގީ ކުރަން ދޫކޮށްފައި ވަނީ 7 ބިމެކެވެ. އެ ބިންތައް ދޫކޮށް، ބިންތައް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެއީ 3000 އަކަފޫޓާއި، 4000 އަކަފޫޓްގެ ބިންތަކެކެވެ. ހޯރަފުށީ ކައުންސިލުން ވިދާޅުވީ އެ ބިންތަކުންކުރެ 3 ބިމެއްގައި އިއްޔެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އިއްޔެ އަކީ […]

ޔުމްނާ ޢަލީ
ފެހެންދޫ ފަޅުގައި އަލިފާނުގެ ހާދިސާއެއް، ބޯޓަކާއި ލޯންޗެއް އަޅިއަށް

ފެހެންދޫ ފަޅުގައި އަލިފާނުގެ ހާދިސާއެއް، ބޯޓަކާއި ލޯންޗެއް އަޅިއަށް

ބ. ފެހެންދޫ ފަޅުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މިހާދިސާގައި މުދާ އުފުލާ ބޯޓަކާއި ލޯންޗެއް ވަނީ އަނދާ އަޅިއަށްވެފަ އެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިހާދިސާ ހިނގާފައިވަނީ މިރޭ 1:25 ހާއިރު ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށެވެ. އަލިފާން ރޯވި އިރު ދެ އުޅަނދުގައިވެސް މީހަކު ނެތްކަމަށެވެ. މިހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ގިނަ އުޅަނދުތަކެއްވަނީ އަޅާފަ އެވެ. ނަމަވެސް ރޯވެ އަނދަން ފެށުމުން އެ އުޅަނދުތައްވަ އެހެން ސަރަހައްދަކަށް […]

އަލީ އާދިލް
ގޫގުލް ޓްރާންސްލޭޓަރ އިން “ދިވެހި ބަސް“ ދަސްކޮށްފި

ގޫގުލް ޓްރާންސްލޭޓަރ އިން “ދިވެހި ބަސް“ ދަސްކޮށްފި

ގޫގުލް ޓްރާންސްލޭޓަރ އިން އަލަށް ދަސްކުރި 24 ބަހުގެ ތެރޭގައި “ދިވެހި ބަސް” ހިމެނިއްޖެ އެވެ. ގޫގުލް ޓްރާންސްލޭޓަރ ޓޫލްއަށް ދިވެހި ބަސް އިތުރުކޮށްފައިވާކަމަށް ގޫގުލްއިން އިޢުލާންކޮށްފައިވަނީ އައިއޯ 2022 ޑިވެލޮޕާރ ކޮންފަރެންސްގަ އެވެ. ގޫގުލް އިން ބުނެފައިވަނީ އަލަށް އިތުރުކުރި 24 ބަހުން ވާހަކަ ދައްކާ 300 މިލިޔަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭކަމަށެވެ. ދިވެހި ބަސް ބޭނުން ކުރާކަމަށް ގޫގުލް އިން ލަފާކުރާ އަދަދަކީ 3 ލައްކަ މީހުންނެވެ. އަލަށް އިތުރުކުރި 24 ބަހާއި […]

އިބްރާހިމް އަސްވާޤް
ކުރިއަށް ދާނީ ސަރުކާރާއެކު، ޕާޓީ ހިންގާނީ އާންމު މެންބަރުން ބައިވެރިކޮށްގެން: ފަޔާ

ކުރިއަށް ދާނީ ސަރުކާރާއެކު، ޕާޓީ ހިންގާނީ އާންމު މެންބަރުން ބައިވެރިކޮށްގެން: ފަޔާ

ރައީސުލްޖުމްޙޫރިއްޔާއާއި، ސަރުކާރުންނާއި އަދި މެންބަރުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ކުރިއަށް ދާނީ ސަރުކާރާއެކު ކަމަށާއި އަދި ޕާޓީ ހިންގާނީ އާންމު މެންބަރުން ބައިވެރިކޮށްގެން ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ވިދާޅުވެއްޖެއެވެ. ފަޔާ މިހެން ވިދާޅުވީ، ރާއްޖޭގެ އަމިއްލަ ޓީވީ ޗެނަލެއްކަމަށްވާ ރާއްޖެ ޓީވީއިން މިރޭ ކުރިއަށްގެންދިޔަ “ޗެއަރޕާސަން ބަހުސް 2022″ގައި އަންނަ 2023 ވަނ...

ތިލަދުން
މުޅި ރާއްޖެއަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ: މެޓް

މުޅި ރާއްޖެއަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ: މެޓް

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ހުދު ސަމާލުގެ ވަގުތު މިރޭ 23:00 އާއި ހަމަ އަށް އިތުރުކޮށްފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 17:00 އިން ފެށިގެން މިރޭ 23:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 19 މޭލާއި 24 […]

އިބްރާހިމް އަސްވާޤް
ދިވެހި ބަހަކީ ނިޢުމަތެއް، ދިވެހި ވަންތަ ކަމުގެ ރަމްޒެއް: ޔުމްނާ

