ހއ. އުލިގަމު ކުނިކޮށި މެނޭޖުކުރުން އެރަށު ފާރަ އިންވެސްޓްމެންޓާ ހަވާލުކޮށްފި އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލުގެ ރައީސް އަހުމަދު މުޢާޛް މުޙައްމަދެވެ. ފާރަ އިންވެސްޓްމަންޓްގެ ފަރާތުން ސޮއި ކުރެއްވީ އެރަށު ފަޒާ މުޙައްމަދު ސިރާޖެވެ. މި އެއްބަސްވުމުގެ ދަށުން ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އެ މަސައްކަތް ކުރުމަށް އެއްބަސް ވެފައިވާއިރު، ކުރިއެކޭވެސް އެއްގޮތަށް ކުނި އުކުމަށް އޮންނަ ދުވަސްތަކާއި ވަގުތުތަކުގައި ރައްޔިތުންނަށް ކުނި އުކަމުން ގެންދެ...
މުޙައްމަދު އަފްރާޙް
ގަވާއިދުގައިވާ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާމެދު ފުލުހުން ފިޔަވަޅު އަޅަން ނިންމައިފި އެވެ. ފުލުހުން މިގޮތަށް ނިންމާފައި މިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ޤަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އެންގުމާއި ގުޅިގެން ނެވެ. އެގޮތުން މިއަހަރުގެ އޮކްޓޯބަރ އެއް ވަނަ ދުވަހާ ހަމައަށް ނަންބަރު ބޯޑުގައި ރަނގަޅު ކުރަން ހުރި ކަންކަމާ ގުޅޭގޮތުން ފުލުހުން ނަސޭހަތްތެރިވަމުންދާނެ...
މުޙައްމަދު އަފްރާޙް
ތިލަފުށީ ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު ނިއްވާލިނަމަވެސް އެ ސަރަހައްދުން ބޯކޮށް ދުން އަރާފާނެތީ ސަމާލުވުމަށް ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އަންގައިފި އެވެ. ވެމްކޯ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ވަގުތީގޮތުން ކުނި ބަހައްޓާ ސަރަހައްދުގައި މިއަދުމެންދުރު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށެވެ. ވެމްކޯ އިން ބުނީ އެމްއެންޑީއެފްގެ ފަޔަރ ޑިޕާޓްމެންޓާއި ވެމްކޯގެ މުވައްޒަފުންގެ މަސައްކަތުން އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ. “ނަމަވެސް އެ ސަރަހައްދުން ދުން އަރާކަން ފ...
މުޙައްމަދު އަފްރާޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދެ ބިލެއް މިއަދު ތަސްދީޤު ކުރައްވައިފިއެވެ. ރައީސް މިއަދު ތަަސްދީޤުކުރެއްވި ދެ ބިލަކީ، ޤާނޫނު ނަންބަރު، 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 12 ވަނަ އިސްލާޙް ގެނައުމުގެ ބިލާއި އަދި ޤާނޫނު ނަންބަރު، 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 7 ވަނަ އިސްލާޙް ގެނައުމުގެ ބިލެވެ. ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ، އެ ޤާނޫނުގެ 11 ވަނަ އިޞްލާޙުގައި ރާއްޖޭގައި […]
ޔުމްނާ ޢަލީ
ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި ޖަލުގައި ހުރެގެން ދަރިފުޅު ޔަތީމުވާން ބޭނުންނުވާ ކަމަށް ބުނެ އިންސާފުން މައްސަލަ ނިންމައިދޭން މަރިޔަމް ނަޒާހާ ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ. ކުރީގެ ފިރިމީހާ ހަސަން ޝާހިދަށް 2010 ވަނަ އަހަރު ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ ނަޒާހާ ސުޕްރީމް ކޯޓުގައި މިއަދު އެގޮތަށް ބުނީ އޭނާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަހު ބަސް ބުނަން ފުރުސަތު […]
ހުސައިން ހަބީބް
މަސްވެރިކަމަށް ނުކުމެއުޅުނު ކ. ގާފަރު ދޯންޏެއް ފަރަށް އަރައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ފަރަށް އަރާފައި ވަނީ މަސްވެރިކަން ކުރަމުންދިޔަ ކ. ގާފަރު، ހުދަންބަރު-12 ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. މި ދޯނި އަރާފައި ވަނީ ފ. ހިމިތި ކަނޑުގެ ދެކުނުފަރާތު ކަންމަތީ ފަރަކަށް ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ސެންޓަރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް ލިބިފައި ވަނީ މިއަދު ހެނދުނު 6:30 ހާއިރު އެވެ. ” ހާދިސާގެ ރިޕޯޓު […]
ޔުމްނާ ޢަލީ
މަތީ ތަޢުލީމު ފުޅާކުރުމަށް އަމިއްލަ ފަރާތްތަކުން ކުރައްވާ މަސައްކަތްތައް ފަސޭހަކޮށްދެއްވުމަށް ސަރުކާރުން އެހީވެދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވިލާކޮލެޖްގެ ކިއު.އައި ކެމްޕަހުގައި މިރޭ ބޭއްވި އެކޮލެޖްގެ ” ސްޓުޑެންޓްސް އެޗީވްމަންޓް އެވޯޑްސް 2022″ ޙަފްލާ ޝަރަވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. އެމަނިކުފާނު ވިދާޅުވީ ކުރިން ރާއްޖޭގައި ހިންގިފައި ނުވާފަދަ އެތައް މަޝްރޫއުތަކެއް މިހާރު ހިނގަމުންދާއިރު، އެދާއިރާތަކުން...
