ދިވެހި ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމަށް އާންމުންގެ މަޝްވަރާއަށް ހުޅުވާލައިފި އެވެ.

"ޕޮލިސް އިނޮވޭޝަން އެންޑް ރިސަރޗް ކޮންފަރެންސް" ގެ ނަމުގައި ބާއްވާ މި ކޮންފަރެންސް ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ މާރޗު 18 އިން 21 ގެ ނިޔަލަށެވެ.

Ad
rt

މި ކޮންފަރެންސާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ މިފަދަ ކޮންފަރެންސެއް ބޭއްވުމުގެ މަގުސަދަކީ ރައްޔިތުންގެ މަޝްވަރާއާއި ބައިވެރިވުން ހިމެނޭ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ހެދުން ކަމަށެވެ.

ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހުށަހެޅުމުގެ އެންމެ ތަނަވަސް ފުރުސަތަށް މި ކޮންފަރެންސް ވާނެކަން ހާމަކުރައްވާ އިމްރާން ވިދާޅުވީ ގާނޫނު ހިންގާ އިދާރާތަކާއި ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި އަމިއްލަ ފަރާތްތަކަށް ވެސް ކަރުދާސް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ކޮންފަރެންސަށް ކަރުދާސް ހުށަހެޅޭނީ އެކަމަށް ހާއްސަ ޕޯޓަލް http://www.pri.mv/ މެދުވެރިކޮށް ކަމަށެވެ.

"މި ކޮންފަރެންސްގެ ސަބަބުން ރައްޔިތުންނާއި އިލްމީ ބޭފުޅުންގެ ލަފައާއި މަޝްވަރާގެ ލިބި ފުލުހުންގެ ސިޔާސަތުތައް ކަނޑައެޅިގެންދާނެ. އަދި ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ދިނުމަށް ކުރާ މަސައްކަތަށް ލިބޭނެ ވަރަށްބޮޑު ކުރިއެރުމަކަށް ވެސް ވާނެ." އިމްރާން ވިދާޅުވި އެވެ.

މި ކޮންފަރެންސް ގައި 10 ދާއިރާއަކުން ކަރުދާސް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.

އެގޮތުން ކްރައިމް ޕްރިވެންޝަން، ނޭޝަނަލް ސެކިއުރިޓީ އެންޑް ކައުންޓަރ ރަރިޒަމް، ފައިނޭންސިއަލް ކްރައިމް އެންޑް އެންޓި މަނީ ލޯންޑަރިން ހިމެނެ އެވެ. އަދި ސައިބަރ ކްރައިމް އާއި ފޮރިންސިންކް އާއި ލީޑަރޝިޕް އޮގަނައިޒޭޝަން ރެސިލިއަންސް އެންޑް އޮފިސަރސް ވެލްބީން އާއި އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ވެސް ހިމެނެ އެވެ.

މީގެ އިތުރުން ޓްރާންސްޕޯޓް އެންޑް މެރިޓައިމް ސެކިއުރިޓީ އާއި އެފިސިއެންސީ އިން އެފެކްޓިވްނެސް އޮފް ރޯޑް ސޭފްޓީ ދާއިރާ އިން ވެސް ކަރުދާސް ހުށަހެޅޭނެ އެވެ.