“އާންމު ރައްޔިތުންގެ ޕާޓީ”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިން ހުއްދަ ބަތިލުކޮށްފިއެވެ. އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައި ވަނީ ސ. ހިތަދޫ ކަނަދޫގެ އަހުމަދު ސައީދަށެވެ. އޭނާ އަށް އީސީން އެ ހުއްދަ ދިނީ މިދިޔަ އަހަރުގެ ފެބްރުއަރީ 20 ވަނަ ދުވަހުއެވެ. އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު މިއަދު ވިދަޅުވީ، އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި އީސީން […]
ޔުމްނާ ޢަލީ
މާލޭގެ ގޯއްޗެއްގައި ހުރި މުރަނގަފަތް ގަހަކުން ވަގަށް މުރަނގަ ފަތް ބިން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފައިވާ މީހާ އަދިވެސް ނުފެންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. މިކަމާއި ގުޅޭގޮތުން ފުލުހުން “ތިލަދުން” އަށް ވިދާޅުވީ، ތަކުރާރުކޮށް ވަގަށް މުރަނގަފަތް ބިންނަ މީހާ އަދިވެސް ހައްޔަރު ނުކުރެވޭ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަކަމަށެވެ. ބަނޑޭރިކޮށި ގޯއްޗެއްގައި ހުރި ގަހަކުން މަގުމައްޗާވީ ފަޅުން ފަތް ބިންނަ ވީޑިއޯ އާންމުކޮށް، އެމީހާ ހޯދުމަށް […]
އަލީ އާދިލް
މައްސަލަ ބޮޑުވެފައިވާ ބާ އިމްތިހާން އެންމެ ފަހުން ފަސްކޮށްފިއެވެ. ގާނޫނީ ވަކީލުކަން ކުރުމަށް ލައިސަންސް ނުވަތަ ހުއްދަ ހޯދުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ބާ އިމްތިހާން ފަސްކުރަން ނިންމިކަން އިޢުލާން ކުރެއްވުމަށް ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ކުރިން ނިންމާފައިވާ ބާ އިމްތިހާން އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަށް ފަސްކުރަން ނިންމާފައިވާ ކަމަށެވެ. ބާ ކައުންސިލުން ބުނީ މި މަހުގެ 25 ވަނަ ދުވަހު އިމްތިހާން ހެދުމަށް […]
ސަނިއްޔާ އަބޫބަކުރު
މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ އިވެންޓުގައި ބޭރު ގައުމުތަކުގެ ބައެއް އިސް ފަރާތްތަކާއި ގިނަ ދިވެހިންތަކެއް ވެސް ބައިވެރިވި އިރު އެ ހަރަކާތުގައި އެކަށީގެންވާ ސެކިއުރިޓީ ފޯރުކޮށްދީފައި ނުވާތީ މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ސްޓޭޑިއަމްގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަނީ ވަދެގަނެ ހަމަނުޖެހުން ހިންގާފައެވެ. ޝަހަދަތުގެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ވަދެ އެތަނުގައި ހަޅޭއްލަވާ އެތަނުގައި ތި...
ޝިއުނާ އާދަމް
ގިނަބަޔަކު އެއްވެ އުޅޭ ތަންތަނުގައި މާސްކް އަޅަން އެޗްޕީއޭއިން އިލްތިމާސް ކޮށްފި އެވެ. ކޯވިޑް ކޭސްތައް އިތުރުވަމުން ދާތީވެ، އާންމުން އެންމެ ގިނައިން އެއްވެ އުޅޭ ތަންތަނުގައި މާސްކް އަޅައިގެން އުޅުމަށް އިލްތިމާސްކޮށް ނެރުނު ބަޔާނެއްގައި އެޗްޕީއޭއިން ވިދާޅުވީ މިދިޔަ ހަފްތާގައިި ރާއްޖޭން 400 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ މި މަހުގެ ދެވަނަ ހަފްތާއަށް ވުރެ ތިންވަނަ ހަފްތާގައި ރާއްޖޭގައި ކޯވިޑް ކޭސްތައް 185 ޕަސެންޓު […]
ސަނިއްޔާ އަބޫބަކުރު
ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި ސިޔާސީ މަގްސަދުގައި ބޭނުން ކުރާތީ ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ. އެމިނިސްޓްރީން މިހެން ވިދާޅުވީ މިއަދު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ދައުލަތުގެ އިސްވެރިންނާއި ދިވެހިރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން ބައިވެރިވެ ވަޑައިގެން ކުރިޔަށް ގެންދިޔަ ހަރަކާތަށް އަމާޒުކޮށް، މުންކަރާތް ނަޙީކުރުމުގެ ނަމުގައި ހިންގާފައިވާ ކަންތައްތަކަކީ ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ އަމަލު ތަކެއް ކަމަށް ބުނެ އިސްލާމ...
