ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ. އެ އޮތޯރިޓީން ވިދާޅުވީ އެންމެބޮޑަށް ފެންބޮޑުވާ ހިސާބުތަކާއި ސަރަހްއްދުތައް އެންމެރަނގަޅަށް އެނގޭނީ އެ ރަށެއްގެ ރައްޔިތުންނަށާއި ކައުންސިލަށް ކަމަށާއި އެހެންވެ، ދުރައިލާ ތައްޔާރުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ވެސް އެމީހެއްގެ ގެއާއި ފެންބޮޑުވާ ސަރަހައްދުތައް ދެނެގަނެ، އެކަމަށް ސަމާ...
މުޙައްމަދު އަފްރާޙް
ސަރުކާރުގެ ވުޒާރާތަކުގެ ބެލުމުގެ ދަށުގައި ހުރި އިދާރާތަކަށް ސިޔާސީ ނުފޫޒް ވަދެފައިވާ ކަން ފާހަގަ ކުރެވެމުންދާ ކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެއެވެ. އިންތިހާބީ ރައީސްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރްޒުލް ވިދާޅުވީ މިހާތަނަށް އައިއިރު ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކާ އެކުގައި ބައްދަލުވުންތައް ބޭއްވިފައިވާ ކަމަށެވެ. އެ ބައްދަލުވުންތަކުގައި ފާހަގަ ކުރެވުނު އެއް ކަމަކީ ގާނޫނީ ނިޒާމުގެ ތެރެއިން ހާއްސަ ގ...
މުޙައްމަދު
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް އެކުލަވާލުމާ ގުޅޭގޮތުން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެކުލަވާލި ކޮމިޓީގެ ޗެއާއަކަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހަމަޖައްސައިފިއެވެ. އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ކުރިން މި ކޮމިޓީގައި ހަތް މެމްބަރުން ތިއްބެވި ނަމަވެސް މިހާރު މެމްބަރަކު ކޮމިޓީ އަށް އިތުރ...
މުޙައްމަދު
ގޮންޖެހުންތައް ކުރިމަތި ނުވި ނަމަ މާލެއަށް މާ ފުރިހަމަކޮށް ކަންކަން ކޮށް ދެވުނީސް ކަމުގައި އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ގޮތުގައި އެންމެ ފަހު ފަހަރަށް ހުރިހައި މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށް ރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ ޔަގީނުން ވެސް މަގުތައް ހެދި، ޕާކިން މަލްޓިސްޓޯރީ އެތައް ބިލްޑިންއެއް އަޅައި ޕާކިންގެ ބޮޑު މައްސަލަ އަށް ހައްލެއް […]
މުޙައްމަދު އަފްރާޙް
އދ. ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި އިއްޔެފަތިހު މަހަށް ނިކުތް މީހާ އަދިވެސް ނުފެންނަ ކަމަށް ގައުމީ ދިފާއީ ބާރުން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން މީޑިއާ އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ހުއްޓުމެއްނެތި ކުރަމުން ކަމަށެވެ. އަދި އެމީހާ ހޯދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު އދ ދަނގެތީގެ ޑައިވަރުންނާއި ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ. މީގެ އިތުރުން ކަނޑުމަގުން ހޯދުމުގެ މަސައްކަތު...
މުޙައްމަދު އަފްރާޙް
އަލަށް އުފެދޭ ސަރުކާރު ގާއިމްވުމުން ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިދުމަތްތައް ދެމުން އަންނަތަން ރައްޔިތުންނަށް ފެންނާނެ ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ. މާލޭގެ މޭޔަރުގެ ހައިސިއްޔަތުން ފަހު ފަހަރަށް ކައުންސިލްގެ މުއައްޒަފުންނާ ބައްދަލު ކުރެއްވުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހަގީގީ މާނާގައި، ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިދުމަތްތައް ފޯރިކޮށްދޭތަން ރައްޔިތުންނަށް ފެން...
އިސްމާއިލް މޫސާ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގި ކަމަށް ތުހުމަތު ކުރާ ހިޔާނާތްތަކަށް ވުރެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހިންގި ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތްތައް ގިނަ ކަމަށް ވިދާޅުވެ، އެކަން ބައްލަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު އެގޮތަށް ވިދާޅުވީ “އަލް ޖަޒީރާ” އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޔާމީންގެ ސަރުކާރުގައި ހިންގި ކޮރަޕްޝަންތަކާއި އެމަނިކުފާނަށް އެކަމާ ގުޅިގެން ކޮށްފައިވާ ދައުވާތަކަކީ ޕީޕީއ...
މުޙައްމަދު
އެހެން ގައުމުތަކުގެ އެތެރޭގެ ކަންކަމަކާ ޗައިނާއިން ނުބެހޭ ކަމަށާއި އެކަމާ ސުވާލެއް ވެސް ނުއުފެދޭ ކަމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައެވެ. ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު، ރާއްޖެެއިން ބޭރުގެ މީޑިއާއަކަށް ފުރަތަމަފަހަރަށް ދެއްވި އިންޓަވިއުގައި މުއިއްޒު ވިދާޅުވީ ޗައިނާ އިން ރާއްޖެއާ އަދި އެހެން ގައުމުތަކާއެކު ވެސް ގެންގުޅެނީ ރަނގަޅު ސިޔާސަތެއް ކަމަށެވެ. އަދި އެ...
