ބޯހިޔާވަހިކަމާއި ގުޅިގެން މާލޭ ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދަވާނެ ކަމަށާއި، އެކަމުގައި މާލޭގެ އެއްވެސް ރައްޔިތަކު ބާކީ ނުކުރާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ގައި މިރޭ މާލޭ ދާއިރާތަކުގައި ހަރަކާތްތެރިވާ ކެމްޕެއިން ޓީމްތަކާ ބައްދަލު ކުރައްވާފައެވެ.
ދަރުބާރުގޭގައި ކުރިއަށް ދިޔަ މި ބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއްކުރާ ކަމަށް ވިދާޅުވެފައެވެ.
ކުރީ އެއްވެސް ސަރުކާރަކުން ނުހިންގާހާ ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫޢު މި ސަރުކާރުން ހިންގަމުން އަންނަމަށް ވިދާޅުވެ ރައީސް ވިދާޅުވީ، މުޅި ރާއްޖޭގައި 16،000 އަށްވުރެ ގިނަ ފްލެޓާއި ގޯއްޗާއި ރޯ ހައުސްގެ މަޝްރޫއުތައް ކުރިޔަށް ދާ ކަމަށެވެ.
މީގެ އިތުރުން މާލެއަށް ހާއްސަކޮށްގެން 7000 ފްލެޓާއި 5000 ގޯތި ދިނުމުގެ މަޝްރޫއެއް ކުރިޔަށް ދާ ކަމަށާއި، އެއީ އޮޅުވާލައިގެން ވޯޓު ހޯދަން ދައްކާ ވާހަކަ ނޫންކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެކަމަކާއި ވޯޓަކާއި ގުޅުމެއް ނެތް ކަމަށެވެ. އަދި މާލޭ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް މި އަހަރުގެ މެދަށް އަންނަ އިރު ގޯތި ކަނޑާފައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!