މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގެ މަގުތައް ސާފުކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މިއީ މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕް 2023 އެސިޓީގައި ބޭއްވުމަށް ނިންމާފައިވާތީ ހިންގި ހަރަކާތެއް ކަމަށެވެ. އަދި މި މަގުތައް ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ އެ ސިޓީގެ މުއައްސަސާތައް ގުޅިގެން ކަމަށެވެ. މި ހަރަކާތް ރާވާ ހިންގައި ދެއްވިކަމަށްޓަކައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖްމަންޓަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައިވާއިރު، މި ހަރަކާތުގައި...
މުޙައްމަދު އަފްރާޙް
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި އަހްމަދު އިސްމާއިލް (އަހަނދު) ގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތު ކުރަން ބޭނުންވާނެ ހެކި ނެތުމުން އޭނާގެ މައްސަލަ ކްރިމިނަލް ކޯޓުން އިއްޔެ ބޭރުކޮށްލައިފި އެވެ. އަހަނދުގެ މައްޗަށް އެ ދައުވާ ކުރީ 2014 ވަނަ އަހަރު ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުށުއަރާ ހިޔާލު ފާޅުކުރާ މީހުންނަށް އަދަބު ދިނުމަށްޓަކައި، އެ ކަހަލަ ގްރޫޕްތަކުގައި އިސްކޮށް އުޅުނު މީހުން ހޯދަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އަދި […]
ހުސައިން ހަބީބް
އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމާޒަކީ ތިންބައިކުޅަ ދެބައި ގޮނޑީ ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. ޑރ. މުއިއްޒު މިހެން ވިދާޅުވީ، ސަންގު ޓީވީން ރޭ ގެނެސްދިން ”2023 ގެ ރައީސް” ރިޔާސީ ޚާއްސަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޮޑު ތާއީދަކާއެކު ޕީޕީއެމް/ޕީއެންސީ އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިފައިވުމާ...
ޔުމްނާ ޢަލީ
މާލޭ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ކުރިމަތި ލައްވަން ނިންމަވައި އޭނާ އެކަން އިއުލާން ކުރައްވައިފި އެވެ. ފޭސްބުކް އާއި ޓްވީޓާ މެދުވެރިކޮށް މާލޭ ސިޓީގެ މޭޔަރު ކަމަށް އޭނާ ކުރިމަތިލައްވާކަން ހާމަކުރައްވަމުން ހުސެން ވިދާޅުވެފައި ވަނީ އެކަމަށް އެންމެ ބޭފުޅުންގެ ތާއީދާއި ލޯބި ބޭނުންވާ ކަމަށެވެ. ”މާލޭގެ މޭޔަރު ކަމަށް އަޅުގަނޑު ވާދަކުރާނަން، ތިޔަ އެންމެ ބޭފުޅުންގެ ތާއީދާއި ލޯބި އަދި ދުއާ ވަރަށް ބޭނުން، ގިނަ […]
ޔުމްނާ ޢަލީ
އިންތިހާބީ ރައީސް ޑރ. މުހަައްމަދު މުއިއްޒުގެ ނަންފުޅުގައި ސައްހަ ނޫން މެސެޖުތަކެއް ދައުރުވާން ފަށައިފިއެވެ. ޕީއެންސީ، ޕީޕީއެމް ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންތިހާރައީސްގެ ނަންފުޅުގައި ދައުރު ކުރަމުންދާ އެސްއެމްއެސްތަކަކީ ހަގީގަތާ ހިލާފު ފޭކް އެސްއެމްއެސްތަކެއް ކަމަށެވެ. އެ ކޯލިޝަނުން ވަނީ މި ކަން ކުރަނީ ކޮންމެ ފަރާތަކުން ނަމަވެސް، މި ފަދަ ނާތަހުޒީބު ޢަމަލުތައް ނުކުރުމަށާއި، އެ ފަދަ މެސެޖެއް ލިބިވަޑައިގެންނެވި ނަމަވެސް އެއަށް ޢަމަލު ނުކުރުމަށް ނަސޭހަތްތެރިވެފައެވެ. މީގެ އިތުރުން މިފަ...
މުޙައްމަދު އަފްރާޙް
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެ ދައުރު ދިނުމަކީ ބޭނުންވާ ގޮތް ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ. އިންތިހާބީ ރައީސްގެ އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އަބްދުއްރަހީމް ވިދާޅުވީ ކެމްޕެއިންގެ ތެރޭގައި މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދައިދިނުމަށް ކުރާ ފުރަތަމަ މަސައްކަތެއްގެ ގޮތުން މި ހިނގާ ޓްރާންސިޝަން މުއްދަތުގައި ދައުލަތުގެ އިދާރާތަކ...
މުޙައްމަދު
ލީޑަރެއްގެ ކިބައިގެން މުރާލިކަމުގެ ސިފަ ހުރުމަކީ މުހިންމު ކަމެއް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިސްކަންދަރު ސްކޫލުގެ މަގާމުތަކާ ހަވާލުވާ ދަރިވަރުންނަށް މަގާމު ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ ސްކޫލު މާހައުލަށް ބަލައި ނަމަވެސް އެކި ހިޔާލުގެ އެކި ވިސްނުމުގެ ކުދިން އުޅޭނެ ކަމަށާއި އެހެންނަމަވެސް ލީޑަރަކަށްވާނީ އެ ހުރިހައި ކުދިންގެ ވެސް ރަނގަޅު ސިފަތަކާ އެކު، އެކުގައި ގެންގުޅެވޭނަމަ ކަމަށެވެ....
