ވީޑިއޯ: ފިޔޯރީ ސްކޫލުގައި ހިނގި އަލިފާނުގެ ހާދިސާ
ފިޔޯރީ ސްކޫލުގެ ބާ އިމާރާތުގައި ރޯވެ އަނދަނީ ފިޔޯރީ ސްކޫލުގެ ބާ އިމާރާތުގައި ރޯވެ އަނދަނީ
ފިޔޯރީ ސްކޫލުގެ ބާ އިމާރާތުގައި ރޯވެ އަނދަނީ ފިޔޯރީ ސްކޫލުގެ ބާ އިމާރާތުގައި ރޯވެ އަނދަނީ
ގދ. ފިޔޯރީ ސްކޫލުގައި އަލިފާނުގެ ވަރަށް ބޮޑު ހާދިސާއެއް ހިނގައި، އަނދަން ފަށައިފި އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ފިޔޯރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ތިނަދޫ ފަޔާ އެންޑް ރެސްކިޔުއިން އެ ރަށަށް ދާން ތައްޔާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް ފިޔޯރީއާ ހަމައަށް ދިއުމަށް 45 މިނިޓް ވަރު ނަގާނެ ކަމަށް އެމްއެންޑީއެފް އިން ހާމަކުރެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި އަލިފާނުގެ ހާދިސާގެ ރިޕޯޓް އެއިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 17:20 އެހާކައްހާއިރު ކަމަށެވެ. […]
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް ކަމު މަގާމުގައި ހުންނެވި އަހުމަދު ގައިސް އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގައިސް އިސްތިއުފާ ދެއްވީ، އެހެން މަސައްކަތަކަށް ވަގުތު ހުސް ކުރެއްވުމަށެވެ. އެއީ އަމިއްލަ މަސައްކަތެއްކަމެއް ނުވަތަ ސިޔާސީ މަސައްކަތެއްކަމެއް އަދި ސާފެއްނުވެއެވެ. ގައިސް ބްރޯޑްކޮމްއިން އިސްތިއުފާ ދެއްވުމާއި އެކު އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގެ ގޮނޑި ވެސް ހުސްވާނެ އެވެ. އެ ކޮމިޝަންގެ މެންބަރު ކަމަށް ގައިސް […]
މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ މިސްކިތްތަކުގެ އާބާތުރަ ފިލުވަން އިސްލާމިކް މިނިސްޓްރީން ސިޓީ ކައުންސިލަށް ދެއްވި ފައިސާ އާއިގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ވާހަކަ ދައްކަވާފައި ވަނީ ހަގީގަތް އޮޅޭގޮތަށް ކަމަށާއި، އެކަމާ ހިތާމަކުރައްވާ ކަމަށް މާލޭ މޭޔަރޔ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މާލެ ސިޓީ ކައުންސިލުން ވަނީ، މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑު ހޯދުމަށް މިދިޔަ ހަފުތާ ބަންދުގައި ޓެލެތޯނެއް ފަށާފައެވެ. “ޗާލު މިސްކިތް” ފަންޑުނަމުގައި ކުރިއަށް ގެންދާ މި ހަރަކާތަށް ފުރަތަމަ...
މިއަހަރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން މަސައްކަތްކުރާނީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް އިސްކަންދީގެންކަމަށް އެޕާޓީގެ ތަރުޖަމާނު އަލީ ނަޛީރު ވިދާޅުވެއްޖެއެވެ. އަލީ ނަޛީރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ސިޔާސީ ޕާޓިތަކުން ތައްޔާރުވުމަށް އަންނަ މި ދަނޑިވަޅުގައި އެޕާޓީގެ ތަރުޖަމާނު އަލީ ނަޛީރު މިހެން ވިދާޅުވެފައިވާއިރު ހޯމް މިނިސްޓަރު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް އަންނަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން ޓުވީޓ...
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ރަނިން މޭޓަކަށް ހަމަޖައްސަވާނީ އައްޑުއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ރިޔާސީ ކެމްޕެއިނުގައި ބައެއް އަތޮޅުތަކަށް ދަތުރުކުރެއްވުމަށްފަހު ނަޝީދު މިއަދު މާލޭގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބު ދެ...
