މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,877 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 494 ވަނަ ޞަފްޙާ

ރާއްޖެ އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ރާއްޖެ އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ރާއްޖެ އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވީ މިއީ ވައިގެ މަގުން ޕާކިސްތާނުން ރާއްޖެއައި ޕާކިސްތާނުގެ ރައްޔިތެއްގެ ލަގެޖުން ފެނުނު މަސްތުވާތަކެތި ކަމަށެވެ. މިތަކެތި އަތުލައިގަނެފައިވަނީ އޮކްޓޯބަރު 7 ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނުގެ 20 އަހަރުގެ އަންހެން ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް އެ އިދާރާ އިން...

މުޙައްމަދު އަފްރާޙް
ފަލަސްތީނާއެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މުޅި ރާއްޖޭގައި ހަރަކާތެއް

ފަލަސްތީނާއެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މުޅި ރާއްޖޭގައި ހަރަކާތެއް

ފަލަސްތީނާއެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ. މި ހަރަކާތް ބޭއްވުމަށް ނިންމާފައިވަނީ މި އޮކްޓޯބަރު މަހުގެ 13 ވާ ހުކުރު ދުވަހު ހަވީރުއެވެ. އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް، ހުކުރު ދުވަހު ހަވީރު މާލެ އާއި ރަށްރަށުގައި ވެސް އެކި ހަރަކާތްތައް ބޭއްވުމަށް ނިންމާފައިވާއިރު، ހުކުރު ދުވަހު “ފަލަސްތީނާއެކު ދިވެހިން” ގެ ނަމުގައި މާލޭގައި ސައިކަލު ބުރެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ދުވަހުގެ ހަވީރު...

މުޙައްމަދު އަފްރާޙް
އެއްވެސް ރަށެއްގެ މަޝްރޫއު ހުއްޓާލަން ނޫނީ މަޑުޖައްސާލަން ނާންގަން: މުއިއްޒު

އެއްވެސް ރަށެއްގެ މަޝްރޫއު ހުއްޓާލަން ނޫނީ މަޑުޖައްސާލަން ނާންގަން: މުއިއްޒު

އެއްވެސް ރަށެއްގެ މަޝްރޫއު ހުއްޓާލަން ނޫނީ މަޑުޖައްސާލަން އަބްގާފައި ނުވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ މިސަރުކާރުން ކުރިއަށްގެންދާ ބައެއް މަޝްރޫޢުތައް، ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި ހުއްޓާލަމުންދަނީ އިންތިހާބީ ރައީސްގެ އެންގެވުމަށް ކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނޫނީ މަޑުޖައް...

މުޙައްމަދު އަފްރާޙް
ބުރިޖު މަތީ ގަވައިދާ ހިލާފަށް ބާރަށް ދުއްވާ އުޅަނދުތަކުގެ ވެރިންނަށް ނަސޭހަތުގެ މެސެޖް ފޮނުވަނީ

ބުރިޖު މަތީ ގަވައިދާ ހިލާފަށް ބާރަށް ދުއްވާ އުޅަނދުތަކުގެ ވެރިންނަށް ނަސޭހަތުގެ މެސެޖް ފޮނުވަނީ

ސިނަމާލެ ބްރިޖްގައި ގަވައިދާ ހިލާފަށް ބާރަށް ދުއްވާ އުޅަނދުތަކާއި، ގަވައިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ އެ އުޅަނދުތަކުގެ ވެރިންގެ ފޯނަށް ނަސޭހަތުގެ މެސެޖް ފޮނުވަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފިއެވެ. މިއަދު އެ މުއައްސަސާއިން ވިދާޅުވެފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސިނަމާލެ ބްރިޖުގައި ދުއްވަން ހުއްދަ ކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ގަވައިދާ ޚިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ އަދި އުޅަނދެއް ދުއްވި ބާރުމިން […]

އިބްރާހިމް ޚަލީލް
ފަލަސްތީނަށް ނަސްރުލިބުން އެދި އަޑުހަރުކޮށް ކިޔާ ނަމާދުތަކުގައި ގުނޫތުކިޔަން ނިންމައިފި

ފަލަސްތީނަށް ނަސްރުލިބުން އެދި އަޑުހަރުކޮށް ކިޔާ ނަމާދުތަކުގައި ގުނޫތުކިޔަން ނިންމައިފި

އިޒްރާއީލްގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާއިން ސަލާމަތް ކޮށްދެއްވުން އެދި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ގުނޫތު ކިޔުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. މިކަމާއި ގުޅިގެން އެ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއް މެދުވެރިކޮށް މިކަން ވަނީ މާލެ ސިޓީ ކައުންސިލާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއަށާއި ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލް އިދާރާތަކުގެ އިތުރުން ރަށު ކައުންސިލް އިދާރާތަކަށް އަންގާފައެވެ. އެ މިނިސްޓްރީގެ ސާކިއުލާގައި ވަނީ އިސްރާއ...