މުޙައްމަދު އަފްރާޙް
މާލޭގައި ދިވެހި ބޭސް ކުލިނިކެއްގައި ހަށިވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މާލޭގައި ހިންގަމުންދިޔަ ދިވެހި ބޭސް ކްލިނިކުގައި ހަށިވިއްކާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން އެންޓީ ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓާއި ސްޕެޝަލް އޮޕަރޭޝަން އަދި އިންޓެލިޖެންސް ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. ރޭޭ ހިންގި މި އޮޕަރޭޝަންގައި ތިން ދިވެހިން، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ކަމަށާއި އެއީ 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހ...
މުޙައްމަދު އަފްރާޙް
އަންނަ 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީން 5 ދާއިރާއަކަށް ވާދަކުރަން މަޝްވަރާކޮށްފިއެވެ. އެކަން ޓްވިޓާ ގައި ހާމަކުރެއްވީ އެޕާޓީގެ ތަރުޖަމާނު، ހޯމު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރުއެވެ. އޭނާ ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ ރޭ ބޭއްވުނު ޢަދާލަތު ޕާޓީގެ އިދާރީ މަޖިލީހުގެ ބައްދަލުވުމުގައި 2024 ވަނަ އަހަރު ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 5 ދާއިރާއަކަށް ވާދަކުރުމާމެދު މަޝްވަރާ ކުރެވުނު ކަމަށެވެ. މީގެ އިތުރުން މިކަމާމެދު ގޮތެއް ނިންމުމު...
މުޙައްމަދު އަފްރާޙް
ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ މަސައްކަތް އޮމާންކަމާ އެކީގައި ކުރިއަށްދާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އައްޔަންކޮށްފައިވާ ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ. އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިންތިގާލީ އޮފީހެއް އުފެދި، އެ އޮފީހަށް އިންތިގާލީ ރައީސް ކަނޑައަޅުއްވާ ޑައިރެކްޓަރު...
މުޙައްމަދު
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ފުލެޓުތަކުގެ ތެރެއިން 4000 ފުރަތަމަ 4000 ފުލެޓު ލިބޭ މީހުންނާއެކު ނޮވެމްބަރު 17 ކުރިން ސޮއި ކުރަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅަމުންދާ 4،000 ފްލެޓް ހިމެނޭ 32 ޓަވަރުގެ ތެރެއިން ހަ ޓަވަރުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް މިހާރުނިމިފައިވާއިރު، ހަތަރު ޓަވަރުގެ ފިނިޝިން މަސައްކަތުގެ 60 އިންސައްތަ ނިިމިފައިވާ ކަމަށެވެ....
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިއުގޯ ޔޮން ދެއްވައިފިއެވެ. މި ޔަގީންކަން އެމަނިކުފާނު ދެއްވީ އިންތީހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ. މި ބައްދަލުވުމުގައި މުއިއްޒުގެ ރިޔާސީ ދައުރުގައި އެމެރިކާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް މުއިއްޒު ވިދާޅުވ...
މުޙައްމަދު އަފްރާޙް
ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުން ރާއްޖޭގެ ވެރިކަން ހަވާލުކުރީ ޑރ. މުޙައްމަދު މުޢިއްޒު އާއި ކަމަށާއި، އެމަނިކުފާނު ވެވަޑައިގެންނެވި ވައުުދުތައް ފުއްދެވުމުގެ މަސައްކަތްތައް ކުރެވޭނީ އެމަނިކުފާނަށް އިތުބާރު އޮތް ބަޔަކާ އެކީގައިކަމަށް ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން، ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ވަނީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ...
ޔުމްނާ ޢަލީ
އަމިއްލަ ކުންފުންޏަކަށް 650،000 އަށް ވުރެ ގިނަ ޑޮލަރު ދައްކަން ލިލީ އެންޓަޕްރައިސަސްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އެމްކޭޕީ ކެޕިޓަލް ކިޔާ ކުންފުންޏަކަށް 650،000 ޑޮލަރު ދައްކަން ލިލީ އެންޓަޕްރައިސަސްގެ މައްޗަށް ހުކުމްކުރީ 1.1 މިލިއަން ޑޮލަރު ގަތުމުގެ މުއާމަލާތަކަށް ފަހު އޭގެ ތެރެއިން 650،000 ޑޮލަރަށްވާ ފައިސާ ނުދައްކާތީ އެ ކުންފުނިން ދައުވާ ކުރުމުންނެވެ. ސިވިލް ކޯޓުގެ ހުކުމުގައި ވަނީ 650،000 ޑޮލަރު ނަގުދު ފައިސާއިން ދިން ކަމަށް ލިލީއިން ބުނެފައި […]
ހުސައިން ހަބީބް
ދިވެހި ޕާސްޕޯޓު ގެއްލުމުން ކުރާ ޖޫރިމަނާ ކުޑަކޮށްފިއެވެ. މި ޖޫރިމަނާ ކުޑަކޮށްފައިވަނީ ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދަށް ގެނައި އެއްވަނަ އިސްލާހުގެ ދަށުންނެވެ. ޕާސްޕޯޓު ގެއްލުމުން، އަލުން އައު ޕާސްޕޯޓެއް ހައްދަން ނަގާ ޖޫރިމަނާ 2،000 ރުފިޔާއަށް ވުރެ ބޮޑުނުވާ ގޮތަށް ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދު ވަނީ އިސްލާހުކޮށް، މިއަދު ވަނީ ގެޒެޓުކޮށްފައެވެ. ކުރިން ގަވާއިދުގައި އޮންނަ ގޮތުން، ޕާސްޕޯޓު ގެއްލިއްޖެ ނަމަ 5،000 ރުފިޔާއާއި 20،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ. އަދި ދެވަނަ […]
މުޙައްމަދު އަފްރާޙް