އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ މަގާމަށް މުޞްޠަފާ ޙަމީދު (ކަނީރުމާގެ، ރ. އަނގޮޅިތީމު) އައްޔަން ކުރައްވައިފި އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ މުޞްޠަފާ ޙަމީދު 2021 ވަނަ އަހަރުން ފެށިގެން އަދާ ކުރައްވަމުން ގެންދަވާފައި ވަނީ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންވެސްޓިގޭޓަރގެ މަޤާމެވެ.

Ad
rt

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ޖުޑީޝަލް ސައިންސް އެންޑް އިސްލާމިކް ޝަރީޢާ ޕޮލިސީގެ ދާއިރާއިން މާސްޓަރސް ސަނަދަށް މުޞްޠަފާ ޙަމީދު ގެންދަވަނީ ކިޔަވާވިދާޅުވަމުން ނެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ޝަރީޢާ އެންޑް ލޯގެ ދާއިރާއިން ބެޗެލަރސް ސަނަދު ހާސިލު ކުރައްވާފައިވާ މުޞްޠަފާ ޙަމީދު ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދާއިރާއިން ތަމްރީނު ފުރިހަމަ ކުރައްވާފަ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން މަރިޔަމް ލައިޒާ އިސްތިއުފާ ދެއްވީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

އިންތިގާލީ އިންސާފުގެ އޮފީހަކީ ޖެނުއަރީ، 1953 އިން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށުމާ ހަމައަށް ހިނގާފައިވާ މައްސަލަތައް ބެލުމުގެ ބާރު އޮންނަ އޮފީހެވެ.