ޣައްޒާއަށް ދެމުންދާ ޙަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އ.ދ ގައި ރާއްޖެއިން ގޮވާލައިފިއެވެ. ހައްދުފަހަނަ އެޅި އިޒްރޭލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާގެ ޙާލަތު ގޯސްވަމުންދާކަން ފާހަގަކޮށް، މިހާރުން މިހާރަށް ބޭނުންވާ އެހީތައް ޣައްޒާއަށް ފޯރުކޮށްދިނުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން މިހާރަށް ވުރެ އަވަސް މަސައްކަތްތަކެއް ކުރުމަށް ރާއްޖެއިން އދ. ގައި ގޮވައިލައިފިއެވެ. ރާއްޖެއިން މިފަދައިން ގޮވާލާފައިވަނީ އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އ.ދ. ގެ އާއްމު މަޖި...
މުޙައްމަދު އަފްރާޙް
އަންނައަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭގެ ދާއިރާއަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަހްމަދު މުއިއްޒުގެ ފާޅުކުރައްވައިފިއެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލޭގެ ދާއިރާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ވިސްނުން އެބަ ގެންގުޅެން ކަމަށެވެ. އެހެންމަވެސް މާލޭގެ ކޮން ދާއިރާއަކަށް ކަމެއް ސީދާ ވިދާޅުވެފައެއް ނުވެއެވެ. އަންނައަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާކަނ...
މުޙައްމަދު އަފްރާޙް
“ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު” ފުރަތަމަ ވޮލިއުމް ފޮތް ނެރެފިއެވެ. މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލިޔުއްވާފައިވާ ފޮތެކެވެ. ދިވެހި ބަހުން ފަސޭހައިން ދޭހަވާނެ ގޮތަށް ލިޔުއްވާފައިވާ މިފޮތް ނެރެފައިވަނީ މިއަދުއެވެ. މަހާޒްގެ ބްލޮގުގައި އޭނާ ވިދާޅުވެފައިވަނީ 444 ސަފްހާގެ މި ބަޔަކީ މީގެ ހަ ވޮލިއުމްގެ ތެރެއިން ފުރަތަމަ ބައި ކަމަށާއި މުޅި ތަފްސީރު ނިމޭނީ ޖުމްލަ ހަ ވޮލިއުމުން ކަމަށެވެ. އަދި ކޮންމެ ވޮލިއުމެއްގައި ގުރުއާނުގެ ފަސް ފޮތް ހިމެނޭނެ […]
މުޙައްމަދު އަފްރާޙް
އެމްއާރްއެމް ގެ ރައީސް ފާރިސް މައުމޫން، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައިފިިއެވެ. އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ކަމަށާއިހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މަޖިލީހަށް ކުރިމަތިލައްވަނީ ގައުމު އިސްލާހު ކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މުހިންމު ކަން ބޮޑުކަމުން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. “ކުރިއަށް އޮތް...
މުޙައްމަދު އަފްރާޙް
މި ގައުމަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީހީ ހާދިސާއަކީ ރާއްޖެ އިސްލާމްވުންކަމުގައި އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ދރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީތާ 897 އަހަރު ފުރޭ މުނާސަބާގައި، ތަހުނިޔާއާއި މުބާރަކްބާދު ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރުމަށް ނެރުއްވި ބަޔާނުގައެވެ. އެ ބަޔާނުގައި ވިދާޅުވި އިސްލާމް ދީން މަތީ ދިވެހީން ފައިތިލަ ސާބިތުކުރިތާ ހިޖުރީގޮތުން 9 ޤަރުނު ފުރިހަމަވާން ބާކީ އޮތީ 3 އަހަރުކަމަށް ވާއިރު، މި […]
މުޙައްމަދު އަފްރާޙް
ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތާއި ފުޓްސަލް މުބާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ދެ މުބާރާތުގެ އެއްބަސްވުމުގައި ހއ. މާރަންދޫ ކައުންސިލާއެކު ސޮއި ކޮށްފައިވަނީ ހއ. އަތޮޅު ސްޓޭޓްހައުސް ކޮންފަރެންސް ހޯލުގައި އިއްޔެ މެންދުރުފަހު 1 ޖެހިއިރު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަަސްވުމުގައި އަތޮޅު ކައުންސިލުގެ ފަރާތުން، އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގު ސޮއި ކުރެއްވިއިރު، މާރަންދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެރަށު ކައުންސިލުގެ ރައީސް ޖައިލަމް ހާރޫނެވެ. މި ރަސްމިއްޔާތުގައި ދެ...
މުޙައްމަދު އަފްރާޙް
ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް، އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ހިންގާ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް، އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި ޢަމަލުތައް ތަޙުޤީޤުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފު ހޯދައިދިނުމަށް، އެންމެހައި ދިވެހިންގެ ނަމުގައި ބައިނަލްއަޤުވާމީ މުޖްތަމަޢަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ގޮވާލައްވައިފިއެވެ. ރައީސް މިގޮތައް ގޮވައިލެއްވީ ރާއްޖެ އިސްލ...
