ދަރިވަރުންގެ ވަށައިގެންވާ މާހައުލު އުފާވެރި ތަނަކަށް ހެދުމަށް މާލޭ ސަރަހައްދުގެ ސްކޫލްތަކުގައި މިއަދު ކެމްޕެއިނެއް ފަށައިފިއެވެ.

މިއީ ''ސްމައިލް އޮން'' ގެ ނަމުގައި ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

Ad
rt

މި ކެމްޕެއިންއަކީ ދަރިވަރުންގެ ވަށައިގެންވާ މާހައުލަކީ އުފާވެރި ފައްސި ތަނަކަށް ހެދުމަށްޓަކައި އަނެކާގެ ރަނގަޅު ސިފަތައް ދެނެގަނެ އެކަންކަން ފާހަގަ ކުރުމަށްޓަކައި، ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕެެއިންއެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ކެމްޕެއިންގައި މި ކެމްޕެއިނުން ހާސިލްކުރާން އެދޭ މަގުސަދުކަމުގައިހިމެނޭފަދަ މާހައުލެއް ޤާއިމުކުރުމަށްޓަކައި، ކޮންމެ ދުވަހެއްގެ ތާވަލުގެ ތެރޭ ހިމެނިގެން ތަފާތު ހަރަކާތްތައް ހިންގޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފަވެއެވެ.

މި ކެމްޕެއިން މިއަދު ފެށުނީ މާލޭގެ ސްކޫލް ތަކުގައެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މި ކެމްޕެއިން ފެށިގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.