މާލެ އާއި ވިލިމާލޭގެ މަވުތަކާއި އާއްމު ތަންތަން ސާފު ކުރުމަށް ވެމްކޯއާއެކު މާލެ ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުން އާ ނުކޮށް އެ ހިދުމަތް ކައުންސިލުން އަމިއްލައަށް ދޭން ނިންމުމުން ވެމްކޯއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސިޓީ ކައުންސިލުން މިގޮތްށް ނިންމާފައިވަނީ މިއަދު ކުރިއަށްދިޔަ ކައުންސިލްގެ ރަސްމީ ޖަލްސާގައެވެ. އެގޮތުން ވެމްކޯއާ ހަވާލުކޮށްގެން ކުނި ނަގާނަމަ ހަރަދު ބޮޑުކަމަށާއި އަމިއްލައަށް ކުރުމުން މިހާރު ކުރާ ހަރަދުގެ ދެބައިކުޅަ އެއްބައި ސަލާމަތްވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

Ad
rt

މި ނިންމުމާ ގުޅޭގޮތުން ވެމްކޯއިން ނެރުނު ބަޔާނުގައި ބުނީ ސިޓީ ކައުންސިލުން އެގޮތަށް ނިންމައި ވާހަދައްކައިފައިވަނީ އާއްމުންގެ ހިތުގައި މުތަނަވަސްކަން އުފެދޭފަދަ ގޮތަކަށް ކަމަށާއި އެއީ އަސްލާ ޙިލާފު ވާހަކަތަކެއް ކަމަށެވެ.

ވެމްކޯއިން ބުނީ އެއްބަސްވުމުގެ ދަށުން ކައުންސިލުން މަހަކު 2.5 މިލިއަން ރުފިޔާ ދޭން ޖެހޭއިރު އަމިއްލައަށް އެ މަސައްކަތް ކުރުމުން 1.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކޮށްފައިވަނީ ބައެއް ކަންކަމަށް ރިއާޔަތް ނުކޮށް ކަމަށެވެ. އެގޮތުން މުވައްޒަފުން ބަލަހައްޓަން 12 މިލިއަން އަހަރަކަށް ހުށަހަޅާފައިވާއިރު އެހެނިހެން ހަރަދުތައް ކަމުގައިވާ ވެހިކަލް މަރާމާތު ކުރުމާއި ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށް ކުރަން ޖެހޭ ބޮޑެތި ހަރަދުތަކަށް ރިއާޔަތް ކޮށްފައި ނުވާކަން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން 100 މުވައްޒަފުން ބޭނުން ކޮށްގެން މާލެ ސިޓީގެ ހުރޮހާ ސަރަހައްދެއް ސާފު ކުރެވޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް އެއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށް ވެމްކޯއިމް ބުންޏެވެ.

ވެމްކޯގައި މަސައްކަތް ކުރަނީ ހުސް ދިވެހި މުވައްޒަފުންނެވެ. އެހެންކަމުން ސިޓީ ކައުންސިލްގެ މި ނިންމުމާގުޅިގެން ކުނި ކެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެތައް ދިވެހިންގެ ވަޒީފާއާމެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މާލެ ސިޓީ ކައުންސިލްގައި މުނިސިޕަލް ހިދުމަތް ފޯރުކޮށްދެނީ ބިދޭސީންނެވެ.

ވެމްކޯހެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ވަސީލަތްތައް ހާއްސަ ކޮށްފައިވަނީ އާބާދީ ބޮޑު މާލެ ސަރަހައްދަށްކަން ފާހަގަކޮށް ވެމްކޯއިން ބުނީ މާލެ ސޓީ ކައުންސލުން މި މަސައްކަތް ކުރުމަށް ހުށައަޅާފައިވާ އުޅަނދުތައް ބޭނުންކޮށްގން ޚދުމަތް ދޭކަމުގައ ވާނަމަ، މަހެއްގެ މައްޗަށް އެތައް ސަތޭކަ ދަތުރެއް ކުނި އުފުލުމަށް ހޭދަކުރަންޖހޭނެ ކަމަށެވެ.

މި ކުނި މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޚދުމަތް ބޭނުންކޮށްގެން އުކާލުމަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭނެ ކަމަށްވެސް ވެމްކޯއިން ބުންޏެވެ. އަދި ކައުންސލުން ސީދާ ތިލަފުއްޓަށް ކުނި ގެންދާނަމަ، އެކަމަށް ކުރަންޖެހޭ ޚަރަދު ތން
ގުނަ އިތުރުވެގެންދާނެ ކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ސޔާސީ ބޭނުމަކަށް ވެމްކޯގެ ޚދުމަތުގެ ހަޤީގަތް އޮޅޭނެ ފަދަ އިބާރާތުން، އަދި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ޤާއިމްކޮށްފައިވާ ކުންފުންޏެއްގެ ނަން ކިލަނބުވާނެ ފަދަ މޭރުމަކުން މިއަދު ދެއްކި ވާހަކަތައް ވެމްކޯއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.