ޔުމްނާ ޢަލީ
އައިޖީއެމްއެޗްގެ ނެޝަނަލް ކާޑިއެކް ސެންޓަރާއި ނާރުގެ ބަލިތަކުގެ ހާއްސަ ސެންޓަރުގެ ހިންގުން ހަވާލުކޮށްފައިވާ ފަރާތްތަކަށް މި ސަރުކާރުން 5.3 މިލިއަން ޑޮލަރު ނުދައްކާ ހުރިކަން ފާހަގަވެފައިވާ ކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ. އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ އައިޖީއެމްއެޗް ތެރޭގައި ބައެއް ހާއްސަ ފަރުވާދޭ ތަންތަން ހުރިއިރު، އެ ތަންތަނުގައި ބައެއް ފަހަރު ބޭރުގެ ހޮސްޕިޓަލްތަކާއި ކުންފުނިތަކުން ހިދުމަތް...
މުޙައްމަދު
ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް ފޯރުކޮށްދެވިފައި ނުވާތީ އެ ތަންތަނުން ދޭ ހިދުމަތްތައް ހުއްޓުމަކަށް އަންނަ ކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ. އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ކޮންމެ އަހަރަކު ދެ ފަހަރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ޕީއޯ ރެއިޒް ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް އައިއިރު، މި އަހަރުގެ ދެވަނަ ހ...
މުޙައްމަދު
މާލޭގެ ސައި ހޮޓަލެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ޝޭޑީ ކެބިން ކައިތީ ހުންނަ ރެޑްވޭވް ޕްލާޒާ ކައިރީ ހުރި ސައިހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ އިދާރާދެ ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު 11:40 ހާއިރު ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން އެ އިދާރާ އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ މާފަންނުު ފޮގެޓްމީ ނޮޓް، ކިޔާ ގޭގެ ތިރީގައި […]
މުޙައްމަދު އަފްރާޙް
ސިނަމާލެ ބްރިޖުގައި ގަވާއިދާ ހިލާފުވެގެން 24 ގަޑިއިރުގެ ތެރޭގައި 120 މީހުންނަށް ނަސޭހަތް ދީފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ސިނަމާލެ ބުރިޖުގައި ދުއްވަން އޮންނަ ސްޕީޑަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވައިގެންނާއި، ގަވާއިދާ ޚިލާފަށް ލޭން ބަދަލުކޮށްގެން އިއްޔެ އެކަނިވެސް 120 މީހަކަށް ނަސޭހަތުގެ މެސެޖު ފޮނުވާފައިވާ ކަމަށެވެ. މި އޮކްޓޯބަރު މަހުގެ 11 ވީ ބުދަ ދުވަހު އެ އިދާރާ އިން ވަނީ ސިނަމާލެ ބުރިޖުގައި ދުއްވަން އޮންނަ ސްޕީޑަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށާއި […]
މުޙައްމަދު އަފްރާޙް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ސައުދީ އަރަބޮއްޔާ އިން 150 މިލިއަން ޑޮލަރު ރާއްޖެއަށް ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ އެގައުމުން ރާއްޖެއަށް ދޭ 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ތެރެއިން 100 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ވީއައިއޭ ތަރައްގީ ކުރުމަށް ކަމަށާއި އަދި 50 މިލިއަން ޑޮލަރު ހަރަދުކުރާނީ ސިއްހީ ދާއިރާގެ އުމްރާނީ މަސައްކަތްތަކަށް ކަމަށެވެ. މައުލޫމާތު […]
މުޙައްމަދު އަފްރާޙް
ކޮލެޖެއްގެ ގޮތުގައި، މެދުނުކެނޑި ހިންގާތާ 10 އަހަރު ވެފައިވާ ތަންތަން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް، މަތީ ތައުލީމުގެ ގާނޫނަށް އިސްލާހު ގެންނަން އިހަވަންދޫ ދާއިރާގެ މަޖިިސް މެމްބަރު މުހައްމަދު ޝިފާއު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. އޭނާ ހުށަހެޅުއްވި ބިލުގައިވަނީ މަތީ ތައުލީމުދޭ މަރުކަޒަކަށް ޔުނިވާސިޓީއެއްގެ ދަރަޖަ ދިނުމަށް، އެ މަރުކަޒަކީ ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގަމުން އަންނަތާ މަދުވެގެން 10 އަހަރުވެފައިވާ މަރުކަޒެއް ކަމުގައިވުމާއި ނުވަތަ ބޭރު ގައުމެއްގަ...
މުޙައްމަދު އަފްރާޙް
107 ފުޅި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 36 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައި ވަނީ ތިލަފުށީގައި ބިދޭސީން ބަނގުރާ ގެންގުޅެ، ވިއްކާކަމަށް ތިލަފުށި ޕޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު އެވެ. “އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑުތައް ބަލައިފާސްކުރި އިރު ތިންފުޅި ބަނގުރާ އަދި ބަނގުރާކަމަށް ބ...
ޔުމްނާ ޢަލީ
ބ. ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒުހަރު ޕީއެންސީ އާ ގުޅިއްޖެއެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ހުންނެވި އަޒުހަރު، ޕީއެންސީ އާ ގުޅުނީ މިއަދުއެވެ. އޭނާ ޕީއެންސީ އާ ގުޅުމަށްފަހު، މެމްބާޝިޕް ފޯމު ހަވާކޮށްފައިވަނީ ޕީއެންސީގެ ރައީސް އަދި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެވެ. މިކަމަށްޓަކައި ބޭއްވި ކުޑަ ރަަސްމިއްޔާތެއްގައި ފޯމު ހަވާލުރުމަށްފަހު އަޒުހަރު ވިދާޅުވީ ޕީއެންސީއަށް ސޮއިކުރަން ނިންމީ އައު ސަރުކާރުގެ ސިޔާސަތުތައް […]
މުޙައްމަދު އަފްރާޙް