ދިވެހި ބަހަކީ ނިޢުމަތެއް، ދިވެހި ވަންތަ ކަމުގެ ރަމްޒެއް: ޔުމްނާ

ދިވެހި ބަހަކީ ލިބިފައިވާ ވަރަށް ބޮޑު ނިޢުމަތެއް އަދި ދިވެހި ވަންތަ ކަމުގެ ރަމްޒެއްކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރޭ ކުރިއަށް ދިޔަ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތް ފެށުމާއި، ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ރަސްމީ ޖަލްސާގައެވެ. ޔުމްނާ ވިދާޅުވީ، ދިވެހި ބަހަކީ ލިބިފައިވާ ވަރަށް ބޮޑު ނިޢުމަތެއް، ޚާއްޞަ ސިފައެއް ކަމަށެވެ. އަދި އެއީ ދިވެހި ވަންތަ ކަމުގެ ރަމްޒެއް ކަމަށާއި، ދިވެހިންގެ […]

ޙުސައިން ޝަހުދީ
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހޯދަން އިޢުލާންކުރި ބިޝާރު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހޯދަން އިޢުލާންކުރި ބިޝާރު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދަން އިޢުލާންކުރި ކ. މާލެ / ގ. ތަބުރުގެ، މުޙައްމަދު ބިޝާރު އިސްމާޢީލް (41އ) ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލުމުން އަލުން ހައްޔަރުކުރުމަށް ހޯދަމުންދިޔަ  މުޙައްމަދު ބިޝާރު އިސްމާޢީލް ހައްޔަރުކޮށްފައިވަނީ މިއަދު 15:33 އެހާކަންހާއިރު ގއ. ކޮލަމާފުށިންކަމަށެވެ. އޭނާ ހައްޔަރުކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަށް އާ ހާވާލުކުރުމަށް ކުރަންޖެހ...

އަލީ އާދިލް
ދީނަށް ފުރައްސާރަކުރި ކަމަށް ރުސްތުމް ކޯޓުގައި އެއްބަސްވެއްޖެ

ދީނަށް ފުރައްސާރަކުރި ކަމަށް ރުސްތުމް ކޯޓުގައި އެއްބަސްވެއްޖެ

އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ދައުވާލިބޭ މުހައްމަދު ރުސްތުމް މުޖްތަބާ އެ ކުށަށް ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ. ތިނަދޫ މީހެއް ކަމަށްވާ ރުސްތުމް ސޯޝަލް މީޑިއާގައި މާތްﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލާގައި އޭނާގެ މައްޗަށް ކުރަނީ ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ދައުވާ އެވެ. އަދި އޭނާގެ ކޮޓަރިން ފެނުނު ހާޑް ޑިސްކެއްގައި އޮރިޔާން މަންޒަރު ހިމެނޭ ތަކެތި ފެނިފައިވާތީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް ކުރެ އެވެ. ކްރިމިނަލް ކޯޓުގައި ދައުވާ އިއްވުމުން […]

ހުސައިން ހަބީބް
ޖޭއެސްސީގެ މެންބަރުކަމަށް ނިޔާޒް ޢައްޔަން ކުރައްވައިފި

ޖޭއެސްސީގެ މެންބަރުކަމަށް ނިޔާޒް ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ހދ. ވައިކަރަދޫ، ގްރީންވިލާ، އަލްއުސްތާޛު މުޙައްމަދު ނިޔާޒް މިއަދު ޢައްޔަން ކުރައްވައިފިއެވެ. ނިޔާޒް، ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ....

ޔުމްނާ ޢަލީ
ލުތުފަރުގެ މަރު: ހެކިބަސް ނެގުމުގެ މަރުހަލާ މިމަހު ނިންމާލަނީ

ލުތުފަރުގެ މަރު: ހެކިބަސް ނެގުމުގެ މަރުހަލާ މިމަހު ނިންމާލަނީ

ށ. ޅައިމަގު ބޯޓެއްގައި މަސައްކަތް ކުރަނިކޮށް މަރާލި ބަންގްލަދޭޝްގެ މީހެއް ކަމަށްވާ ލުތުފަރުގެ މަރުގެ މައްސަަލާގެ ހެކިބަސް ނެގުން މިމަހު ނިންމާލަން ހަމަޖައްސައިފި އެވެ. 2019 ވަނަ އަހަރު ބޯޓުގައި ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ކަނޑު ފެއްތިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވަކުރަނީ ބަންގްލަދޭޝްގެ ތިން މީހެއް ކަމަށްވާ އަލަމިން އާއި ނޫރުލްއިސްލާމާއި އެމްޑީ އަހްތަރުގެ މައްޗަށެވެ. ލުތުފަރުގެ ހަށިގަނޑު ފެނިފައެއް ނުވެ އެވެ. ފެނުނީ މޫދު އަޑިން ހަށިގަނޑުގެ ބައެއް ބައިތަކެވެ. އެ މައްސަލާގައި މިއ...

ހުސައިން ހަބީބް
މަސްތުވާތަކެއްޗާއެކު ރިސޯޓަކުން 3 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ރިސޯޓަކުން 3 މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު އއ. ގަައި އޮންނަ ރިސޯޓަކުން 3 މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ ރިސޯޓުން މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފައި ވަނީ ދިވެހި ތިން ފިރިހެނުން ކަމަށެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އދ. މާމިގިލީގައި މަސައްކަތްކުރާ ފުލުހުންނާއި، ފެންފުށީގައި މަސައްކަތްކުރާ ފުލުހުންނާ އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި އަދު ހިންގި އޮަޕަރޭޝަނެއް...

ޔުމްނާ ޢަލީ