ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މީހަކު މަރާލި މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ގާތިލު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ޖޫން، 2017 ގައި އިހަވަންދޫ އައިސްޕްލާންޓްގައި ޅ. ހިންނަވަރު، އިސްމާއިލް އުމަރު (އިއްސެ) މަރާލީ އެތަނުގައި އޭނާއާ އެކު މަސައްކަތްކުރި ބިދޭސީއެއް ކަމަށްވާ ސުމޮން މިއާ އެވެ.
ދެ މީހުންގެ ދެމެދުގައި އޮތް ރުޅިވެރިކަމެއްގެ ސަބަބުން ތޫނުއެއްޗަކުން ހަމަލާދީ އިއްސެ މަރާލި މައްސަލާގައި ސުމޮން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މާޗް މަހު އެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން ސުމޮންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގަ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ސުމޮންއަކީ ރާއްޖޭގައި މަރުގެ ހުކުމް އިއްވި ދެ ބިދޭސީންގެ ތެރެއިން އެކަކެވެ. އޭނާ ވަނީ ކޯޓުގައި އެކަމަށް އެއްބަސްވެފަ އެވެ. އެކަމަކު ފަހުން އޭނާ އިންކާރުކޮށް، ބުނަމުން ދިޔައީ އިއްސެ މަރާލީ އޭނާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!