އިބްރާހިމް ޚަލީލް
ޕާކިސްތާނުގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ނަޖީހާގެ ނަން މަޖިލީހަށް!

ޕާކިސްތާނުގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ނަޖީހާގެ ނަން މަޖިލީހަށް!

ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާ އައު ސަފީރުގެ މަގާމަށް ހ. ސެލީނާ، ޚަދީޖާ ނަޖީޙާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. އެ މަގާމަށް ނަޖީޙާ އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިހު ފޮނުއްވި ސިޓީފުޅު މަޖިލީއަށް މިއަދު އިއްވަވާފައިވާއިރު، އޭނާ އެ މަގާމަށް އައްޔަން ކުރެއްވުމުގެ މަސަކައްކަތް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީ އަށް ވަނީ ފޮނުވާފައެވެ. ނަޖީހާ އަކީ 1999 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހާރިޖީއްޔާގައި މަސައްކަތް ކުރައްވަމު...

މުޙައްމަދު އަފްރާޙް
އިންތިހާބުތަކަށް ކެންޑިޑޭޓުން ނެރޭނީ ޕީޕީއެމް/ޕީއެންސީ އާއި އެއްކޮށް: ނާޒިމް

އިންތިހާބުތަކަށް ކެންޑިޑޭޓުން ނެރޭނީ ޕީޕީއެމް/ޕީއެންސީ އާއި އެއްކޮށް: ނާޒިމް

ކުރިއަށް ހުރި ހުރިހާ އިންތިހާބުތަކަށް ކެންޑިޑޭޓުން ނެރޭނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އެއްކޮށްކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ރޭ ވިދާާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، ރޭ ކުރިއަށް ދިޔަ އެމްއެންޕީގެ 09 ވަނަ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ކުރިއަށް ހުރި އިންތިހާބ...

ޔުމްނާ ޢަލީ
ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ވަގުތުން ހުއްޓާލުމަށް ނާޒިމް ގޮވާލައްވައިފި

ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ވަގުތުން ހުއްޓާލުމަށް ނާޒިމް ގޮވާލައްވައިފި

ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ އިސްރާއީލްގެ ލާއިންސާނީ ޢަމަލުތަށް ކުއްވެރިކޮށް ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ވަގުތުން ހުއްޓާލުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ގޮވާލައްވާފިއެވެ. ރޭ ކުރިއަށް ދިޔަ އެމްއެންޕީގެ 09 ވަނަ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ، އިސްރާއީލްގެ ޔަހޫދީން، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގ...

ޔުމްނާ ޢަލީ
މެލޭޝިއާގައި އިމާރާތަކުން ވެއްޓި ދިވެހި ޒުވާނަކު ނިޔާވެއްޖެ

މެލޭޝިއާގައި އިމާރާތަކުން ވެއްޓި ދިވެހި ޒުވާނަކު ނިޔާވެއްޖެ

މެލޭޝިއާގައި ހުރި އިމާރާތެއްގެ ސާދަ ވަނަ ފަންގިފިލާއިން ވެއްޓި ދިވެހި ޒުވާނަކު ނިޔާވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އައިޔޫކޭއެލްގެ ރަސްމީ ރެސިޑެންސް ހުންނަ ޔުނިޕާކް ކޮންޑޯގެ ސާދަ ވަނަ ފަންގިފިލާއިން ވެއްޓި މަރުވެފައިވަނީ އައްޑޫ ސިޓީ ހިތަދޫ ގަހާތަރިގެ އުމަރު އަހުމަދު ނައީމް 22 އަހަރެވެ. އެއީ މެލޭޝިއާގެ އިންފްރާސްޓްރަކްޗާ ޔުނިވާސިޓީ ކުއަލަ ލަމްޕޫރު (އައިޔޫކޭއެލް)ގައި އާކިޓެކްޗާ ކިޔަވަމުން ދިޔަ ދަރިވަރެކެވެ. ސާދަ ވަނަ ފަންގިފިލާއިން ވެއްޓުނު ނަމަވެސް އޭނާ ދިރިއުޅޭ އެޕާޓްމަންޓް ހުންނަނީ ހަ...

