ސަޢޫދީ ސަރުކާރުން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ވެދެއްވާފައިވާ ދީލަތި އެހީތެރިކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ޝުކުރު އަދާ ކުރައްވައިފި އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ 92 ވަނަ ޤައުމީ ދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނު އެކުލަވާލެއްވި “ވިޝަން 2030” މަގުޗާޓަށް ތަޢުރީފުކުރައްވައި މިއީ ދުރުވިސްނޭ ޤާބިލު ލީޑަރެ...
މުޙައްމަދު އަފްރާޙް
މާލޭގެ ގެއެއްގައި ހިނގި ޒުވާބެއްގައި އަންހެނަކު އޭނާގެ ބޭބެއަށް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ. މިހާދިސާ އާއި ގުޅިގެން ފުލުހުން ވިދާޅުވީ މާލެ ގެއެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައެއް އިއްޔެ ހަވީރު 16:20 ގައި އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މިއީ އާއިލާ ތެރޭގައި ހިނގި ދެބަސްވުމެއްގެ ތެރޭގައި ހިނގި ކަމެއް ކަމަށް މިހައިތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ. ފުލުހުން ވިދާޅުވީ މި ހަމަނުޖެހުމުގައި އެއްޗަކުން ބޮލު ޖެހުމުގެ […]
މުޙައްމަދު އަފްރާޙް
ގަވާއިދާ ޚިލާފަށް ރާއްޖޭގެ ސަރަޙައްދަށްވަދެ މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ހިފަހައްޓައިފި އެވެ. ދިވެހި ބޮޑުކަންނެލި މަސްވެރިންގެ ޖަމިއްޔާގެ ރަސްމީ ޓްވީޓާ އެކައުންޓުން ކުރި ޓްވީޓާއެއްގައި ބުނީ ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ލަންކާގެ މަސްބޯޓެއް ދިވެހި ދެ ދޯންޏެއްގެ މަސައްކަތުން ހިފަހައްޓާ އެމްޑީއެފް އަށް މިހާރު ރިޕޯޓް ކޮށްފަވާ ކަމަށެވެ. ’’ތ. މަޑިފުށީގެ އިރުމަތިން 17 މޭލު ބޭރުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ލަންކާ ގެ މަސްބޯޓެއް އދ. މަހިބަދޫ އަސުރުމާ2 ދޯނި އ...
ޔުމްނާ ޢަލީ
ހއ. އަތޮޅުގައި ހިންގާ ޖޭއޭ މަނަފަރު ރިސޯޓުން 2020 ވަނަ އަހަރު 29 މުވައްޒަފަކު ވަކިކުރީ ގޯސްކޮށް ކަމަށް ނިންމައި، އޭގެ ތެރެއިން 27 މީހަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު، އަލުން ވަޒީފާދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ. ކޮވިޑް-19 އާ ގުޅިގެން މަނަފަރު ރިސޯޓުން ވަކިކުރި 29 މީހުންނަކީ ހއ. އަތޮޅާއި ހދ. އަށް ނިސްބަތްވާ މީހުންނެވެ. މައްސަލަ އެ މީހުންގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅުމުން މިދިޔަ އާދިއްތަ ދުވަހު ޓްރައިބިއުނަލުން ނިންމި ނިންމުމުގައިވަނީ […]
ހުސައިން ހަބީބް
އަރައިގެން ހުރި ބޫޓު ތެރެއިން ބައި ކިލޯގެ ޑްރަގް ފެނުނު މައްސަލާގައި ދައުލަތުން މުހިންމު ލިޔުމެއް ހުށަނާޅާ ކަމަށް ބުނެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. 2013 ވަނަ އަހަރު ވެލާނާ އެއާޕޯޓުން ދެ ދިވެއްސަކު ހައްޔަރުކޮށް، ދައުވާކުރީ އެ މީހުން އިންޑިއާއިން އައިއިރު އޭގެ ތެރެއިން އެކަކު އަރައިގެން ހުރި ބޫޓު ތެރެއިން ބައި ކިލޯގެ ޑްރަގް ފެނުމުންނެވެ. ކްރިމިނަލް ކޯޓުން އިއްޔެ އެ މީހުންގެ މައްޗަށް […]
ހުސައިން ހަބީބް
ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ފުރަން ގޮސް ހުރި މީހަކު ބޮމެއް އޮތް ކަމަށް ބުނި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. ފުލުހުން ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު 17:25 ހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމުން ފުލުހުން ވަނީ އެ މައުލޫމާތު އެމްއެންޑީއެފް އަށް ފޯރުކޮށްދީފައި ކަމަށް ވެސް ވިދާޅުވި އެވެ. އެމްއެންޑީއެފް އިން އެމީހުން ގެންގުޅުނު ތަކެތި ބަލައި ފާސްކުރި އިރު، އެފަދަ އެއްޗެއް ފެނިފައި ނުވާ ކަމަށް ވެސް […]
މުޙައްމަދު އަފްރާޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް މަރްޔަމް ޝަފީޤު މިއަދު ޢައްޔަން ކުރައްވައިފިއެވެ. މީގެ އިތުރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން މިއަދު ވަނީ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އިސްމާއިލް އައްޒާމް ވަޖީހު އައްޔަނުކޮށްފައެވެ. އެންސްޕާ ސީއީއޯއަކަށް މިއަދު އައްޔަނު ކުރެއްވި މަރްޔަމް ޝަފީޤު ކުރިން ހުންނެވީ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައެވެ. އާސަންދަ ކު...