ސަނިއްޔާ އަބޫބަކުރު
މިއަދު ހެނދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިޔަށްގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސް އަޅާ ހަމަނުޖެހުން ހިންގި މައްސަލަ ބަލާ ފިޔަވަޅު އަޅަން، ވަޒީރުންގެ މަޖިލީހުގެ ސަބްކޮމެޓީއެއް އެކުލަވާލައިފި އެވެ. ރައީސް އޮފީހުން ވިދާޅުވީ، މިހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭފުޅުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ބަޔަކު ވަދެގެން، ބައެއް މީހުންނަށް ޙަމަލާދީ، ތަކެއްޗަށް ގެއްލުންދީ ހިންގި ކަންކަން ވަޒީރުންގެ މަޖިލީހުން ކުށްވެރިކުރައްވާކަމަށެވެ. މިކަން ކުށްވެރިކުރައްވާފައި ވަނީ މިއަދު ބ...
އަލީ އާދިލް
މިއަދު ހެނދުނު ގަލޮޅު ސްޓޭޑިއަމްގައި ހިންގި ހަމަނުޖެހުމުގައި ޕީޕިއެމްގެ އަތެއް ވާކަން ސާބިތުވެއްޖެ ނަމަ އެ ޕާޓީއަށް ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީ އިން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ޔޫތު، އޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓުން، ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހެނދުނު ކުރިޔށް ގެންދިޔަ ޙަރަކާތަށް ހުރަސްއަޅައި އެ ޙަރަކާތުގައި ބައިވެރިވި ބޭރުގެ ގައުމުތަގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާއި ދެކޮޅަށް، ބިރުވެރިކަން އު...
ޝިއުނާ އާދަމް
މިއަދު ހެނދުނު ގަލޮޅު ސްޓޭޑިއަމްގައި ހިންގި ހަމަނުޖެހުމާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އަދި ހެއްކެއްވާ ނަމަ ވީހާވެސް އަވަހަކަށް ފުލުހުންނަށް ހުށަހެޅުމަށް ގޮވާލައިފިއެވެ. ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ސްޓޭޑިއަމްގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަނީ ވަދެގަނެ ހަމަނުޖެހުން ހިންގާފައެވެ. ޝަހަދަތުގެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ވަދެ އެތަނުގައި ހަޅޭއްލަވާ އެތަނުގައި ތިބި ބައެއް މީހުންނަށް އަނިޔާދޭ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ. އެ މައްސަލާގައި މިހާތަނަށް 6 މީހަކު...
ޔުމްނާ ޢަލީ
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ހުރަސް އަޅާ ހަމަނުޖެހުން ހިންގި މީހުން ވީހާ އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމްޑީޕީން ގޮވާލައިފިއެވެ. ސްޓޭޑިއަމްގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަނީ ވަދެގަނެ ހަމަނުޖެހުން ހިންގާފައެވެ. ޝަހަދަތުގެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ވަދެ އެތަނުގައި ހަޅޭއްލަވާ އެތަނުގައި ތިބި ބައެއް މީހުންނަށް އަނިޔާދޭ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ. އެ މައްސަލާގައި މިހާތަނަށް 6 މީހަކު ހައްޔަރުކޮށްފައިވާއިރު، އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު...
