މިއަދު ގަލޮޅު ދަނޑުގައި ޔޯގާ ޑޭ ފާހަގަކުރަން ބޭއްވި ހަރަކާތް ބަޔަކު ވަދެ ހުއްޓުވި މައްސަލަ ބަލާނެ ކަމަށް ރައީސުލްުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަލޮޅު ދަނޑަށް ބަޔަކު ވަދެގަނެ ހިންގި ކަންތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މިކަމުގައި ޒިންމާވާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

Ad
rt

މިއަދު ގަލޮޅު ދަނޑުގައި ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން ހަރަކާތެއް ހިންގަމުން ދަނިކޮށް އެކަމަށް ހުރަސް އެޅީ ޝަހާދަތުގެ ދެ ކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. މި ހަރަކާތް ބާއްވަން ތާވަލްކުރުމާއި އެކު ގިނަ ދީނީ އެިލްމުވެރިންތަކެއް ވެސް ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފައެވެ.

މި މައްސަލާގައި މިހާތަނަށް ވަނީ ހަ މީހަކު ހައްޔަރުކޮށްފައެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ފާހަގަކުރަމުން އަންނައިރު، މިހާތަނަށް މިފަދަ އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާކަން ފާހަގަކުރެވެއެވެ.