މިދިޔަ ހަފްތާގައި ހަތަރު ސަތޭކަ އަށްވުރެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވް ވަމުންދާ ރޭޓް އިތުރުވަމުން ދާތީ އިންޒާރު ކުރައްވަމުން އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ހަފްތާގައި 205 މީހުން ވަނީ އެ ބަށްޔަށް ޕޮޒިޓިވް ވެފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭން ޕޮޒިޓިވް ވެފައިވާ 231 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވެފައިވާ 95 […]
ސަނިއްޔާ އަބޫބަކުރު
ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިއަދު މާލޭގެ ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް، ބަޔަކު ދަނޑަށް ވަދެ އެ ހަރަކާތް ހުއްޓުވާފައިވަނިކޮށް، އެ މައްސަލައާއި ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނެޝަނަލް ސްޓޭޑިއަމް ކައިރީ މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ދިވެހި ހަ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ...
ޔުމްނާ ޢަލީ
މޯލްޑިވްސް ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް ހަމަޖައްސަވައިފިއެވެ. ޕެންޝަނާ ބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލް ޖުމްހޫރިއްޔާ ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމަށް ޑރ. އިނާޒް ޢައްޔަނު ކުރައްވާފައި މިވަނީ އެ ޤާނޫނުގައި ބުނާ ފަދައިން ސިވިލް ސާވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާއި ސޯޝަލް ސެކިއުރީގެ ކަންތައްތައް ބަލަަހައްޓަވާ ވުޒާރާ ގުޅިގެން އުފެއްދި ސިލެކްޝަން ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާ ނަން ތަކުގެ ތެރެއިންނެވެ....
ސަނިއްޔާ އަބޫބަކުރު
ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ “ރ.ޓޫރިޒަމް އެކްސްޕޯ 2022″ގެ ތެރެއިން މޫދު ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި އެކްސްޕޯއަކީ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީއާ ރ. އަތޮޅު ކައުންސިލު ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. “ރ. ޓޫރިޒަމް އެކްސްޕޯ 2022” ގެ ނަމުގައި ކުރިޔަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރެއިން އެންމެ ޝައުޤުވެރި އެއް ޙަރަކާތް ކަމަށްވާ މޫދު ކުޅިވަރުގެ ބައި ކުރިއަށް ގެންގޮސްފައި ވަނީ ހޮނިހިރު ދުވަހު ރ އަތޮޅު […]
ސަނިއްޔާ އަބޫބަކުރު
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުކަމުގެ މަޤާމުގައި ހުންނަ ވަނިކޮށް މަޤާމުންވަކި ކޮށްފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޟު އަބްދުއްލަތީފް މަޤާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ. އަންހެނުން ހިތާނު ކުރުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ވިދާޅުވި ވާހަކަތަކާ ގުޅިގެން އާންމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ކަމަށް ބުނެ އެމްއެންޔޫގެ ވަޒީފާއިން ޑރ. އިޔާޟު ވަކިކ...
ސަނިއްޔާ އަބޫބަކުރު
ނ. ލަންދޫގައި ދެ ރުއް ދޭތެރޭ ފިތިގެން ބިދޭސީއަކު ނިޔާވެއްޖެއެވެ. މިހާދިސާ ހިނގާފައި ވަނީ ލަންދޫގައި ލޭންޑިން ކްރާފްޓަކަށް ރުއްތަކެއް އަރުވަން އުޅުމުގެ ތެރޭގައެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ، ލަންދޫގައި ލޭންޑިން ކްރާފްޓަކަށް ރުއްތަކެއް އަރުވަން އުޅުމުގެ ތެރޭގައި، ދެ ރުއް ދޭތެރޭ ބިދޭސީއަކު ފިތިފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް މިއަދު ހަވީރު 16:15 ހާއިރު ލިބުނު ކަމަށެވެ. “ހެލްތު ސެންޓަރަށް އެމީހާ ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ” ފު...