އިސްމާއިލް މޫސާ
ހުވާ ކުރުމުގެ ޖަލްސާއާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ހުވާ ކުރުމުގެ ޖަލްސާއާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމްތަކާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން ރައްޔިތުންގެ މަޖިލީހާ މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގައެވެ. މި ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ކަންކަން ބަލަހައްޓަވާ ޑިރެކްޓާ އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބ...

މުޙައްމަދު
އޮމާންއަށް އޮންއަރައިވަލް ވިސާ ލިބެނީ 2 ޝަރުތަކާއެކު

އޮމާންއަށް އޮންއަރައިވަލް ވިސާ ލިބެނީ 2 ޝަރުތަކާއެކު

އޮމާންއަށް އޮންއަރައިވަލް ވިސާ ލިބޭނީ 2 ޝަރުތަކާއެކު ކަމަށް ރާއްޖޭގެ ހާރިޖިއްޔާ އިން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ކުރިން ވިސާއެއް ނެގުމަކާ ނުލައި އެގައުމަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖެގިފައި އޮތް ކަމަށް އެ ވުޒާރާ އިން ކުރިން ވިދާޅުވެފައި ވަނިކޮށް، އޮމާނަށް ދިޔަ ދިވެއްސަކަށް އެ ގައުމަށް އެތެރެ ނުވެވި އެނބުރި ރާއްޖެ އަންނަން ޖެހުނު މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. ހާރިޖިއްޔާ އިން ވިދާޅުވީ ދިވެހިން އޮމާންއަށް […]

މުޙައްމަދު އަފްރާޙް
އިންތިހާބީ ރައީސް ދެއްވީ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

އިންތިހާބީ ރައީސް ދެއްވީ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

ނަފްސާނީ ދުޅަހެޔޮކަން ކޮންމެރައްޔިތަކަށް ވެސް ކަށަވަރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ސޯޝަލްމީޑިއާގައި އާންމުކުރެއްވި މެސެޖެއްގައެވެ. އެ މެސެޖުގައި މުއިއްޒު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭ އަސާސީ ހައްގެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މީގެ އިތުރުން އެކަން ކުރައްވާނެ ގޮތް ހިއްސާ ކުރައ...

މުޙައްމަދު އަފްރާޙް
ބ. އަތޮޅާއި ވ. އަތޮޅުން 12 ސަރަޙައްދެއް ހިމާޔަތްކުރަން ނިންމައިފި

ބ. އަތޮޅާއި ވ. އަތޮޅުން 12 ސަރަޙައްދެއް ހިމާޔަތްކުރަން ނިންމައިފި

ބ. އަތޮޅާއި ވ. އަތޮޅުން 12 ސަރަޙައްދެއް ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ބ. އަތޮޅާއި ވ. އަތޮޅުން ތިމާވެށީގެ ގޮތުން ފާހަގަ ކުރެވޭ 12 ސަރަޙައްދެއް ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމަވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާ ހޯއްދެވުމަށްފަހުގައި މިއަދު ކަމަށް ރައީސް އޮފީހުން މައުލޫމާތު ހާމަކުރަށްވައެވެ. މި ސަރަހައްދުތައް ހިމާޔަތް ކުރުމާއިގުޅޭގޮތުން މިއަދު ބޭއްވެވި ވަޒ...

ޔުމްނާ ޢަލީ
ގާޟީ އަލީ އާދަމް މަގާމުން ވަކިކުރުމުގެ މައްސަލަ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވައިފި

ގާޟީ އަލީ އާދަމް މަގާމުން ވަކިކުރުމުގެ މައްސަލަ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވައިފި

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ. އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ބުނެ ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށްފަހުއެވެ. ޖޭއެސްސީ އިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ އޭނާ އާ ގުޅޭގޮތުން ތަހުގީގު ކުރި މައްސަލައިގައި...

މުޙައްމަދު އަފްރާޙް
މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުން 700 އަށްވުރެ ގިނަ ނުކުރާނެ

މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުން 700 އަށްވުރެ ގިނަ ނުކުރާނެ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން ނިންމައިފިއެވެ. ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި މުއިއްޒު ގެންދަވަނީ އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންނެވެ. އިންތިގާލީ މަރުހަލާގައި މިވަގުތު ކުރަމުން އަންނަ އެއް ކަމަކީ ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކަށް ޒިޔާރަތްކޮށް މައުލޫމާތު އެއް ކުރުމެވެ. އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އި...

މުޙައްމަދު