ހުޅުމާލެއިން ޒުވާނަކު ގެއްލިގެން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ ފޭސް ދޭކުން މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ.

Ad
rt

ގެއްލިގެން ހޯދަމުން ދަނީ، އުމުރުން 27 އަހަރުގެ މުޙައްމަދު އަޛުހާން ކަމަށް ފުލުހުން ވިދާޅުވެއެވެ.

އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ 19:00 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

އޭނާ އެންމެފަހުން ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެކެވެ.

މުޙައްމަދު އަޛުހާނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަން ނަންބަރު 9393351 އަށް ގުޅުއްވުމަށް ފުލުހުން އެދެއެވެ.