ވެރިރަށް މާލޭގައި ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ތިން ފުލުހަކަށް ހަމަލާދީފައިވާ ކަމަށާއި އެ މަައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

އެމީހުން ހައްޔަރު ކުރީ މިއަދު ހެނދުނު 11:50 ހާއިރު ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

''އަނިޔާވި ތިން ފުލުހުންނަށް އޭޑީކޭ ގައި ދަނީ ފަރުވާ ދެމުން، ތިން ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާވެފައިވޭ'' ފުލުހުން ވިދާޅުވިއެވެ.

ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، މަޖީދީމަގުން ޔޫރޯ ސްޓޯރު ކުރިމަތީގައި މީހަކަށް ހަމަލާދީ ޒަޚަމްކޮށްލާ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަނީ ޒަހަމްވީ މީހާ ސްޓްރެޗަރަށް ލައިގެން އެމްބިއުލާންސްއަކަށް އަރުވާ މަންޒަރެވެ.

މި ހާދިސާއާއިގުޅޭ އިތުރު ތަފްސީލް ފުލުހުން އަދި ހާމައެއް ނުކުރަށްވައެވެ.