11 ކިލޯގެ މަސްތުވާތަކެއްޗާއެކު 4 މީހުން ހައްޔަރު ކޮށްފި އެވެ. މިކަން ހާމަކުރައްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގަ އެވެ. އެ ޓްވީޓުގައި ވިދާޅުވެފައިވަނީ މި މީހުން ހައްޔަރު ކުރީ މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އެ އޮޕަރޭޝަން ހިންގާފައިވަނީ އިއްޔެ ކަމަށެވެ. އެގޮތުން މި އޮޕަރޭޝަންގައި ހުޅުމާލޭގެ 4 ތަނަކާއި މާލޭގެ ތަނެއް ބަލައި، ފާސްކޮށް، 11.26 ކިލޯގެ ކެނަބިސް އަތުލައިގަނެވުނުކަމަށް ކަމަށް ސީޕީ ވިދާޅުވި އެވެ. މި […]
ދެ ހަފްތާގެ ޗުއްޓީއަށް ފަހު، ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި އެވެ. ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، ރާއްޖޭގައި މީގެ ކުރިން އަމަލުކުރަމުން އައި އެކެޑެމިކް ކަލަންޑަރަށް މިހާރުވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން 2022 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ފަށާފައި ވަނީ އެ އަހަރުގެ އޮގަސްޓް 7 ގަ އެވެ. އެ ޓާމްގެ ކިޔެވުން ކުރިއަށް ގެންދިޔައީ ޑިސެމްބަރު 24 ވަނަ ދުވަހާ ހަމައަށެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފެށިއިރު، މި […]
ބަދަލު ހިފުމުގެ ގޮތުން އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލިކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އިދިކޮޅު އެކްޓިވިސްޓް، އައްބާސް އާދިލް ރިޒާގެ ބަންދަށް އަނެއްކާ ވެސް 7 ދުވަސް ޖަހައިފި އެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި މިވަނީ މި ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ޖަހާފައިވާ 7 ދުވަހުގެ މުއްދަތު ހަމަވުމުން، އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ނެވެ. އޭނާގެ ނަމުގައި ހިންގަމުން އަންނަ ޓްވިޓަރ އެކައުންޓަކުން، ކުރި […]
މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ އާބާތުރަ ފިލުވަމުންގެންދާ މިސްކިތްތައް މަރާމާތު ކުރުމަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށް އެ ކައުންސިލުން ވިދާޅުވެއްޖެއެވެ. މާލެ ސިޓީ ކައުންސިލުން ވަނީ، މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑު ހޯދުމަށް ޓެލެތޯން މިދިޔަ ހަފުތާ ބަންދުގައި ޓެލެތޯނެއް ފަށާފައެވެ. “ޗާލު މިސްކިތް” ފަންޑުނަމުގައި ކުރިއަށް ގެންދާ މި ހަރަކާތަށް ފުރަތަމަ ދެ ދުވަހުން 7،44،713.90 ރުފިޔާ ވަނީ ލިބިފައެވެ. މި ހަރަކާތާއި ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔާތީ ސިޓީ […]
ދައުރުވަނީ މިއަދު މާފުށީ ޖަލުގައި ހިނގި މާރާމާރީއާއި ގުޅުން ހުރި ފޮޓޯއެއް ނޫންކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ވިދާޅުވެއްޖެއެވެ. މިއަދު މާފުށީ ޖަލުގެ ގޮޅިއެއްގައި ދެ ގައިދީން މެދުގައި މާރާމާރީއެއް ވަނީ ހިނގާފައިވާއިރު، އެކަން ހުއްޓުވީ އެމްސީއެސްގެ އޮފިސަރުންނެވެ. އެމްސީއެސް އިން ވިދާޅުވީ، އެ މާރާމާރީ ހުއްޓުވައި، އަނިޔާވި ގައިދީ މާލެ ގެނެސް އައިޖީއެމްއެޗްއިން ފަރުވާ ދިނުމަށްފަހު، ޑޮކްޓަރުގެ ލަފާގެ މަތިން ޑިސްޗާޖްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. ‘’މި މާރާމާރީއާ ގު...
ގައުމެއްގެ ވެރިއަކު ކުއްލިކުއްލިއަކަށް މާބޮޑަށް ރިއެކްޓް ކުރުމަކީ އެހާ ގަދަކަމެއްނޫންކަމަށާއި، އެކަމުން ނުކުންނަ ނަތީޖާ ވެސް އެހާ ސަޅި ނޫންކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ. ހިސާން މިހެން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާގައި މިރޭ ނ. ވެލިދޫގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، އެމްޑީޕީގެ މެންބަ...
މުސްލިމު ދައުލަތެއްގައި، މިސްކިތްތައް މަރާމާތު ކުރަން ފައިސާ ނެތުމަކީ ބޮޑުވެގެންވާ ލަދެއްްކަމުގައި، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް، އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ. ނާޒިމް މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ނާޒިމް މިފަދައިން ވިދާޅުވެފައިވަނީ، މާލޭގެ މިސްކިތްތައް މަރާމާތުކުރަން ބޭނުންވާ ފަންޑް ހޯދަން މާލެ ސިޓީ ކައުންސިލުން އިއްޔެ މާލޭގައި ފެށި “ޗާލު މިސްކިތް” ފަންޑް ރެއިޒިން ހަރަކާތަށް ފަށާފައިވަނިކޮންނެވެ. ނާޒިމް...
މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ގޮތުން، ނ. ވެލިދޫގައި މިރޭ ކުރިއަށްދިޔަ އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ޖަލްސާގައި ވާހަކަފުޅު ފައް...
މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައިގެން އެ އިދާރާއަށް މިއަދު ހަވީރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި ގައިދީއެއްގެ އަނގަމަތި ފަޅައިގެން ދިޔުފިޔަވާ އިތުރު ބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެފަވެއެވެ. ”މާރާމާރީގައި ތޫނުއެއް ބޭނުންކުރިކަން އަދި މިހާތަނަށް އެނގިފައެއްނުވޭ” ފުލުހުން ވިދާޅުވިއެވެ. ފުލުހ...