މާލޭގެ މަޖީދީ މަގުގައި ހުންނަ ފިހާރައެއްގެ ތެރޭގައި ބިދޭސީ މީހެއްގެ ކަރަށް ވަޅި ހެރި އަންހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ފުލުހުން އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ ދިވެހި އަންހެނަކެވެ. ފުލުހުން މިއަދު ބުނީ އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. ދައުރުވަމުންދާ ވީޑިއޯއިން ފެނިގެން ދަނީ ޑްރީމް މޯބައިލް ފިހާރައެއް ތެރޭގައި ކަޅު ކުލައިގެ ހެދުމެއް […]
މުޙައްމަދު
ފަލަސްޠީނު ރައްޔިތުންނަށް މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ދިނުމަކީ ބައިނަލްއްގުވާމީ މުޖުތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށާއި އެހެންކަމުން ލަސްނުކޮށް މި ޒިންމާއަދާކުރުމަށް ޢަދާލަތު ޕާޓީން ގޮވާލައިފިއެވެ. އެ ޕާޓީން މިހެން ގޮވާލާފައިމިވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ އެ ގައުމުގެ ޖަމާއަތެއްކަމަށްވާ، ހަމާސް އިން، އެ ގައުމުގެ ބިންތަކަށް ވެރިވެގަނެގެން ތިބި އިޒްރޭލަށް ކުއްލި ހަމަލާތަކެއްދީ އޮޕަރޭޝަނެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. އަދާލަތު ޕާޓީން ކޮށްފައިވާ ޓ...
މުޙައްމަދު އަފްރާޙް
އިންތިހާބީ ރައީސްގެ އޮފީސް ހިންގުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) 5 ވަނަ ފަންގިފިލާ ހަމަޖައްސައިފިއެވެ. މިކަން ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމަށްޓަކައި، “އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް” މި ނަމުގައި އިދާރާއެއް، 2023 އޮކްޓޫބަރު 5 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އުފައްދަވާފައެވެ. ވެރިކަން ބަދަލުވުމުގ...
މުޙައްމަދު އަފްރާޙް
ވައްކަމާދެކޮޅަށް ވާހަކަދައްކައި ހާމަކުރަން އެންމެ ބޮޑަށް ފުރުސަތު ލިބިގެންދިޔައީ މި ފަސް އަހަރު ކަމުގައި ރައްޔިތުންގ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ވިދާޅުވީ ވައްކަން ބަލަންޖެހޭނެ ކަމަށާއި އެއީ މިދައުރު ވިޔަސް، ނިމިދިޔަ ދައުރު ވިޔަސް، އަދި އޭގެ ކުރީ ދައުރަށް ވީނަމަވެސް ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާނަމަ އެކަންކަން ބެލި އަދަބު ލިބެން ޖެހޭ ކަމަށެވެ. މީގެ އިތުރުނ...
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުުގެ އިސްތިއުނާފް ޝަރީއަތް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން މިއަދު ކެންސަލް ކޮށްފި އެވެ. މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޔާމީނަށް އިއްވާފައިވާ ހުކުމާއި ރިޝްވަތު ދިނުމުގެ ކުރުގައި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައި ޖަލު ހުކުމުގެ އިސްތިއުނާފް ޕީޖީން އެދިގެން ކުރިން ވެސް ކެންސަލްކުރި އެވެ. މިއަދު މެންދުރު ފަހު 2:00 އަށް ތާވަލްކުރި ޝަރީއަތް […]
ހުސައިން ހަބީބް
ދެކުނާއި މެދުރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު މިއަދު ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން ނެރުނު މޫސުމީ ބުލެޓިންގައި ވާގޮތުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ފާހަގކުރައްވާފައިވެއެވެ. މިއަދުގެ އިރު އޮއްސި 6 ޖެހުމާއި ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލައިލާ ނެރެފައިވާ މި ބުލެޓިން ގައި އިތުރަށް ވިދާޅުވެފައިވަނީ އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް، އެ ސަރަހައްދަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނ...
މުޙައްމަދު އަފްރާޙް
ހުކުރު ދުވަހުގެ ރޭ އިޝާނަމާދުން ފައިބައިގެން ސައިކަލްގައި ގެއަށް އަންނަނިކޮށް އެކްސިޑެންޓްވެ އަނިޔާވި، ކުރީގެ ހެލްތު މިނިސްޓަރު ޢަބުދުﷲ އަމީންގެ ބައްޕަ ރޭ ނިޔާވެއްޖެއެވެ. އަމީންގެ އިތުރުން ޖަޕާންގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު، މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތުގެ ބައްޕަ އަހްމަދު މަނިކު 74 (އަހަރު) އެކްސިޑެންޓްވީ ހުކުރު ދުވަހުގެ ރޭ އިޝާނަމާދުން ފައިބައިގެން ޗީބޯ ރެސްޓޯރެންޓުކައިރީ ހުންނަ އޭނާ ދިރިއުޅޭ ގެއަށް ދިޔަ މަގުމަތީގައެވެ. ކުރީގެ މިނިސްޓަރު އަމީންގެ ބައްޕަ އެކ...