އަލީ އާދިލް
މިއަދުގެ ހަމަނުޖެހުމުގައި ބޭނުންކުރި ބައެއް ތަކެތި ޕީޕީއެމް އޮފީހުން ދިން ކަމަށް ފުލުހުން ބުނެފިއެވެ. ބައިނަލްއަގްވާމީ ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ހުއްޓުވުމަށް މިއަދު ބަޔަކު ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން އެ ހަރަކާތުގެ ތެރެއަށް ވަދެގަނެ ތިބި ބައެއް މީހުންނަށް އަނިޔާދޭ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ. އެތަނަށް ވަން މީހުން ބޭނުންކޮށްފައި ވަނީ ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ދިދަތަކެކެވެ. އޭގެ ފަހުން ސޯޝަލް މީޑިއާގައި އާންމުވި […]
އަލީ އާދިލް
ޑިޕްލޮމަސީގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހެއް ފާހަގަކުރުމަށް ދިވެހިރާއްޖެއިން އިސްނަގައިގެން ހުށަހެޅި ޤަރާރު އދގެ އާއްމު މަޖިލީހުން ރޭ ފާސްކޮށްފިއެވެ. ދިވެހިރާއްޖެއާއިއެކު، މި ޤަރާރު އދގެ އާއްމު މަޖިލީހަށް ހުށަހެޅި ކޯ ގްރޫޕްގައި ހިމެނެނީ އެލް ސަލްވަޑޯރ، އެރިޓްރެއާ، ގްރެނާޑާ، ގަޔާނާ، ކެންޔާ، ލެޓްވިއާ، ލުބްނާން، މޯލްޓާ، ޤަތަރް، ސެންޓް ލޫޝިއާ އަދި ދެކުނު އެފްރިކާ އެވެ. މި ޤަރާރު ފާސްވުމާއެކު، ކޮންމެ އަހަރެއްގެ ޖޫން މަހުގެ 24 ވަނަ ދުވަސް ފާހަގަކުރާނީ އިންޓަނޭޝަނަލް ޑޭ އޮފް […]
ޝިއުނާ އާދަމް
މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށްޖެހޭ އަދަދަކީ 3000 ރުފިޔާކަމަށް ކަނޑައަޅައި އެ ފައިސާ ޖަމާކޮށްފިއެވެ. މިނިސްޓްރީން ބުނީ މި އަހަރަކީ އެންމެ ގިނައިން މުދަލުޒަކާތުގެ ގޮތުގައި ފައިސާ ދޫކުރި އަހަރު ކަމަށެވެ. އެގޮތުން މި އަހަރު ޖުމްލަ 26،877،000.00 (ސައްބީސް މިލިއަން އަށްލައްކަ ހަތްދިހަ ހަތްހާސް ރުފިޔާ) މުދަލު ޒަކާތުގެ ގޮތުގައި ދޫކޮށްފައިވެއެވެ. އެއީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 8959 މީހުނަށް ބޮލަކަށްޖެހޭ އަދަދު 3000 ރުފިޔާގެ މަގުންނެވެ. މީގެ ކުރީ އަހަރުތަކަށް [...
ޝިއުނާ އާދަމް
މިއަދު ގަލޮޅު ދަނޑުގައި ޔޯގާ ޑޭ ފާހަގަކުރަން ބޭއްވި ހަރަކާތް ބަޔަކު ވަދެ ހުއްޓުވި މައްސަލަ ބަލާނެ ކަމަށް ރައީސުލްުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަލޮޅު ދަނޑަށް ބަޔަކު ވަދެގަނެ ހިންގި ކަންތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މިކަމުގައި ޒިންމާވާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު ގަލޮޅު ދަނޑުގައި ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން ހަރަކާތެއް […...
ޔުމްނާ ޢަލީ
ދިވެހި ޤައުމީ ދިދައާއި އެކު އަދި ކައްތިރިކޮށް އެހެން ދިދަތައް ނެގޭގޮތަށް އުސޫލު ޢާއްމު ކޮށްފިއެވެ. ދިވެހި ގައުމީ ދިދަ ނެގުމާއި ދިދަ ބޭނުން ކުރުމުގެ ސޫލަށް އަމަލު ކުރުމަށް އަންގަވައި ރައީސް އޮފީހުން ޢާއްމު ކުރެއްވި އުސޫލުގައި ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ހުންނަންވާ ތަންތަނާއި، ދުވާލުގެ ވަގުތުތަކުގައި ދިވެހި ގައުމީ ދިދަ ނަގާފައި ހުންނަންވާ މުއައްސަސާތަކުގެ ތަފްސީލު ވެސް ބަޔާންކޮށްފައި ވެއެވެ. މި އުސޫލުގައި ބުނެފައި ވާގޮތުން ގައުމީ […]
ސަނިއްޔާ އަބޫބަކުރު