ތިލަދުން
ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މީހަކު މަރާލި މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ގާތިލު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ޖޫން، 2017 ގައި އިހަވަންދޫ އައިސްޕްލާންޓްގައި ޅ. ހިންނަވަރު، އިސްމާއިލް އުމަރު (އިއްސެ) މަރާލީ އެތަނުގައި އޭނާއާ އެކު މަސައްކަތްކުރި ބިދޭސީއެއް ކަމަށްވާ ސުމޮން މިއާ އެވެ. ދެ މީހުންގެ ދެމެދުގައި އޮތް ރުޅިވެރިކަމެއްގެ ސަބަބުން ތޫނުއެއްޗަކުން ހަމަލާދީ އިއްސެ މަރާލި މައްސަލާގައި ސުމޮން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މާޗް […]
ހުސައިން ހަބީބް
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުން ބާ ކައުންސިލާއި މަތިކޮށްފައިވާ ޒިންމާގެ ދަށުން އެ ކައުންސިލުން ބާއްވާ ފުރަތަމަ ބާ އިމްތިހާންގެ ތާވަލަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ބާ ކައުންސިލުން ނިންމައިފި އެވެ. އެކަން ހާމަކޮށް އެ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ބާ އިމްތިހާނު ފަރުމާކުރުމަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި މާލީ އަދި އިދާރީ ގޮތުން އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް […]
ޔުމްނާ ޢަލީ
ސްޓެލްކޯ އިން އަދާކުރަމުންދާ ބޮޑު ޒިންމާ އަދާކުރުމުގެ ފަހަތުގައި އޮތީ ވަރަށް ހީވާގި މަސައްކަތްތެރި ޓީމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކަރަންޓުގެ ޚިދުމަތަކީ، ސާފުވައި ބޭނުންވާ ފަދައިން އަސާސީ ޚިދުމަތެއް ކަން ފާހަގަ ކުރަށްވައި، އަދި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ނުލިބި އުޅުމަކީ މިއަދު ދަތިކަމެއް ކަމެއްކަމަށް ވެސް […]
ސަނިއްޔާ އަބޫބަކުރު
ޖަޕާނުގެ ޓޯކްޔޯގައި ކުރިއަށްދިޔަ “ޕެސިފިކް އެމްފިބިއަސް ލީޑަރސް ސިމްޕޯޒިއަމް” ގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. މި ސިމްޕޯޒިއަމްއަކީ، ޖަޕާނުގެ ގްރައުންޑް ސެލްފް ޑިފެންސް ފޯސް އަދި ޔޫއެސް މެރިން ކޯރ ފޯސަސް، ޕެސިފިކްއިން ގުޅިގެން ޖޫން މަހުގެ 13 އިން 16 އަށް ކުރިއަށް ގެންދިޔަ ސިމްޕޯޒިއަމް އެކެވެ. މި މި ސިމްޕޯޒިއަމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ އިންޑޯ ޕެސިޕިކު ސަރަހައްދުގެ މަސްލަހަތާއި ސުލްހަ […]
ޔުމްނާ ޢަލީ
ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު ބޮޑުވުވުމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ފިޔަވަޅު އަޅަން ފަށައިފިއެވެ. މިގޮތުން ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއަކަށް މާދަމާއިން ފެށިގެން ޢަމަލު ކުރަން އަންގަވާފައި ވާއިރު، ލޯކަލް ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން މުއައްސަސާތަކުން މި ފިޔަވަޅުތައް ތަންފީޒު ކުރަން ޖެހެއެވެ. މި ސާކިއުލާގައި ވަނީ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުހޯދައި އެއްވެސް ޕްރޮމޯޝަނެއް ނުދިނުމާއި، ރަސްމީ ގަޑިން ބޭރުން ކޮންމެހެން ކ...
ސަނިއްޔާ އަބޫބަކުރު
ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތްތައް ފުޅާކޮށް، ބޭރުގެ ޤައުމުތަކަށް ދަތުރުކުރުމަށް ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް އިތުރު 17 ގައުމަކާއެކު ވިސާ ވެއިވަރ އެއްބަސްވުން ގާއިމްކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދަށުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އިތުރު 5 ޤައުމަކާއެކު ވިސާ ވެއިވަރ އެއްބަސްވުން ޤާއިިމްކުރެވި، މިހާރު ޖުމްލަ 88 ޤައުމަކަށް، ކުރިން ވިސާ ހޯދުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ ކަމަށް ބުނެއެވ...
ޝިއުނާ އާދަމް
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކުރި މީހާގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނަގައިފި އެވެ. އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ނެގީ ފުލުހުންގެ ފަރާތުން ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓް […]
ހުސައިން ހަބީބް
ސަރުކާރުގެ އަމާޒަކީ ހެލްތު ސެންޓަރުތަކުގެ ބަޖެޓު އެ ސެންޓަރަކުން މެނޭކުރެވޭގޮތަށް ބަދަލުކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ނ. އަތޮޅު ހޮޅުދޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ޞިއްޙީ ދާއިރާގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިންވަނީ މި ސަރުކާރުން ޞިއްޙީ ދާއިރާއަށް ގެންނެވި ހ...
ޝިއުނާ އާދަމް
ނ. އަތޮޅު ހޮޅުދޫގެ ތަރައްގީ އަށް މިސަރުކާރުން ރާވާފައިވާ ގިނަ މަޝްރޫއުތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފިއެވެ. ނ. ހޮޅުދޫ މޭނާ ސްކޫލުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެރަށުގެ ސްކޫލް އިތުރަށް ތަރައްގީކުރުމަށް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ދެ ކެމްޕަހެއްގައި ސްކޫލުގެ ކިޔެވުން ކުރިޔަށް ގެންދިއުމުގައި ކުރިމަތިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން މިހާރު ހުރި އައު ކެމްޕަސްގެ ކައިރީ...
ޝިއުނާ އާދަމް