ހުމާއި ރޯގާ ޖެހިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) އިން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެފައިވާތީ އެ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއްގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ބުނެފިއެވެ. ސަރުކާރުގެ މައި ހޮސްޕިޓަލުން މިރޭގެ ވަގުތެއްގައި ނެރުނު ނޫސްބަޔާނެއްގައި ވަނީ، ހުމާއި ރޯގާ ޖެހިގެން ފަރުވާ ހޯދުމަށް ދާ ބަލި މީހުންގެ އަދަދު އިތުރުވެ، އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކްގައި އެފަދަ ބަލި މީހުންނަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އެ ތަނުން […]
ޔުމްނާ ޢަލީ
ކަނޑުމަގުން ރާއްޖެއައި މިފްކޯގެ “އެމް.ވީ ޖަޒީރާ ރީފާރ” ބޯޓުން ގިނަ އަދަދެއްގެ ބަނގުރަލާއި މަނާތަކެތި އަތުލައިގެންފި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފި އެވެ. ކަސްޓަމްސް އިން ޙަބަރު ފަތުރާ ވަސީލަތްތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، މިބޯޓު ބަލާ ފާސްކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ބެންކޮކުން ފުރައިގެން ގއ. ކޫއްޑުއަށް އައި އެމް.ވީ ޖަޒީރާ ރީފާރ ބޯޓްގައި ގާނޫނާއި ގަވާއިދާ ޚިލާފު އެއްޗެއް ހުރިކަމަށް ކަސްޓަމްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެންކަމަށެވެ. އެގޮތުން، ދިވެ...
އަލީ އާދިލް
ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022 ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ ރުވާންޑާގެ ވެރިރަށް ކިގާލީގެ ކިގާލީ ކޮންވެންޝަން ސެންޓަރުގައެވެ. މި ބައްދަލުވުމުގައި، އެފްރިކާ، ކެރީބިއަން، އެމެރިކާ އަދި ޔޫރަޕް، އޭސިއާ، ޕެސިފިކްގެ 54 ޤައުމެއްގެ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެން، ޤައުމުތަކުގެ މެދުގައި އެއްބާރުލުން އ...
މުޙައްމަދު ވަސީމް
ފްލޯޓިން ސިޓީގެ ނަމުގައި ހިންގަމުންދާ ޖަރީމާތައް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުޞައިން ގޮވާލައްވައިފިއެވެ. ފްލޯޓިން ސިޓީގެ ނަމުގައި ރާއްޖެ އައިސް ޑަޗް ޑޮކްލޭންޑްސް އިން ދިވެހިންނަށް ޚިޔާނާތްތެރި ވަމުން ގެންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވެސް ތުހުމަތު ކުރައްވާފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު، އަދި މަޝްހޫރު ޤާނޫނީ ވަކީލު ޢަލީ ޙުޞައިން ވިދާޅުވީ، އެކުއިޒިޝަން ކޯސްޓެއްނެތި ޑަޗް ޑޮކްލޭންޑަށް މާލެ އަތޮޅުން ފަޅު...
ސަނިއްޔާ އަބޫބަކުރު
މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ވެސް ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަންނަ އޮކްޓޯބަރު މަހު ބާއްވަން ހަމަޖެހިފައިވާ މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އިނާމަށް އެދި ހުށަހަޅާނީ އިނާމަށް ނަން ހުށަހަޅާ ފޯމު، އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމުންނެވެ. މި […]
ޝިއުނާ އާދަމް
މިއަހަރު ސްކޫލްތަކަށް އިސްލާމް އަދި ޤުރްއާން ޓެކްސްޓް ފޮތްތައް ދޫކުރަނީ މިދިޔަ އަހަރު އެ ފޮތްތަކުން ފެނުނު ކުށްތައް އިސްލާހުކޮށް އަލުން ޗާޕުކޮށްގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. ސްކޫލްތަކުގައި ކިޔަވައިދޭ އިސްލާމް އަދި ގުރުއާން ފޮތްތަކުގައި ކުށް ހުރެގެން މިދިޔަ އަހަރު ތެރޭގައި ވަނީ އެކަން ފާގަފަކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ކުރިއަށް އޮތް ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ބަހަން ފަށާފައެވެ. އެހެންވެ އެ މިނިސްޓްރީން ބުނީ ފޮތްތައް ބަހަނީ […...
ޝިއުނާ އާދަމް
ރ.އަނގޮޅިތީމު ސްކޫލުގައި 2 ކްލާސްރޫމް އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރީ ކޭޑީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ ޖަޕާން އެއިޑް ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. އެ ކުންފުނީގެ ފަރާތުން މި މަސައްކަތަށް ހުށައަޅުއްވާފައިވަނީ 1,388,059.44ރ (އެއްމިލިއަން ތިންލައްކަ އަށްޑިހަ އަށްހާސް ފަންސާސްނުވަރުފިޔާ ސާޅީސްހަތަރު ލާރި )އަށް މި މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަ...
ޝިއުނާ އާދަމް
ދަނބިދޫ އާއި ކަލައިދޫ ގުޅުވާލަން ހަދާ ކޯޒްވޭގެ އީއައިއޭ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ މެންބަރުންނާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ކަލައިދޫ އާއި ދަނބިދޫ ގުޅުވާލުމުގެ ވައުދަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެކަމަކު އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އެރަށުގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅ...