މުޙައްމަދު އަފްރާޙް
މި އަހަރުގެ ނިމުމުގެ ކުރިން އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފެށޭނެ ކަމަށް މިނިސްްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުދަތުރާއި ބެހޭ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނެވެ. މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖެ ހިމެނޭ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް، ބަންކަރިންގެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތ...
މުޙައްމަދު އަފްރާޙް
ހުޅުމާލެއިން ޒުވާނަކު ގެއްލިގެން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ ފޭސް ދޭކުން މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ، އުމުރުން 27 އަހަރުގެ މުޙައްމަދު އަޛުހާން ކަމަށް ފުލުހުން ވިދާޅުވެއެވެ. އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ 19:00 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އޭނާ އެންމެފަހުން ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެކެވެ...
ޔުމްނާ ޢަލީ
ހއ. ހޯރަފުށީގައި ސްވިމިންގ ޓްރެކެއް ތަރައްޤީ ކުރުމަށް ނިންމައި އަންދާޒީ ހިސާބު ހުށަހެޅުމަށް ހުޅުވާލައިފި އެވެ. ހޯރަފުށީ ކައުންސިލްގެ އިދާރާ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ބުނެފައިވަނީ ހޯރަފުށީގައި ސްވިމިން ޓްރަކެއް، ބީލަން ފޮތުގައި ދެވިފައިވާ ސްޕެސިފިކޭޝަން އަދި މަޢުލޫމާތާއި އެއްގޮތަށް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާފައިވާ ކަމަށެވެ. ބީލަން ފޮތް ގެޒެޓް ގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެ ކަމަށާއި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު...
މުޙައްމަދު އަފްރާޙް
ބޯހިމެނުމުގެ މަސައްކަތަކީ ޤައުމީ މަސައްކަތެއްކަން ފާހަގަކުރައްވާ އެމަސައްކަތް ކުރިއަށްގެންދިއުމުގައި ކޮންމެ ރައްޔިތެއް ވެސް އެބާރުލުންދެއްވުމުގެ މުހިންމުކަން ނައިބު ރައީސް ފައިޞަލް ނަސީމް ފާހަގަކުރައްވައިފި އެވެ. ހުޅުމާލޭގައި ހުންނަ “ބޯހިމެނުން 2022” ގެ މަސައްކަތް ކުރިއަށްދާ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތުތަކަކީ ރާއްޖެ ތަރައްޤީކުރާއިރު ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއް...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ފުރަތަމަ އޮޕަރޭޝަން ޑޮކްޓަރު، އަބްދުﷲ ވަހީދު އަވަހާރަވެއްޖެ އެވެ. އޭނާ އަވަހާރަ ވީ އައިޖީއެމްޗްގައި ނިއުމޯނިއާއަށް ފަރުވާ ހޯއްދަވަނިކޮށް އުމުރުން 65 އަހަރުފުޅުގަ އެވެ. ޑރ ވަހީދަށް ސްޓްރޯކެއް ޖެހިގެން ސިއްހީ ދާއިރާއާ ދުރުގައި ހުންނަވާތާ ގިނަ ދުވަސްތަކެއްވެއްޖެ އެވެ. ޕޮލިސް އިންޓެރްގްރިޓީ ކޮމިޝަން (ޕީއައިސީ) ގެ ރައީސްކަމާއި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައިވާއިރު، ޑރ. އަބްދުﷲ ވަހީދު ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް...
މުޙައްމަދު އަފްރާޙް
މާލޭ އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން، އެ މަގު ހެދުމަށް މަގުގައި ހުރި ބައެއް ގަސްތައް ނަގަމުންދާ މައްސަލައާއި މެދު ރައްޔިތުން މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައި، ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ގަހެއް ހެދުމަށް 15 ނުވަތަ 20 އަހަރު ނަގާއިރު، މަގެއް ހެދުމަށް ނަގަނީ ތިން މަސް ދުވަސް ކަމަށެވެ. އެހެންކަމުން ގަސްތައް ބަހައްޓައިގެން މަގުތައް ހެދޭނެ ގޮތެެއް ހޯދުމަކީ ކޮންމެހެން ބޭނު...
މުޙައްމަދު އަފްރާޙް
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ މަގާމަށް މުޞްޠަފާ ޙަމީދު (ކަނީރުމާގެ، ރ. އަނގޮޅިތީމު) އައްޔަން ކުރައްވައިފި އެވެ. އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ މުޞްޠަފާ ޙަމީދު 2021 ވަނަ އަހަރުން ފެށިގެން އަދާ ކުރައްވަމުން ގެންދަވާފައި ވަނީ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންވެސްޓިގޭޓަރގެ މަޤާމެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ޖުޑީޝަލް ސައިންސް އެންޑް އިސްލާމިކް ޝަރީޢާ ޕޮލިސީގެ ދާއިރާއިން މާސްޓަރސް ސަނަދަށް މުޞ...
މުޙައްމަދު އަފްރާޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މެޑަމް ފަޒްނާ އަޙްމަދު، އަވާހަރަވެފައިވާ އިނގިރޭސި ރާނީ އެލިޒަބަތު (2 ވަނަ) ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި ބައިވެރިވެވަޑައިގެންފިއެވެ. އިނގިރޭސި ރާނީ އަވަހާރަވީ، މިސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 96 އަހަރެވެ. ރަސްމީ އެންމެމަތީ ޢިއްޒަތުގައި، ރާނީ އެލިޒަބަތު (2 ވަނަ) ފަސްދާނުލާފައި ވަނީ، އިނގިރޭސި ވިލާތަށާއި، ކޮމަންވެލްތުގައި ހިމެނޭ ޤައުމުތަކަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކު...
ޔުމްނާ ޢަލީ