ޔުމްނާ ޢަލީ
ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރަކުން މިރޭ ކުއްޖަކު ވެއްޓިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާާޅުވީ، އެ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިރޭ 23:58 ގައެވެ. އެ ކުއްޖާ ވެއްޓިފައި ވަނީ އެޗް06 ހިޔާ ޓަވަރުގެ 12 ވަނަ ފަންގިފިލާއިންނެވެ. އެ ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު، އެކުއްޖާ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައި ކަމަށް މައުލޫމާތު ލިބެއެވެ. އެ ކުއްޖާ ވެއްޓިފައި އޮތް ތަން ފެންނަ ވީޑިއޯއެއް މިހާރު މީސް […]
ޔުމްނާ ޢަލީ
ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް އޮންނާނީ ފަލަސްތީނާއެކުގައި ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ އެ ގަމުގެ ޖަމާއަތެއްކަމަށްވާ، ހަމާސް އިން، އެ ގައުމުގެ ބިންތަކަށް ވެރިވެގަނެގެން ތިބި އިޒްރޭލަށް މިއަދު ވަނީ ކުއްލި ހަމަލާތަކެއްދީ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގައި ހަމާސްގެ މުޖާހިދުން އެ މީހުން އަމިއްލައަށް އުފައްދާފައިވާ ވައިކުޑަތަކާއި އަމިއްލައަށް އުފެއްދި ވަރަށް އާދައިގެ ހެލިކޮޕްޓަރުތަކެއް ބޭނުންކޮށްގެން ކުއްލިގޮ...
ޔުމްނާ ޢަލީ
އިސްރާއީލުން ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިހާރުން މިހާރަށް ފަލަސްތީންގެ ރައްޔިތުންނަށް ދިނުމަށާއި އެ ބިންތަކުގައި ތިބި އިސްރާއީލްގެ ސިފައިން ފޭބުމަށް ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފިއެވެ. މުއިއްޒު އެގޮތަށް ގޮވާލައްވާފައި ވަނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައި ވަނިކޮށެވެ. މި ހަމަލާތަކާ އެކުގައި އިސްރާއީލުން ދަނީ ވައިގެ މަގުން ފަލަސްތީންގެ ޣައްޒާ އަށް ބޮން އަޅަމުނ...
މުޙައްމަދު
އިންތިގާލީ މަރުހަލާގައި ދައުލަތުގެ އެކި މިނިސްޓްރީތަކާއި ކުންފުނިތަކުން މައުލޫމާތު އެއްކުރުމަށް 15 ޓްރާންސިޝަނަލް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ. އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ އުފެއްދި ކޮމިޓީތަކުގެ ތެރެއިން ހަތް ކޮމިޓީއަކުން ސަރުކާރު ކުންފުނިތަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އަށް ކޮމިޓީއަކުން ސަރުކާރުގެ މިނިސްޓްރީތަކުން މައުލޫމާތު އެ...
މުޙައްމަދު
ސަރުކާރާރުގައި އޮތަސް އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި އޮތަސް ކަންކަން ނިންމާނީ މަޝްވަރާގެ މަތީން ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ. އެ ޕާޓީގެ ރައީސް، ހޯޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީގެ ހުރިހައި ނިންމުންތައް ނިންމާނީ މަޝްވަރާގެ މަތިވެރި އުސޫލުން ކަމަށެވެ. އަދި ދީނާއި ގައުމާ އަދި ރައްޔިތުންގެ އެންމެ މަސްލަހަތުގެ މަތީން ކަމަށެވެ. ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން މަސައްކަތްކުރެއްވިނަމަވެސް، އިންތިހާބު ނާކާމިޔާބުވުމަށްފަހު، އ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީ، ޕީޕީއެމް ގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެެރިކަމާއި ހަވާލުވެވަޑައިގެން ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ދައުވަތު ދެއްވާނެކަމަށް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އިންޑިޔާގެ ނޫހެއް ކަމަށްވާ ‘ދަ ހިންދޫ’އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އަށް، ރައީސް ހުވާކުރައްވާ ޖަލްސާއަ...
މުޙައްމަދު އަފްރާޙް
މާލޭ ފިހާރައަކަށް ވަދެ ތޫނު އެއްޗަކުން މީހަކަށް ޒަހަމް ކޮށްލައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު 11:02 ގައި ކަމަށެވެ. އަދި 29 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ވިދާޅެއްނުވެއެވެ. އެ ހާދިސާގައި އަނިޔާވީ އެ ފިހާރައިގާ އިން ފިރިހެނަކަށް ކަމަށާއި އޭނާއަށް އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ސޯޝަލް މީޑިއާ ގައި ދައުރުވާ ވީޑިއޯ އިން ފެންނަގޮތުގައި އެ […]
މުޙައްމަދު އަފްރާޙް
ވައުދުވެވަޑައިގެންނެވިގޮތަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ދަތުރުފުޅު ތ. ގުރައިދޫއަށް ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ. އެކަން ހާމަކުރައްވާފައިވަނީ ‘ވަގުތު ޓީވީ” އަށް ދެއްވި އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި މުއިއްޒު ވިދާޅުވެފައިވަނީ ކެމްޕެއިންގެ ތެރޭގައި ކޮންމެ ރަށަކަށް ވަޑައިގަތުމުން ވެސް އެދެމުން ދިޔައީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އެ ރަށަކަށް ވަޑައިގަތުމަށް ކަމަށެވެ. އެހެންނަމަވެސް އެއްފަހަރާ ހުރިހައި ރަށަކަށް ވަޑައިނުގެންނެވޭނެކަން ހާމަކުރައްވާ އެމަނިކުފާ...
މުޙައްމަދު އަފްރާޙް