އަލީ އާދިލް
ބޮޑު ތިލަދުންްމައްޗަށް މިސަރުކާރުން ގެންނަމުން ދަނީ ބޮޑު ބަދަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ. މިޢްވާން މިހެން ވިދާޅުވީ، ސަރުކާރުންކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ސަރުކާރުން ބޮޑުތިލަދުންމަތީގެ ތަރައްޤީއަށް ބޮޑެތި މަޝްރޫޢުތަކެއް ޕްލޭންކޮށްފައިވާއިރު އޭގެ ތެރޭގައި ކުޅުދުއ...
ޔުމްނާ ޢަލީ
ށ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ”އެސް.ޓީ.އޯ ވިަޔަވަތި ޤުރުއާން މުބާރާތް” މިއަދު ފަށައިފިއެވެ. މިއަދު މެންދުރުފަހު ފެށި މި މުބާރާތުގައި އެ އަތޮޅުގެ 10 ސްކޫލަކުން 85 ކުދިން ބައިވެރިވެއެވެ. މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތަކީ ށ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން، ށ. އަތޮޅުގެ ކައުންސިލްގެ މާލީ އެހީތެރިކަމާއެކު، ށ. އަތޮޅު ކައުންސިލާއި އެ އަތޮޅުގެ ރަށްރަށުގެ ސްކޫލްތަކާއި ގުޅިގެން، […]
ޔުމްނާ ޢަލީ
ހދ. އަތޮޅު މަދަރުސާގެ 12 ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ނިންމަށް ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލުކުރީ 365 ދުވަސް ތެރޭގައި ނިންމާގޮތަށް، 8,982,616.00ރ އަށް ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑާ އެވެ. 12 ކުލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުން މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓަރީގައި ކުރިއަށް ގެންގޮސްފަ އެވެ. މިއީ PSIP 2021ގެ ދަށުން ކުރިއަށްދާ މިމަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ކޮންޓްރެކް...
ޝިއުނާ އާދަމް
އެއް ޖިންސުން ގުޅުން ހިންގި ފުލުސް މީހާ، އަބްދުއްރަހުމާން ރަފީއު އެއް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އަލަމްގިރިއާ އެކު ޖިންސީ ގުޅުން ހިންގި ފުލުސް މީހާ ޖަލަށްލާން ކޯޓުން ހުކުމްކުރީ އޭނާ ކުށަށް އިއުތިރާފްވުމުންނެވެ. އޭނާ އެއް އަހަރާއި އެއް މަހާއި 28 ދުވަހަށް ޖަލަށްލާން ކޯޓުން ހުކުމް ކުރިޔަސް، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭނެ އެވެ. އަލަމްގިރިއާ އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ވަކީލް […]
ހުސައިން ހަބީބް
ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާންފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގައިގެން އުޅެނީ ކޮއްދިއްޕަރު ރިސޯޓްކައިރީގައި އޮތް ލޯންޗެއްގައި ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްގެ އެފްއާރުއެސް އަށް ލިބިފައިވަނީ 12:09 ހާއިރު ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. މި ހާ...
އަލީ އާދިލް
ދިވެހި ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އިތުރު ތިން ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ދީފިއެވެ. ދިވެހި ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރު އޯގަސްޓް މަހުގެ 3 ވަނަ ދުވަހު ހުޅުވާލާފައެވެ. އެ ފުރުސަތު ބަންދުވީ އެ މަހުގެ 16 ވަނަ ދުވަހުއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީން އެންމެ ފަހުން ހުޅުވާލި ފުރުސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ތިން […...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ އިއްޔެގެ ބައްދަލުވުން ސިއްރު ކޮށްފައިވަނިކޮށް، އެ ކޮމިޓީއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ޝާއިއުކުރި ޚަބަރު ނަގަން މަޖިލީހުގެ އިދާރާ އިން އަންގާފައިވީ ނަމަވެސް، އެ އިދާރާއަށް ސީދާ ނޫސްތަކަށް މިގޮތަށް އެންގިދާނެކަމަށް ޤަބޫލު ނުކުރާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފިއެވެ. މަޖިލީހުގެ އިދާރާ އިން ނެރުނު ބަޔާނެއްގައި އިއްޔެ ބުނެފައި ވަނީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކުރި، […]
އަލީ އާދިލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ރައީސްގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމާއި ގުޅިގެން އިނގިރޭސި ވިލާތުގެ ރަސްގެފާނު، ޗާސްލް 3 ވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި، އެ ޢާއިލާގެ މި ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅ...
ޔުމްނާ ޢަލީ