ޝިއުނާ އާދަމް
ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރުވާންޑާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ރުވާންޑާގެ ވެރިރަށް ކިގާލީއަށް ވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާއަށް ކިގާލީ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ، ރުވާންޑާގެ މިނިސްޓަރ އޮފް ލޯކަލް ގަވަރމަންޓް ޜޯން-މަރީ ވިއަނޭ ގަތަބާޒީއެވެ. ރައީސް...
ޝިއުނާ އާދަމް
މާރުކޭޓުތަކުގައި ގޮޅިތައް ބެލެހެއްޓުމަށް ބިދޭސީން ބޭތިއްބުން މަނާކޮށްފައިވަނިކޮށް އެކަން އެގޮތަށް ކުރާ 50 ގޮޅިއެއް ބަންދުކޮށްފިއެވެ. މާލެ ތެރޭގައި ބިދޭސީން ވިޔަފާރި ގޮޅިތައް ހިންގުން އާންމުވެފައިވާތީ އެކަން މަނާކޮށް ހުއްޓުވުމަށް އިކޮނޮމިކް މިނިސްޓްރީން އުސޫލެއް ނެރުނީ 2020 ވަނަ އަހަރުއެވެ. މާލެ ސިޓީ ކައުންސިލުން ބުނިގޮތުގައި މި އުސޫލާ ހިލާފުވެ ގޮޅިތަކުގައި ބިދޭސީން ބައިތިއްބާފައިވާތީ 50 ގޮޅިއެއް ވަނީ ބަންދުކޮށްފައެވެ. އަދި އެ ގޮޅިތަކުގެ ވެރިން ޖޫރިމަނާކޮށްފައިވެސް ވެއެވެ. ލޯކަލް މާރުކޭޓުގައި ބިދ...
ޝިއުނާ އާދަމް
ހައި ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ފެމިލީ ކޯޓުގެ ކުރީގެ އިސް ގާޒީ ހުޒައިފާ މުހައްމަދު އައްޔަން ކޮށްފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނިގޮތުގައި ހުޒައިފާ އެ މަގާމަށް އައްޔަންކުރަން ނިންމީ އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މަގާމަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް އެ މަގާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށް ފަހު ފަނޑިޔާރުން އައްޔަނު ކުރާ ކޮމިޓީން “ހައިލީ ރިކޮމެންޑެޑް” ބޭފުޅާ ކަމަށް އެ ކޮމިޝަނަށް ލަފާދީފައިވާތީ […]
ޝިއުނާ އާދަމް
ސެޓެލައިޓް ސްކޫލްގެ ގޮތުގައި ޤާއިމްކުރާ ވ.ރަކީދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ. ވ.ރަކީދޫ ސްކޫލުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތަށް ކުންފުނިން ހުށަހަޅާފައި ވަނީ 3,223,233.43(ތިން މިލިއަން ދެލައްކަ ތޭވީސްހާސް ދުއިސައްތަ ތިރީސްތިން ރުފިޔާ ސާޅީސް ތިން ލާރި) އެވެ. އެޑިއުކޭޝަން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައި ވަނީ 60 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކު...
ޝިއުނާ އާދަމް
ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ. ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ރާއްޖޭގެ ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައީސް އޮފީހަށް ފޮނުވާފައެވެ. މި އިސްލާހަކީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިންިއާ އާ ދެކޮޅަށް ކުރަމުން އަންނަ ކެމްޕޭނަށް ހުރަސް...
ޝިއުނާ އާދަމް
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ. ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީ އާއި، އިންޑިއާ ހައި ކޮމިޝަނުން ރާއްޖޭގައި ބޭއްވި ހަރަކާތުގެ މައްސަލަ ވަރަށް ބޮޑުވެފައި ވަނިކޮށް މީހަކު މިނިސްޓަރަށް މެސެޖުކޮށް މަރުގެ އިންޒާރު ދީފައި ހުރި ފޮޓޯތަކެއް މިނިސްޓަރ ވަނީ އާންމުކުރައްވާފައެވެ. އެ ފޮޓޯތަކުން ފެންނަނީ މިނިސްޓަރ ގެ ފޯނަށް އެމީހާ ކޮށްފައިވާ މެސެޖުތަކެކެވެ. އޭގައި އޭނާ ވަނީ މިނިސްޓަރ “އަތު ޖެހުނު ނަމަ ނޮޅާލާނެ” […]
ޝިއުނާ އާދަމް
އަމާޒަކީ ރާއްޖޭގެ ޤައުމީ ހެލްތު އިންޝުއަރެންސް ސްކީމް އިތުރަށް ފުޅާކޮށް ނަފްސާނީ ބަލިތަކުގެ ފަރުވާވެސް އޭގެތެރޭގައި ހިމެނޭގޮތް ހެދުމާއި އެކަށޭނަ އަދި ޝާމިލު ގޮތެއްގައި ސައިކޯ ސޯޝަލް ސަޕޯޓް ކަށަވަރުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ރުވާންޑާގެ ކިގާލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ސީ.އެޗް.އޯ.ޖީ.އެމް) 2022 ގެ މަތީ ފަންތީގެ ބައްދަލުވުމުގެ ހަވާސާގައި “ރީ ތިންކިންގ މެންޓަލް ހެ...
ޔުމްނާ ޢަލީ