‏ފާދިއްޕޮޅު އާބާދު ކުރުމަށް ޖާވާކަރަ އާއި އަލިގާ ސަރަޙައްދު ހިއްކަން ގޮވާލައިފި އެވެ.

ފާދިއްޕޮޅު އާބާދު ކުރުމަށް ޕްލޭންކޮށް ތަންފީޒު ކޮށްދެއްވުމަށް ގޮވާލެއްވީ ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ޠައްޔިބް ޝަހީމު އެވެ.

Ad
rt

ޠައްޔިބް މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ފާދިއްޕޮޅު އާބާދީގެ %85 އުޅެނީ ހިންނަވަރު، ނައިފަރު އަދި ކުރެންދޫގައި ކަމަށާއި މި 3 ރަށަކީ ބިން ބޮޑުކުރެވެން ނެތް 3 ރަށްކަމުން ފާދިއްޕޮޅުގައި ބިން ހިއްކައިގެން މީހުން އާބާދު ކުރެވެން އޮތީ ޖާވާކަރަ އާއި އަލިގާ ސަރަޙައްދު ހިއްކައިގެން ކަމުގަ އެވެ.

ޠައްޔިބް ޝަހީމް އަކީ އެއަތޮޅު ނައިފަރަށް ނިސްބަތްވާ ފަރާތެކެވެ.

ފާދިއްޕޮޅަކީ ރާއްޖޭގެ އުތުރުން 7 ވަނައަށް އޮންނަ އަތޮޅެވެ. އެއަތޮޅުގެ ރަށްތަކުގެ ޢަދަދަކީ 55 އެވެ. މީގެތެރެއިން މީހުން ދިރިއުޅެނީ 5 ރަށުގައެވެ. ލާމަރުކަޒީ އުޞޫލުން މީހުން ދިރިއުޅެން އަލަށް އާބާދުކުރާ މާފިލާފުށި ހިމެނެނީވެސް މިއަތޮޅުގައެވެ. އަދި ސިނާއީ މަސައްކަތްކުރާ ކާރުޚާނާ "ފެލިވަރު ޓޫނާ ޕްރޮސެސިންޕްލާންޓް" ހިނގަމުންދަނީ މިއަތޮޅު ފެލިވަރުގައެވެ. މީގެއިތުރުން ޓޫރިސްޓް ރިޒޯޓް ހިންގާ 10 ރަށް މިއަތޮޅުގައި އޮވެއެވެ.

އަތޮޅުގެ ރަށްތައް އުފެދިފައިވާ ގޮތަށް ބަލާއިރު އިރުމަތީ ދުނި ފެށެނީ އަލިގާ އިންނެވެ. ނިމެނީ ފެހިގިލި އަށެވެ. އަތޮޅުގެ ހުޅަނގު ދުނި ފެށެނީ ކަނިފުށިންނެވެ. ނިމެނީ ކުރެއްދޫ އަށެވެ.

މިއަތޮޅުގައި އާމްދަނީހޯދުމަށް ގިނަ ބަޔަކު ކުރާ މަސައްކަތަކީ މަސްވެރިކަމާއި، ވިޔަފާރިކުރުމާއި، ވަޒީފާ އަދާކުރުމެވެ.