މުޙައްމަދު އަފްރާޙް
ރިޔާސީ ދައުރާއެކު ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމު ބަދަލުކުރަންޖެހުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ކުރީގެ ސީޕީ، މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އަބްދުﷲ ރިޔާޟު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ ސީޕީގެ މަގާމުގައި މިހާރުހުންނެވި މުހައްމަދު ހަމީދު، އެ މަގާމުން ރިޓެޔާ ކުރެއްވުމަށް ނިންމަވާފައިވާކަން ހާމަކުރެއްވުމާއި ގުޅިގެންނެވެ. ރިޔާޟު ވިދާޅުވީ ކޮންމެ ރައީސަކާއެކު ކޮމިޝަނާ އޮފް ޕޮލިސް ބަދަލުވާ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށާއި ފުލުހުންގެ ހ...
މުޙައްމަދު އަފްރާޙް
އދ. ދަނގެތިން މަހަށް ނިކުތް މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަށައިފިއެވެ. އެމީހާ މަހަށް ނުކުމެފައި ވަނީ ކުޑަ އިންޖީނު ދޯންޏެއްގައެވެ. އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު 11:42 ހާއިރުއެވެ.
ޙުސައިން ޝަހުދީ
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު އެ މަގާމުން ރިޓެޔާ ކުރައްވަން ނިންމަވައިފިއެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ހަމީދު އެކަން ހާމަކުރައްވާފައިވަނީ ފުލުހުންގެ އިސްވެރިންތަކެއް ހިމެނޭ ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި އޭނާ އަކީ ކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވައި، ޕްރޮފެޝަނަލް މިންގަނޑުން ޢަމަލުކުރައްވާ ބޭފުޅަކަށްވާތީ އޭނާއާ މެދު ބައެއް ބޭފުޅުން ގޯސްކޮށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އެހެންނަމަވ...
މުޙައްމަދު އަފްރާޙް
އިރުމަތީ ޣައްޒާގައި ދިރިއުޅެމުންދާ 1.2 މިލިއަން ޢާއްމު ރައްޔިތުން 24 ގަޑިއިރު ތެރޭ ޣައްޒާގެ ދެކުނަށް ބަދަލުވުމަށް އިސްރޭލުގެ ސިފައިން އެންގި އެންގުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ދިވެހި ސަރުކާރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޣައްޒާގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރޭލުން ކުރިއަށް ގެންދާ އަސްކަރީ ހަމަލާތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި ސަލާމަތްތެރިކަމާއި އެނބުރި އާދެވޭނެކަމުގެ ގެރެންޓީއަކާނުލައި މިފަދަ ކަމެއް ކުރުވުމަކީ ހަނގުރާމައ...
މުޙައްމަދު އަފްރާޙް
އަމާޒަކީ ތިލަމާލޭ ބްރިޖް މަޝްރޫޢު ހުއްޓާނުލައި ކުރިއަށް ގެންގޮސް ނިންމައިލުން ކަމުގައި އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއާއި ގުޅޭގޮތުން އިންތިގާލީ މަރުޙަލާގައި މައުލޫމާތު އެއްކުރައްވަމުންދާ ކަމަށާއި ބްރިޖް މަޝްރޫއު ނުނިމި ލަސްވަމުންދާ ސަބަބު ބައްލަވައި އެމަޝްރޫއުގެ މަސައްކަތް އަވަސްކުރެއްވުމަކީ އަމާޒެއް ކަމަށެވެ. އަދި އެންމެ އެދެވޭ ސްޕީޑުގައި އެ މަޝްރޫއު ނުހިނގާ ސަބަބު ބައްލަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން އެ މ...
މުޙައްމަދު އަފްރާޙް
އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި މިއަދު މުޅި ރާއްޖޭގައި އަޑު އުފުލައިފިއެވެ. “ދިވެހިން ފަލަސްތީނާއެކު” މި ޝިއާރުގެ ދަށުން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިންތިޒާމް ކޮށްގެން މާލޭގައި މިއަދު ހަވީރު ވަނީ ސައިކަލް ބުރެއް ބާއްވާފައެވެ. ގިނަބަޔަކު ވަނީ މި ސައިކަލް ބުރުގައި ބައިވެރިވެ ފަލަސްތީނަށް، ދިވެހިންގެ ހިތުގައި އޮތް ލޯބި ވަރަށް ފުރިހަމައަށް ދައްކުވާލާފައެވެ. މާލޭގައި ކުރިއަށް ދިޔަ ސައިކަލްބުރު ރަސްފަންނުން ފަށައިގެން މަޖީދީ މަގުގައި ވެ...
އިބްރާހިމް ޚަލީލް
ރާއްޖޭގެ ފަތުރުވެރިކަން އެހެން މިސްރާބަކަށް ގެންދިޔުމަށް ހެރިޓޭޖް ޓޫރިޒަމް ފަދަ ދާއިރާތައް ހޯދާ ބަލައި ދިރާސާކުރަން ޖެހޭކަމަށް ސިއްހަތާ ބެހޭ ވަޒީރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ގާލާ ނައިޓް ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގާ ވަޒީރު ވިދާޅުވީ ރާއްޖޭގެ ތަރިކަ ރައްކާކޮށް ހިމާޔަތްކޮށް، އެއީ ބަދަލުވަމުންދާ ވެރިކަމާއެކު ބަދަލުނުވެ އޮތް ހަގީގަތަކަށް ހަދަން ގާނޫނީގޮތުން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގަ...
މުޙައްމަދު އަފްރާޙް