އިޒްރާއީލްގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާއިން ސަލާމަތް ކޮށްދެއްވުން އެދި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ގުނޫތު ކިޔުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން އެ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއް މެދުވެރިކޮށް މިކަން ވަނީ މާލެ ސިޓީ ކައުންސިލާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއަށާއި ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލް އިދާރާތަކުގެ އިތުރުން ރަށު ކައުންސިލް އިދާރާތަކަށް އަންގާފައެވެ.
އެ މިނިސްޓްރީގެ ސާކިއުލާގައި ވަނީ އިސްރާއީލްގެ ސަހްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށްދީ، އަމާންކަމާއި ރައްކާތެރިކަމާއި ކެތްތެރިކަން ދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގައި ގުނޫތު ކިޔަން ނިންމާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ވަނީ ސާކިއުލާއާއިއެކު ނަމާދުގައި ކިޔަންވީ ގުނޫތުގެ ކޮޕީއެސް ވެސް އެ ހުރިހާ ތަންތަނަށް ފޮނުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!