ވަކި މީހެއްގެ ފައިދާއަށްޓަކައި މުޒާހަރާތަށް އެބަކުރޭ، ޤައުމު ދާޚިލީ ހަމަނުޖެހުމެއް ތެރެއަށް ވައްޓާލަން ފުރުސަތެއް ނުދޭނަން: ނާޒިމް
ވަކި މީހެއްގެ ފައިދާއަށްޓަކައި މާލޭގެ މަގުތަކުގައި މުޒާހަރާތަށް ކުރަމުންދާ ކަމަށާއި، ޤައުމު ދާޚިލީ ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލަން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ފުރުޞަޠު ނުދޭނެކަމަށް އެ ޕާޓީން ބުނެފިއެވެ. އެމްއެންޕީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ރައީސް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވީ، ދިވެހި ރާއްޖޭގެ ދާޚިލީ ހަމަޖެހުން އޮތުމަކީ އެޕާޓީން ވަރަށް އެދޭކަމެއް ކަމަށެވެ. ނާޒިމް ވިދާޅުވީ،...